Roadha Mihaaru
މެމްބަރުންގެ މުސާރަ އުނިކުރަން ހުށަހަޅަނީ

މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ 20 ޕަސެންޓު އުނިކުރަން ހުށަހަޅަން އެމްޑީޕީން އެދިއްޖެ

16 މާޗް 2020

ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ފެނި، އިގްތިސޯދަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ 20 ޕަސެންޓު އުނިކޮށްދިނުމަށް އެދި ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅަން އެ ގުރޫޕުން އެދިފައިވާ ކަމަށެވެ.

ޖުމްލަ 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ މެމްބަރެއްގެ އަސާސީ މުސާރަ އަކީ މަހަކު 42،500ރ. އެވެ. ކޮންމެ މެމްބަރެއްގެ މުސާރައިގެ 20 ޕަސެންޓަކީ 8،500ރ. އެވެ. އެ ހިސާބުން ބަލައިފި ނަމަ ކޮންމެ މަހަކު މެމްބަރެއްގެ މުސާރައިން 739،000ރ. ދައުލަތުގެ ބަޖެޓުން ސަލާމަތް ވާނެ އެވެ.

މެމްބަރުންނަށް މުސާރައިގެ ގޮތުގައި 42،500ރ. ލިބިވަޑައިގަތަސް އެލަވަންސަށް 20،000ރ. ކަނޑައަޅާފައި ވެ އެވެ.

މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހާ އެކު، ރާއްޖެ އަށް ލިބޭ އާމްދަނީން 135 (2.5 ބިލިއަން ރުފިޔާ އާއި 446 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާ) މަދުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.