Roadha Mihaaru
އިންޑިއާގެ ޓީމުން ހާއްސަ ތަމްރީނުތައް ދޭނެ

ކޮވިޑް-19: އިންޑިއާގެ ޑޮކްޓަރުންގެ ޓީމުން ޚާއްސަ ތަމްރީނުތައް ދޭނެ

13 މާޗް 2020

ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީވާން އިންޑިއާ ސަރުކާރުން ފޮނުވައިދިން ޑޮކްޓަރުންގެ ޓީމުން ރާއްޖޭގެ ސިއްހީ ދާއިރާގެ ކަމާ ގުޅުން ހުރި ފަރާތްތައް ތަމްރީނު ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.

ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީވާން އިންޑިއާ ސަރުކާރުން ފޮނުވައިދިން ޑޮކްޓަރުންގެ ޓީމުން ރާއްޖޭގެ ސިއްހީ ދާއިރާގެ ކަމާ ގުޅުން ހުރި ފަރާތްތައް ތަމްރީނު ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.

ފަސް ޑޮކްޓަރުންނާއި ދެ ނަރުހުން އަދި ހަތް ޕެރެމެޑިކްސް ޑޮކްޓަރުން ހިމެނޭ އެ ޓީމާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް މިރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު، ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އިންޑިއާގެ ޓީމުން ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން ރާއްޖޭގެ ހާލަތު ދިރާސާކޮށް، ލަފާ ދޭންޖެހޭ ކަންކަމުގައި ލަފާ ދޭނެ ކަމަށެވެ. މީގެ އިތުރުން، ކްރިޓިކަލް ކެއާގެ ތަމްރީނުތަކާއި ކޮވިޑް-19 ފަދަ ބަލިތައް ޖެހިފައިވާ މީހުން ދެނެގަތުމާއި ބަލި ޖެހިފައިވާ މީހުންނާ މެދު އަމަލު ކުރާނެ ގޮތުގެ ތަމްރީނު ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ، ރާއްޖެ އިން ކޮވިޑް-19 ބަލީގެ މީހުން ފެންނަން ފެށި ފަހުން މިގޮތަށް ޑޮކްޓަރުންގެ ޚާއްސަ ޓީމެއް އައި ފުރަތަމަ ފަހަރެވެ.

ހެލްތު މިނިސްޓަރު އަމީން، އިންޑިއާގެ ޑޮކްޓަރުންގެ ޓީމާ މިރޭ ބައްދަލުކުރައްވަނީ.

ކޮވިޑް-19 ފެތުރޭތީ، ބައެއް ބޭސްތައް އެކްސްޕޯޓް ކުރުން އިންޑިއާ އިން ކޮންޓްރޯލް ކުރިޔަސް ރާއްޖެ އައި އިންޑިއާގެ ދެމެދުގައިވާ ގާތް ގުޅުމުގެ ސަބަބުން ރާއްޖެ އަށް ބޭސް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފައި ވެ އެވެ.

ދުނިޔޭގައި ވެސް އެންމެ ގިނައިން ޖެނެރިކް ބޭސްތައް ސަޕްލައިކުރާ އިންޑިއާ އިން ވަނީ 26 ބޭހެއް އެކްސްޕޯޓުކުރުން ލިމިޓް ކޮށްފަ އެވެ. އެގޮތުން، ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމަށް ބޭނުންކުރާ އާންމު ބޭހެއް ކަމަށްވާ "ޕެރަސެޓަމޯލް" އެކްސްޕޯޓްކުރުން ވެސް ކޮންޓްރޯލްކުރި އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ބަލި ޖެހިފައި ވަނީ ނުވަ މީހަށެވެ. އެ އެންމެންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން/ގެސްޓުންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓުގެ ދެ މީހަކާއި އަނަންތަރާ ދިގުރަށުގެ މީހެކެވެ.

އަންނަތަރާ ދިގު ރިސޯޓުގެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އެނގުނީ މިއަދު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.