Roadha Mihaaru
ކުޑަކުދިންގެ ހިޔާގެ ސީއީއޯއަކަށް މުއުމިނާ އައްޔަންކޮށްފި

ކުޑަކުދިންގެ ހިޔާގެ ސީއީއޯއަކަށް މުއުމިނާ އައްޔަންކޮށްފި

17 މާޗް 2020

ކުޑަކުދިންގެ ހިޔާގެ ސީއީއޯއަކަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު މުއުމިނާ އާދަމް މިއަދު އައްޔަން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންގެ ހިޔާގެ ސީއީއޯއަކަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު މުއުމިނާ އާދަމް މިއަދު އައްޔަން ކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ހިޔާގެ ސީއީއޯ އަކަށް މުއުމިނާ ހަމަޖެއްސެވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުލް ހަކީމް އެ މަގާމުން އެކަހެރިކޮށް ބެހެއްޓުމަށް ފަހު އެވެ. މިދިޔަ ޖެނުއަރީ މަހު ޝުކޫރު ސަސްޕެންޑު ކުރީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ.

ނަމަވެސް މި މަހުގެ ކުރީކޮޅު ޝުކޫރު ވަނީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ. އެކަމަކު، އޭނާއާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ބަލަމުން އައި މައްސަލަ އަށް ވީ ގޮތެއް ނޭނގެ އެވެ. އެ މައްސަލައިގެ އެއްވެސް ތަފްސީލެއް އެޗްއާރުސީއެމުންނާއި ޖެންޑާ މިނިސްޓްރީން ވެސް ނުދެ އެވެ.

ދައުލަތުގެ ޚަރަދުގައި ތިބޭ ކުދިން ބައިތިއްބާ ކުޑަކުދިންގެ ހިޔާގެ ސީއީއޯ އަކަށް ހަމަޖެއްސި މުއުމިނާ އަކީ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ބޮޑުދައިތަ އެކެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބައިތިއްބަނީ 13 އަހަރުން މަތީގެ ކުދިންނެވެ. އެ އުމުރުން ދަށުގެ ކުދިން ބަލަހައްޓަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ.