Roadha Mihaaru
މިއީ ހިފަހައްޓާލަންވީ ތިން މަސް: ރައީސް

މި ތިން މަހަށް ހިފަހައްޓާލަންވީ، ފަހުން އިގްތިސޯދު ވަރަށް ރަނގަޅުވާނެ: ރައީސް

25 މާޗް 2020

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް އަައުމާ ގުޅިގެން، ޓޫރިޒަމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް މި ތިން މަސް ހިފަހައްޓާލެވިއްޖެ ނަމަ އޭގެ ފަހުން ޓޫރިޒަމް ވަރަށް ރަނގަޅު ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް އަައުމާ ގުޅިގެން، ޓޫރިޒަމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް މި ތިން މަސް ހިފަހައްޓާލެވިއްޖެ ނަމަ އޭގެ ފަހުން ޓޫރިޒަމް ވަރަށް ރަނގަޅު ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ބިރުވެރިކަން ފެތުރުނު ފަހުން ބޭއްވެވި ފުރަތަމަ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި، ރާއްޖޭގެ އިގްތިސޯދު ތިން މަސް ރަނގަޅު ވާނެ ކަމުގެ މިސާލު ރައީސް ދެއްކެވީ މީގެ ތިން މަސް ފަހަށް ތައްޔާރުވާ، ޓޫރިސްޓުންގެ ބުކިންގެ ނަމްބަރުތަކުންނެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޖަރުމަނުގައި ކޮރޯނާވައިރަސް ކޮންޓެއިން ކުރެވިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނާއިރު، ތިން މަސް ފަހަށް ގާތްގަނޑަކަށް 20،000 ބުކިން ހެއްދުމަށް ޖަރުމަނުގެ ޓޫރިސްޓުން އެދެމުން އަންނަ ކަމުގެ މައުލޫމާތު ޓުއާ އޮޕަރޭޓަރުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކޮރޯނާވައިރަސް "އުފަންވި" ޗައިނާ ވެސް އެ ވައިރަހުން ސަލާމަތްވެ، އަންނަ މަހު އެ ގައުމު ހުޅުވައިލުމާ އެކު، ޗައިނާގެ ޓޫރިސްޓުން ވެސް ރާއްޖެ އަންނާނެ ކަމަށް ރައީސް އުންމީދު ކުރައްވަ އެވެ. އެކަމަކު، އެއީ ރާއްޖެ ވެސް ކޮރޯނާވައިރަހުގެ ބިރުވެރިކަމުން އަރައިގަތުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ އަމާޒަކީ އަންނަ މަސް ނިމޭއިރު، ރާއްޖޭގައި ކޮވިޑް ބަލީގެ އެއްވެސް މީހަކު ނެތުމެވެ.

ރާއްޖެ އިން ކޮވިޑް ބަލީގެ 13 މީހަކު މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާ ހިސާބަށް ފެނިފައި ވިޔަސް މިއަދާ ހަމައަށް އަށް ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ބާކީ ފަސް މީހުންގެ ހާލު ވެސް ރަނގަޅެވެ. ރާއްޖެ އިން ކޮވިޑް ބަލި ޖެހުނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޮކްޓަރާއި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފަކާއި 11 ޓޫރިސްޓަކަށެވެ.

ރައީސް ވިދާޅުވީ، ތިން މަސް ފަހަށް ގާތްގަނޑަކަށް 20،000 ބުކިން ހެއްދުމަށް ޖަރުމަނުގެ ޓޫރިސްޓުން އެދެމުން އަންނަ ކަމުގެ މައުލޫމާތު ޓުއާ އޮޕަރޭޓަރުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އަންނަ މަސް ނިމޭއިރު ރާއްޖޭގައި ކޮވިޑް ބަލީގެ މީހަކު ނެތި، މި ބިރުވެރިކަމުން އަރައިގަނެވިއްޖެ ނަމަ ޗައިނާގެ މާކެޓަށް ނުވަތަ ސައުތު އީސްޓް އޭޝިއާ އަށް ރާއްޖެ ހުޅުވައިލެވޭނެ އެވެ. އެއީ ޗައިނާ، ޖަޕާން އަދި ކޮރެއާ ފަދަ ގައުމުތައް ހިމެނޭ ސަރަހައްދެވެ.

"މިއަދު ވެސް އަޅުގަނޑަށް އެނގުނު ރަޝިއާ އިން 300 އަށް ވުރެ ވެސް ގިނަ މީހުންގެ ބުކިން ހަދަން ގުޅާފައި އޮތްކަން. އެހެންވީމާ މިކަން ނިމުމާ އެކީގައި، އަހަރުގެ ފަހު ކުއާޓާ އާއި މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ގައި ބޮޑު ބޫމެއް އިންޑަސްޓްރީ އަށް އަންނާނެ ކަމަށް މި ކަމުގެ މާހިރުން ވިދާޅުވޭ،" ވަރަށް ޔަގީންކަމާއި އިތުބާރާ އެކު، ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އުންމީދުތަކެއް އެބަ އާވޭ. މި ދަނޑިވަޅުގައި ހިފަހައްޓާލަންވީ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި މީޑިއާ ބްރީފިންގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި މީޑިއާ ބްރީފިންގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރައީސް ގަބޫލުފުޅު ކުރައްވާ ގޮތުގައި، ކޮވިޑް ބައްޔާ އެކު، ރާއްޖޭގެ އިގްތިސޯދަށް އެރި ލޮޅުންތަކަށް ފަހު ރާއްޖެ ހަމަަޔަކަށް އެޅެން ނަގާނީ ހަ މަސް ދުވަހެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ދެ ގަޑިއެއްހާއިރަށް ބޭއްވެވި މީޑިއާ ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިހާރު ކުރިމަތިވެގެން މި އުޅެނީ "އިކޮނޮމިކް ކްރައިސިސް" އެއް ނޫން ކަމަށެވެ.

"ފައިނޭންޝަލް ކްރައިސިސްއެއް އައިސްގެން ނޫން މި އުޅެނީ. ބޭންކަތަކުގައި ފައިސާ އެބަހުރި. މީހުންގެ އަތުގައި ވެސް [ފައިސާ] އެބަހުރި. ޚަރަދު ކުރަން ވެސް ބޭނުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ވެސް އަޅުގަނޑަށް އެނގުނު ރަޝިއާ އިން 300 އަށް ވުރެ ވެސް ގިނަ މީހުންގެ ބުކިން ހަދަން ގުޅާފައި އޮތްކަން. އެހެންވީމާ މިކަން ނިމުމާ އެކީގައި، އަހަރުގެ ފަހު ކުއާޓާ އާއި މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ގައި ބޮޑު ބޫމެއް އިންޑަސްޓްރީ އަށް އަންނާނެ ކަމަށް މި ކަމުގެ މާހިރުން ވިދާޅުވޭ،" ރައީސް

ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަހުގެ ފުރަތަަމަ 10 ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ޓޫރިޒަމް މިދިޔަ އަހަރާ އަޅާބަަލާއިރު 22.8 ޕަސެންޓް ދަށަށް ވަނީ ގޮސްފަ އެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 26 އިން ފެށިގެން މިހާތަނަށް 161،740 ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށް އެ މަނިިކުފާނު ވިދާޅުވި އެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ވަރުގަދަ ފިޔަވަޅުތަކާ އެކު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިއިން ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް ދަށްވެ، މިހާތަނަށް 50 ރިސޯޓު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ، މުޅި ދުނިޔެ އަށް އަށް އައިސްފައިވާ ކޮވިޑްގެ ބަލިމަޑުކަމުން ރާއްޖެ އަރައިގަތުމަށް އެ ފިޔަވަޅުތައް އަޅަން ކޮންމެހެން މަޖުބޫރު ކަމަށެވެ.