ގްރޭޑު 11 ގެ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވާ ކަމަށާއި ދޭހަ އެއްގޮތްވީ އިއްތިފާގަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
29 ސެޕްޓެމްބަރ 2025
ގްރޭޑު 11 ގެ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވާ ކަމަށާއި ދޭހަ އެއްގޮތްވީ އިއްތިފާގަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު އަދި އިއްޔެ އޮތް ދިވެހި މާއްދާގެ އިމްތިހާނުގައި، ސީއެޗްއެސްއީގެ ދަރިވަރުން ތައްޔާރުވާން ހެދި ރިވިޝަންގެ ސުވާލުތައް އައި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެއީ، ސީއެޗްއެސްއީގެ ޓީޗަރު ތައްޔާރުކުރި ސުވާލު ކަރުދާހެއް ކަމަށް ބުނެ، އެ މާއްދާގެ އިމްތިހާނުގެ ފެންވަރާ މެދު އާއްމުން ވަނީ ސުވާލު އުފައްދައިފަ އެވެ.
އެކަމާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިސްމާއިލް "މިހާރު" އަށް ވިދާޅުވީ އެ ޓެސްޓު ޕޭޕަރު ހެދީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގައި ފުލްޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފެއް ކަމަށެވެ. އެ ކަރުދާހުގައި ސީއެޗްއެސްއީގެ އެއްވެސް ޓީޗަރެއްގެ ބައިވެރިވުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެޗްއެސްސީގައި އިމްތިހާނުގައި ދޭހަ ދެނީ މަޝްހޫރު އަދީބެއްގެ ފޮތަކުން ނަގައިގެން ކަމަށް ވާތީ، އޭ ލެވެލްގައި ވެސް ދިވެހި އިމްތިހާނަށް ތައްޔާރުވުމަށް ހުރިހާ ތަނެއްގައި ފިލާވަޅުތައް ބޮޑަށް ނަގައިދެނީ އެ ދޭހަތަކުން ކަމަށެވެ.
އެހެންވެ، މި ފަހަރު އެގޮތަށް ދިމާވީ އިއްތިފާގަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޭޕަރު ކޮމްޕްރޮމައިޒް ނުވާކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން،" އިސްމާއިލް ވިދާޅުވި އެވެ.
މި ދޭތެރެއަކުން އުތުރުގެ ރަށެއްގައި ގްރޭޑު 10 ގެ ރިވިޝަންގައި ދިން ސުވާލެއް، އޯ ލެވެލް އިމްތިހާނުގައި ދިނުމުން ވެސް މައްސަލަ ފެންމަތިވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު، އެ ސުވާލު ދީފައިވަނީ ރާއްޖެެ އަށް އޯ ލެވެލް އިމްތިހާނުގެ ކަރުދާސްތައް ދިނުމުގެ މާ ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.
ގްރޭޑު 11 ގެ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވި ނަމަވެސް، މިނިސްޓަރު ވިދާޅުވީ، އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ކަންކަން އިތުރަށް ރަނގަޅު ކުރާނެ ކަމަށެވެ. އޭގެ ތެރެއިން، ކޮންސަލްޓަންޓެއްގެ އެހީގައި ޑީޕީއީ ރިވިއުކޮށް، އެ ތަން ހަރުދަނާ ކުރާނެކަން ފާހަގަކުރެއްވި އެވެ.
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ސްކޫލު ރަސްމީ ޔުނީފޯމް 2027އިން ފެށިގެން ބަދަލުވަނީ
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
ދިރާސީ އަހަރު ދަރިވަރުން ނުކުންނާނީ އޭސީ ކްލާސްތަކަށް
ވޮކޭޝަނަލް ތަމްރީނަށް މަތީ ސާނަވީ ސްކޫލެއް ހުޅުވަނީ