Roadha Mihaaru
އިންޑިއާ އިން 30،000 ވެކްސިން ޑޯޒް ހަދިޔާކޮށްފި

އިންޑިއާ އިން ހިމަބިހީގެ 30،000 ވެކްސިން ޑޯޒް ރާއްޖެ އަށް ހަދިޔާކޮށްފި

23 ޖެނުއަރީ 2020

ރާއްޖެ އިން މީގެ ދެ އަހަރު ކުރިން ނައްތާލާފައިވާ ހިމަބިހި އަލުން ފެނުމާ ގުޅިގެން، އެއިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި ހިމަބިހިން ދިފާއުވުމަށް އިންޑިއާ އިން ދޭ ވެކްސިންގެ 30،000 ޑޯޒް މިއަދު ހަދިޔާ ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އިން މީގެ ދެ އަހަރު ކުރިން ނައްތާލާފައިވާ ހިމަބިހި އަލުން ފެނުމާ ގުޅިގެން، އެއިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި ހިމަބިހިން ދިފާއުވުމަށް އިންޑިއާ އިން ދޭ ވެކްސިންގެ 30،000 ޑޯޒް މިއަދު ހަދިޔާ ކޮށްފި އެވެ.

އިންޑިއާގެ ފަރާތުން ވެކްސިން ހަދިޔާކުރި ކަމުގެ ލިޔުން ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ހަވާލު ކޮށްދެއްވީ، އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ، ވެކްސިން ފޮނުވާފައި ވަނީ ރާއްޖެ އިން އެކަމަށް އެދުނުތާ އެންމެ 72 ގަޑިއިރުގެ ތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވީ އެހާ އަވަހަށް ވެކްސިން ފޮނުވައި ދެވުނީ، އިމަޖެންސީ ހާލަތުގައި ރާއްޖެ އަށް އެހީވުމުގެ ގާބިލްކަން އިންޑިއާގައި ހުރުމުން ކަމަށެވެ. ދެ ވަނަ ކަމަކީ، ރާއްޖެ އަށް ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ އެކަމަށް އަބަދު ވެސް އެންމެ ފުރަތަމަ އިޖާބަ ދޭ ގައުމަކީ އިންޑިއާ ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ދެ ލައްކަ މީހުންނަށް ވެކްސިން ދޭން ސަރުކާރުން ފެށި ޕްރޮގްރާމަށް އިންޑިއާ އިން ވި އެހީ އެކެވެ.

އިންޑިއާއިން ރާއްޖެއަށް ހިމަބިހިން ދިފާއުވުމަށް ދޭ ވެކްސިންގެ 30،000 ޑޯޒް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ސުންޖޭ ސުދިރް (މ) ހެލްތު މިނިސްޓަރު އަމީން (ވ-2)، ފޮރިން ސެކްރެޓަރީ ޣަފޫރު (ކ-2) އަދި ހެލްތު މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ކަމުގައިވާ ޑރ. ޝާހު (ކ) އަދި ޒުހެއިރު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަފީރު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ޕަބްލިކް ހެލްތުގެ އަހަރަށް ވާއިރު އެކަމުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބޭނެ އެވެ.

މިިދިޔަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ސިއްހީ ދާއިރާ އިން އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން ސަފީރު ފާހަގަކުރެއްވި އެވެ. އިންޑިއާގެ ސިއްހީ ދާއިރާގެ ޓީމެއް ވެސް މި މަހުގެ ކުރީކޮޅު ރާއްޖެ އައިސް ތަފާތު އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް ސަފީރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ވެކްސިން ހޯދުމަކީ ހަރަދު ބޮޑު އެކަމަކު މުހިއްމު ކަމެއް ކަމަށެވެ. ރާއްޖޭގައި ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށުމާ އެކު، އިންޑިއާ އިން ދައްކައި ދިނީ ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ގައުމުކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިތުރަށް ވެކްސިން ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން އެބަކުރެ އެވެ.

އިންޑިއާއިން ރާއްޖެއަށް ހިމަބިހިން ދިފާއުވުމަށް ދޭ ވެކްސިންގެ 30،000 ޑޯޒް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ސުންޖޭ ސުދިރް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެކު ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް،" އަމީން ވިދާޅުވި އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު، ދެ ވަނަ ޑޯޒް ނުޖަހާ ވަރަށް ގިނަ މީހުން ތިބިކަމަށް ވިދާޅުވެ، އަމީން ވަނީ އެންމެން ވެސް ވެކްސިން ޖެހުން އަވަސް ކުރުމަށް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ ދޫނުދީ ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

މާލޭގެ ދަމަނަވެއްޓާއި ސޯޝަލް ސެންޓަރުން ވެކްސިން ޖަހައިދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާއިރުު، މިހާތަނަށް 3،363 މީހުންނަށް ހިމަބިހިން ރައްކާތެރިވާ ވެކްސިން ޖަހާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފާއިތުވި 24 ގަޑިއިރު ނުވަ މީހަކު ހިމަބިއްސަށް ޓެސްޓުކުރިއިރު އޭގެ ތެރެއިން އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވެއް ނުވެ އެވެ.

ރާއްޖެ އިން އަލުން ހިމަބިހި ފެންނަން ފެށި ފަހުން އެ ބަލި ފެނިފައި ވަނީ ހަތަރު މީހެއްގެ ގައިންނެވެ.