Roadha Mihaaru
ގަވައިދާހިލާފުވާ ބިދޭސީން ސަރުކާރުގެ ހަރަދުގައި ފޮނުވަނީ

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ސަރުކާރުގެ ޚަރަދުގައި ގައުމަށް ފޮނުވައި ދެނީ

21 މާޗް 2020

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އެ މީހުންގެ ގައުމަށް ފޮނުވައިދޭން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އެ މީހުންގެ ގައުމަށް ފޮނުވައިދޭން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ކުރުމަށް ހުޅުވައިލުމުން އެއްވެސް ޑޮކިއުމެންޓެއް ނެތް ގިނަ އަދަދެއްގެ ބިދޭސީން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. އެހެންވެ، އެ މީހުން އަނބުރާ ފޮނުވައިލާނީ ދިވެހި ސަރުކާރުގެ ޚަރަދުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މީހުން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ ޑޮކިއުމެންޓް އެ ގައުމެއްގެ އެމްބަސީއާ ގުޅިގެން ހޯދައިި ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ޕާސްޕޯޓް ނަމްބަރު ނުވަތަ އައިޑެންޑިފިކޭޝަން ނަމްބަރު 7205648 އަށް މެސެޖް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދެ އެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ވުމަށް ހުޅުވާލުމުން އެތައް ހާސް ބިދޭސީންނެއް ގަލޮޅުދަނޑަށް ގޮސް ވަނީ ރަޖިސްޓަރީ ވެފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފެށި މަސައްކަތުގައި މިހާތަނަށް 32،000 ބިދޭސީން ވަނީ ގާނޫނީ އިމުގެ ތެރެއަށް ވައްދައިފަ އެވެ.

މާލޭގެ އިތުރުން ބޮޑެތި ރަށްތަކުގައި ބިދޭސީން ރަޖިސްޓަރީ ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގެ އިތުރުން ހދ. ކުޅުދުއްފުށި ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގައި އެންމެ ގިނައިން ގަވައިދާ ހިލާފަށް އުޅެނީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނެވެ.