Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ

ކޮވިޑަށް ނެގެޓިވްކަން ޔަގީންކޮށްފައި ނޫނީ ޓޫރިސްޓުންނަށް ރާއްޖެ ނާދެވޭ ގޮތް ހަދަނީ

30 އޯގަސްޓް 2020

ރާއްޖެ އަށް ޓޫރިސްޓުން އައުމުގެ ކުރިން ކޮވިޑް-19 އަށް ނެގެޓިވްކަން ޔަގީންކުރަން ޖެހޭ ގޮތަށް އުސޫލު ބަދަލު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އަށް ޓޫރިސްޓުން އައުމުގެ ކުރިން ކޮވިޑް-19 އަށް ނެގެޓިވްކަން ޔަގީންކުރަން ޖެހޭ ގޮތަށް އުސޫލު ބަދަލު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލީ ވަރަށް ލުއި ފަސޭހަކޮށް ކަމަށާއި ނަމަވެސް ކޮވިޑް-19 އަށް ނެގެޓިވްކަން ޔަގީން ކުރުމަށް ފަހުގައި ނޫނީ ރާއްޖެ ނާދެވޭ ގޮތަށް އުސޫލު ވަރަށް އަވަހަށް ބަދަލު ކުރައްވާނެ ކަމަށެވެ.

އެކަން އެގޮތަށް ބަދަލު ކުރައްވަނީ ޓޫރިސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޭރުން ވަރަށް ގިނަ ޓޫރިސްޓުންނަށް އިތުރު ޔަގީންކަމެއް ލިބިގެން ދާނެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ. އެ ވެސް ވާނެ އަޅުގަނޑުމެންގެ ނަމްބަރުތައް އިތުރު ކުރުމަށް މުހިންމު ކަމަކަށް. އޭގެ ޒާތުގައި ރާއްޖެ އަކީ ދުނިޔޭގެ ޑެސްޓިނޭޝަންތަކުގެ ތެރެއިން އެންމެ ބަރާބަރު ގައުމު ސަލާމަތާއެކު އައިސް ޗުއްޓީ ހޭދަކޮށްލާފައި ދާން،" މި މަހު މަގާމާ ހަވާލުވެވަޑައިގެންނެވި މައުސޫމް ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން ރާއްޖެ އަންނަ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެނީ ރާއްޖޭން ފުރުމުގެ ކުރިންނެވެ. އެއީ ވެސް އެއާލައިންތަކުގެ އެންގުމަށް ކުރާ ޓެސްޓެކެވެ. ބޯޑަރު ހުޅުވި ފަހުން ރާއްޖެ އައި ބައެއް ޓޫރިސްޓުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

ބޯޑަރު ހުޅުވުމާއެކު ރާއްޖެ އަންނާނެ ކަމަށް ކުރިން ލަފާ ކުރިވަރަށް ވުރެ ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު މަދެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު ލަފާކުރާ ގޮތުގައި މި އަހަރުގެ ބާކީ ދުވަސްތަކުގައި ރާއްޖެ އަށް 120،000 ޓޫރިސްޓުން ގެނެވޭނެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާއިރު މިހާތަނަށް ޓޫރިސްޓުންނަށް ހިދުމަތް ދެމުން އަންނަނީ ރިސޯޓުތަކާއި ސަފާރީތަކުންނެވެ. ރަށްތަކުގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެންދިއުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. ނަމަވެސް މިހާރު އެ ތަންތަން ހުޅުވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.