Roadha Mihaaru
އޭލެވެލް އިމްތިހާނު ފަސްކޮށްފި

އޭލެވެލް އިމްތިހާނު ފަސްކޮށްފި

24 މާޗް 2020

އެޑެކްސެލް އިން ބާއްވަމުން އަންނަ އޭލެވެލް އިމްތިހާނު މި އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރަށް ފަސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެޑެކްސެލް އިން ބާއްވަމުން އަންނަ އޭލެވެލް އިމްތިހާނު މި އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރަށް ފަސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ސްކޫލުތައް ބަންދުކުރަން ޖެހުމުން މެއި އާއި ޖޫން މަހު ބާއްވަން ހަމަޖެއްސި އޭލެވެލް އިމްތިހާނު ފަސްކޮށް، މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރުގައި އިންތިހާނުގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.

އޯ ލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ ކެމްބްރިޖުން ދޭ އިމްތިހާނެވެ. އެޑެކްސެލް ހަދަނީ އޭ ލެވެލްގަ އެވެ. މި އަހަރު ރާއްޖޭގައި އޭލެވެލް އިމްތިހާނު ހަދާނީ ގްރޭޑު 11ގެ ދަރިވަރުން އެކަންޏެވެ. މީގެ ކުރިން ގްރޭޑް 12ގެ ދަރިވަރުން ވެސް އިމްތިހާނު ހަދަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރުގައި 12ގެ ދަރިވަރުން އެޑެކްސެލް އިމްތިހާނު ހެދުމުން، މި އަހަރު ގްރޭޑު 12 އޮތީ ޓްރާންސިޝަން މަރުހަލާގަ އެވެ.

އެގާރައިގެ ދަރިވަރުން ހަދަނީ އޯލެވެލްގެ އޭއެސް އިމްތިހާނެވެ. އެޑެކްސެލްގެ މި ނިންމުމާ ގުޅިގެން އަންނަ މެއި އާއި ޖޫން މަހު ބާއްވަން ހަމަޖައްސާފައިވާ އެ ދަރިވަރުންގެ އިމްތިހާނު ފަސް ވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ މެއި އަދި ޖޫން މަހުގެ އެޑެކްސެލް އިމްތިހާނުގައި 1،529 ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.

ކެމްބްރިޖް ޔުނިވާސިޓީން ވެސް ވަނީ މެއި އަދި ޖޫން މަހު ބާއްވާ އިމްތިހާނުތައް ކެންސަލްކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި އަދި ޖޫން މަހުގެ އިމްތިހާން ހިމެނެ އެވެ.