Roadha Mihaaru
އުމުރުން 73 އަހަރުގައި ވަރުގަދަ ހަށިގަނޑެއް

އުމުރުން 73 އަހަރުގައި ވަރުގަދަ ހަށިގަނޑެއް

13 މާޗް 2020

ހަށިގަނޑަށް ހެޔޮ ބަދަލެއް ގެންނަން ބޭނުން ނަމަ މިއީ ނަމޫނާއަކަށް ބެލިދާނެ އަންހެނެކެވެ. އުމުރުން 73 އަހަރު ނަމަވެސް އޭނާ ފެންނަނީ ނުލާހިކު ވަރުގަދަކޮށެވެ. ބޮޑީބިލްޑްކުރާ މީހަކާ ވެސް ވައްތަރެވެ. އޭނާގެ އަތުގެ ބައިސެޕްތައް އެހާ ވަރުގަދަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަށިގަނޑަށް ހެޔޮ ބަދަލެއް ގެންނަން ބޭނުން ނަމަ މިއީ ނަމޫނާއަކަށް ބެލިދާނެ އަންހެނެކެވެ. އުމުރުން 73 އަހަރު ނަމަވެސް އޭނާ ފެންނަނީ ނުލާހިކު ވަރުގަދަކޮށެވެ. ބޮޑީބިލްޑްކުރާ މީހަކާ ވެސް ވައްތަރެވެ. އޭނާގެ އަތުގެ ބައިސެޕްތައް އެހާ ވަރުގަދަ އެވެ.

އެކަމަކު ކެނެޑާނެ އޮންޓާރިއޯގައި ދިރިއުޅޭ ޖޮއާން މެކްޑޮނަލްޑްގެ ބޭނުމަކަށްވީ ބޮޑީބިލްޑްކުރާ މީހުންގެ ހުންނަ ކަހަލަ ހަށިގަނޑަކަށް ބަދަލުވާކަށް ނޫނެވެ. އޭނާ ބޭނުންވީ އުމުރުން ކިތަންމެ ދުވަސްވިޔަސް، ކަސްރަތުކޮށްގެން ރީތި ބައްޓަމެއްގައި ހުރެވިދާނެކަން ސާބިތުކޮށް ދިނުމެވެ.

މި އަޒުމުގައި މީގެ ތިން އަހަރު ކުރިން މަސައްކަތް ފެށީ ކުރިން އުޅުނު ނުރަނގަޅު ސިއްހީ އާދަކާތަކުގެ ސަބަބުން ކުރިމަރިވެފައިވާ ކަންކަމާ ވެސް އެކީގަ އެވެ. އޭގެ ތެރޭގައި ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުމާއި އެސިޑް ރިފްލަކްސް މައްސަލަ ހިމެނެ އެވެ.

ޖިމަށް ވަންނަން ފެށި އިރު އިސްކޮޅުގައި ފަސް ފޫޓް ތިން އިންޗި ހުރި ޖޮއާންގެ ބަރުދަނަކީ 90 ކިލޯ އެވެ. މިހާރުގެ އޭނާގެ ބަރުދަން 60 އަށް ވުރެ ލުއެވެ، ވަރުގަދަ އަޒުމަކާއި ގަދަ ހިތްވަރަކާ އެކު ކުރި މަސައްކަތުގެ ނަތީޖާ އަކީ ކަސްރަތަކަށް ހާއްސަ ލޯތްބެއް އުފެދުމެވެ. އެހެންވެ މިހާރު ޖޮއާންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ވެސް ކަސްރަތާ ގުޅިފައި އޮންނަ ދުވަހެކެވެ. އެއާ އެކު ދުޅަހެޔޮ ޑައިޓަކާ އެކު މިހާރުގެ ލޫޅާފަތި ފިޓް ހަށިގަނޑު އޭނާ ބޭނުން ވަނީ ފަހު ނޭވަޔާ ހަމައަށް ވެސް ދަމަހައްޓާށެވެ.

"ކުރިން ބައްޓަން ވަރަށް ހަޑިކޮށް ހުރި މީހެއް އަހަންނަކީ. މިހާރު ކުރިން ނުލެވޭ އެތައް ވައްތަރެއްގެ ހެދުމެއް ވެސް އެއްވެސް ފިކުރަކާ ނުލައިވެވޭ،" ޖޮއާން ބުންޏެވެ.

ކަސްރަަތަށް ޖެހުނު ލޯތްބާ އެކު، އޭނާ މިހާރު އަންނަނީ ގިނަ ބަޔަކަށް ނަމޫނާ ދައްކަމުންނެވެ. އިންސްޓަގްރާމްގައި ޓްރެއިން ވިތު ޖޮއާންގެ ނަމުގައި ހަދާފައިވާ އެކައުންޓު މިހާރު އެތައް ހާސް ބަޔަކު ފޮލޯކުރެ އެވެ.

"އަހަރެންގެ މިހާރު މޮޓޯ އަކީ އުމުރުން ކިތަންމެ ދުވަސްވިޔަސް ކަސްރަތުކުރަމުން ބެލެންސްޑް ޑައިޓަކާ އެކު ދުޅަހެޔޮ ދިރިއުޅުމެއް ހޯދިދާނެކަން އަންގައި ދިނުން." ޖޮއާން ބުންޏެވެ.