Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ކޮވިޑް ޓެސްޓާ ނުލައި ރާއްޖެ އާދެވޭގޮތް ހަދަނީ

ވެކްސިންގެ ދެ ޑޯޒަށް ފަހު ކޮވިޑް ޓެސްޓާ ނުލައި ރާއްޖެ އާދެވޭ ގޮތް ހަދަނީ

15 އެޕްރީލް 2021

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު އަންނަ ޓޫރިސްޓުން ޕީސީއާރް ޓެސްޓަކާ ނުލައި ރާއްޖެ އާދެވޭނެ ގޮތަކަށް ބަދަލު ގެންނަން މަސައްކަތް ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު އަންނަ ޓޫރިސްޓުން ޕީސީއާރް ޓެސްޓަކާ ނުލައި ރާއްޖެ އާދެވޭނެ ގޮތަކަށް ބަދަލު ގެންނަން މަސައްކަތް ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިހާރު އޮތް އުސޫލުގެ ދަށުން ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުންގެ އަތުގައި ވެސް 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެ އެވެ. މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، މިކަން ރަސްމީކޮށް އިއުލާނު ކުރާނީ އެޗްޕީއޭ އިން ކަމަށް ނަމަވެސް އެފަދަ ބަދަލެއް ގެންނަން އެޗްޕީއޭއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖެހުމަށް ފަހު "ވިޒިޓް، ވެކްސިނޭޓް، ވެކޭޝަން" (3ވީ) ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފެށުމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މިއީ ސީދާ ސަރުކާރުން އިސް ނަގައިގެން ފަށަން ބޭނުންވާ ޓޫރިޒަމެއް ކަމަށާއި މިކަން ކުރާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް 270،000 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު ދެ ވަނަ ޑޯޒް ޖަހާފައި ވަނީ 25،000 މީހުންނެވެ.

މައުސޫމް ވިދާޅުވީ، ރާއްޖެ އަށް ޗުއްޓީ އަށް އައިސް ވެކްސިން ޖެހޭނެ ފަސޭހަ އުސޫލެއް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ފަށަން ނިންމާފައިވާ 3ވީ ޕްރޮގްރާމަށް ދުނިޔޭގެ ސަމާލުކަން ވެސް މިހާރު ވަނީ ލިބިފަ އެވެ. މިކަމާ ގުޅޭ ގޮތުން އިއްޔެ މިނިސްޓަރު ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ވިޔަފާރި ޗެނަލްތަކުގެ ތެރޭގައި ހިމެނޭ ސީއެންބީސީގެ ޕްރޮގްރާމެއްގައި މައުލޫމާތުދެއްވައިފަ އެވެ.

މި ވަގުތު ރާއްޖޭގައި ކޮވިޝީލްޑާއި ސިނޯފާމް އާއި ފައިޒާ ބްރޭންޑްގެ ކޮވިޑް ވެކްސިން އަންނަނީ ދެމުންނެވެ.