26 މާޗް 2020
އިންޑިއާގެ މަހުޖަނު މުކޭޝް އަމްބަނީގެ މުއާސަލާތީ ކުންފުނި ރިލަޔަންސް ޖިއޯގެ ހިއްސާ ގަންނަން މާކް ޒަކަބާގްގެ ފޭސްބުކުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ މަހުޖަނު މުކޭޝް އަމްބަނީގެ މުއާސަލާތީ ކުންފުނި ރިލަޔަންސް ޖިއޯގެ ހިއްސާ ގަންނަން މާކް ޒަކަބާގްގެ ފޭސްބުކުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފައިނޭންޝަލް ޓައިމްސް އިން ބުނި ގޮތުގައި ފޭސްބުކުން ހުށަހަޅާފައި ވަނީ ބިލިއަން ޑޮލަރުގެ އަގަކަށް ޖިއޯގެ 10 ޕަސެންޓް ހިއްސާ ހޯދުމަށެވެ. އެ ކުންފުނީގެ 10 ޕަސެންޓް ހިއްސާ ވިއްކައިލާ ނަމަ އޭގެ އަގު 6.5-7 ބިލިއަން ޑޮލަަރަށް އަރާނެ އެވެ.
ނޫސްތަކުން ބުނީ ހިއްސާ ވިއްކުމުގެ މަޝްވަރާތައް ކުރަމުން އަންނަނިކޮށް ކޮރޯނާވައިރަހާ ހެދި އެ މަޝްވަރާތައް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ.
އިންޑިއާގައި އެންމެ ފުޅާކޮށް މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ރިލަޔަންސް ޖިއޯ އަކީ އަމްބާނީގެ ރިލަޔަންސް ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެކެވެ. މީގެ 13 އަހަރު ކުރިން 2007 ގައި ވުޖޫދަށް އައި އެ ކުންފުނީގެ މިލްކިއްޔާތު 26 ބިލިއަން ޑޮލަރަށް އަރާ އިރު، ޖިއޯގެ ހިދުމަތް ހޯދާ މީހުންގެ އަދަދު 370.07 މިލިއަނަށް އަރަ އެވެ.
މީޑިއާތަކުން ބުނިގޮތުގައި ފޭސްބުކްގެ އިތުރުން ޖިއޯގެ ހިއްސާ ގަންނަން އެމެރިކާގެ ގޫގުލް ކުންފުނިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމުގެ މަޝްވަރާތަކެއް ވެސް ދެ ކުންފުނީގެ މެދުގައި ކުރިއަށް ދެ އެވެ.
މުކޭޝް އަމްބާނީ.
އޭޝިއާގެ ދެވަނަ އެންމެ މުއްސަނދި މީހާ އަމްބާނީގެ ވިފަރިތައް ފުޅާވަމުން އަންނަ އިރު، ރިލައިންސުން ދާދި ދާދި ފަހުން ވަނީ އޭނާގެ ރިލައިންސް ރިޓައިލްގެ ދަށުން "ޖިއޯމާޓް" ގެ ނަމުގައި އޮންލައިން ވިޔަފާރީގެ ހިދުމަތް ވެސް ޓެސްޓްކުރަން ފަށައިފަ އެވެ.
އަމްބާނީގެ މިލްކިއްޔާތު 60.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާ އަކީ މި ވަގުތު ދުނިޔޭގައި 17 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.
ފޭސްބުކުން ޖިއޯގެ ހިއްސާ 5.7 ބިލިއަނަށް ގަނެފި
ގޫގުލް އާއި ޖިއޯ ގުޅިގެން އަގުހެޔޮ ފޯނު އުފައްދަނީ
އަބްމާނީގެ ކުންފުނިން ދަރްމާގެ ހިއްސާ ގަންނަނީ
މެޓައިން ޓްވިޓާއާ ވާދަކުރާތީ "ކޮޕީ ކެޓް" ގޮވައިފި
ފޭސްބުކުން ވެސް ވެރިފައިޑް ބެޖް ވިއްކަނީ
ދުވާލަކު ދެ ބިލިއަން މީހުން ފޭސްބުކް ބޭނުންކުރޭ
އިންޑިއާ ކުންފުންޏަކާ ގުޅިގެން ސަބްމެރިން ކޭބަލް އަޅަނީ
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އަހަރުގެ އެންމެ ކަމުނުދާ ކުންފުންޏަކީ "މެޓަ"
އިންސްޓަގްރާމްގެ ޗީފް ކޮންގްރެސް އަށް ހާޒިރުކުރަނީ