18 މާޗް 2020
ހިއްސާ އަކަށް 1.58ރ. ބަހަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުން ނިންމައިފި އެވެ.
ހިއްސާ އަކަށް 1.58ރ. ބަހަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުން ނިންމައިފި އެވެ.
އެމްއައިބީގެ ބޯޑުން މިގޮތަށް ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގަ އެވެ. ބޯޑުން ނިންމި ނިންމުމުގައި ވާ ގޮތުން އެ ކުންފުނީގެ ފައިދާގެ 35.4 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ. ބޯޑުގެ މި ނިންމުން ފާސް ކުރާނީ އެމްއައިބީގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި މިހާތަނަށް އިއުލާނުކޮށްފައެއް ނުވެ އެވެ.
އެމްއައިބީން މިދިޔަ އަހަރު ވަނީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފަ އެވެ. މިއީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. މިއީ ބޭންކްގެ ހިއްސާއިން ބަލާ ނަމަ 31 ޕަސެންޓެވެ.
ހިއްސާ ގަތުމަށް ހުޅުވައިލި ފުރުސަތުގައި ގިނަ ބަޔަކު ފޯމު ހުށަހަޅާފައި ވާތީ އެ ބޭންކުން ވަނީ ބައެއް ހިއްސާ ރީފަންޑު ވެސް ކޮށްފަ އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް ލިބުނު އިރު މި އަހަރު ވެސް ބޭންކުގެ ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ރާވައިފަ އެވެ. މީގެ ތެރޭގައި އިތުރު ބްރާންޗު ހުޅުވުމާއި، އޭޓީއެމް އަދި ޕޮސް ޓާމިނަލް އިތުރުކުރުމުގެ އިތުރުން މޯބައިލް އަދި އޮންލައިން ބޭންކިން އިތުރަށް ފުޅާކުރުމާއި އިސްލާމިކް ފައިނޭންސްގެ އާ ޕްރޮޑަކްޓުތައް ތައާރަފު ކުރުން ހިމެނޭ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީ ކޭޝްބެކް ޕްރޮމޯޝަން އަދިވެސް ކުރިއަށް
ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި
އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ
އެމްއައިބީން އޭދަފުށީގައި ސާވިސް ސެންޓަރެއް
އެމްއައިބީއިން އުޖާލާ ކޭޝް ތައާރަފްކޮށްފި
އަންނަ ހަފުތާ ބޭންކުތައް ހުޅުވާނީ ތިން ދުވަހު
ހިއްސާއަކަށް 1.2ރ. ބަހަން އެމްއައިބީން ނިންމައިފި
އެމްއައިބީ އަށް 10 އަހަރު ފުރުން ފާހަގަކޮށްފި
އެޗްއެސްބީސީ މެލޭޝިއާގެ ވަގުތީ ސީއީއޯއަކަށް ދިވެއްސެއް
މާދަމާ އެމްއައިބީ ވެސް ބަންދުވާނެ