ޕްރިންސް ހެރީ އޭނާގެ ބަޔޮގްރަފީއެއް ލިޔުއްވަން ނިންމަވައިފި އެވެ.
21 ޖުލައި 2021
ޕްރިންސް ހެރީ އޭނާގެ ބަޔޮގްރަފީއެއް ލިޔުއްވަން ނިންމަވައިފި އެވެ.
ޕްރިންސް ޗާލްސް އާއި އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ހަގު ދަރިކަލުން ވިދާޅުވި ގޮތުގައި އަމިއްލަ ބަޔޮގްރަފީއެއް ނެރުއްވަން ނިންމެވީ ހަޔާތުގެ ވާހަކަތައް ހަގީގަތާ އެއްގޮތަށް ކިޔައިދޭން ބޭނުންވާތީ އެވެ. އަންނަ އަހަރުގެ ފަހުކޮޅު ބަޔޮގްރަފީ ނެރޭނީ މަޝްހޫރު ޕަބްލިޝިން ހައުސް ޕެންގްއިން ރޭންޑަމް ހައުސްގެ ތައްގަނޑުގަ އެވެ.
ނަމަވެސް ބަޔޮގްރީ އަށް ކިޔާ ނަމެއް އަދި ހާމައެއްނުކުރެ އެވެ. އަމިއްލަ ހަޔާތުގެ ވާހަކަތައް ކިޔުއްވައި ދެއްވަން ހެރީ ނިންމެވި އިރު، އޭނާ އަކީ މި ފަހުން އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓި، އޭނާއާ ގުޅުވައިގެން އެތައް ވާހަކައެއް އެކި ގޮތްގޮތަށް ދެކިފައިވާ ބޭފުޅެކެވެ.
ހާއްސަކޮށް، އެމެރިކާ އަށް އުފަން ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލްއާ 2018 ގައި ހެރީ ކައިވެނި ބައްލަވައިގަތް ފަހުން އެ ބޭފުޅުންގެ ވާހަކަތައް އަބަދު ވެސް މީޑިއާތަކުގައި ވަރަށް ހޫނެވެ. އަދި މި ފަހުން ޝާހީ އާއިލާ ދޫކުރައްވައި އަމިއްލަފުޅު ސާދާ ދިރިއުޅުމަކަށް އެމެރިކާ އަށް ބަދަލުވެވަޑައިގަތް ފަހުން ހެރީއާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދެކެވިފައި އެވެ.
ޕެންގްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ތައްގަނޑުގައި ހެރީގެ ބަޔޮގްރަފީ ނެރެން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ ހެރީގެ ހަޔާތާގެ ސޮފުހާތަކުގެ ހަގީގީ މަންޒަރު ކިޔުންތެރިންނަށް ސާފުވެގެން ދާނެ އެއްޗެއްކަމާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް ބުންޏެވެ. އެތަނުން ބުނި ގޮތުގައި ބައޮގްރަފީ ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރާނީ ޚައިރާތަށެވެ.
ހެރީ، 36، ވިދާޅުވި ގޮތުގައި ބައޮގްރަފީ ލިޔުއްވާނީ ޕްރިންސެއްގެ ހައިސިއްޔަތަކުން ނޫނެވެ. އަދި އެއަށް ވުރެ ކުރިން އޭނާ އަކީ އިންސާނެއް ކަމަށާއި އެ ހައިސިއްޔަތަކީ އަބަދު ވެސް އެންމެ އިހުތިރާމްކުރައްވާ ކަންތައް ކަމަށް ވިދާޅުވި އެވެ.
ހެރީ އާއި މޭގަން މިދިޔަ އަހަަރުގެ ކުރީކޮޅުން ފެށިގެން މިހާރު ދެ ދަރިންނާ އެކު ދިރިއުޅުއްވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.
ހެރީގެ ދެކަނބަލުން ނެޓްފްލިކްސްއާ ގުޅިއްޖެ
މޭގަންގެ ކުޑަކުދިންގެ ފޮތެއް އަންނަ މަހު ނެރެނީ
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ
ސްޓާޓަޕެއްގެ އިސް މަގާމެއް ޕްރިންސް ހެރީ އަށް
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް
އާއިލާއާ ދުރަށް ވަޑައިގަތް ސަބަބު ހެރީ ވިދާޅުވެއްޖެ
ހެރީގެ ނިންމެވުމަށް ވިލިއަމްގެ ނުރުހުން
ހެރީ ދެން ޝާހީ ޒިންމާތަކަށް ވަޑައެއްނުގަންނަވާނެ
މޭގަންގެ "އާއިލީ ވާހަކަ" ބައްޕަގެ ޑޮކިއުމަންޓަރީއަކުން
ސްޓާޓަޕަކަށް މޭގަން މާކަލް އިންވެސްޓްކޮށްފި