Roadha Mihaaru
ވާވޭގެ ފަށްޖަހައިލެވޭ ފޯނު ދައްކައިލުން 24 ގައި

ވާވޭގެ ފަށްޖަހައިލެވޭ ފޯނު ދައްކައިލުން މި މަހުގެ 24 ގައި

03 ފެބުރުއަރީ 2019

މި މަހު 20 ގައި ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގުގެ ފަށްޖަހައިލެވޭ ފޯނު ނެރެން ނިންމާފައިވާ އިރު، ޗައިނާގެ ވާވޭގެ ފަށްޖަހައިލެވޭ ފޯނު މި މަހުގެ 24 ވަނަ ދުވަހު ދައްކައިލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހު 20 ގައި ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގުގެ ފަށްޖަހައިލެވޭ ފޯނު ނެރެން ނިންމާފައިވާ އިރު، ޗައިނާގެ ވާވޭގެ ފަށްޖަހައިލެވޭ ފޯނު މި މަހުގެ 24 ވަނަ ދުވަހު ދައްކައިލަން ނިންމައިފި އެވެ.

ވާވޭ އިން ކުރި ޓްވީޓެއްގައި ބުނީ ބާސެލޯނާގައި ބާއްވާ މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) ގެ "ކަނެކްޓިން ދަ ފިއުޗާ" ސެގްމަންޓްގައި ހިއްސާކުރަން މުހިއްމު ކަންތައްތަކެއް އެބަހުރި ކަމަށާއި ކަސްޓަމަރުން ތިބީ ތައްޔާރަށްތޯ ސުވާލުކޮށްފަ އެވެ.

އެގޮތުން ދައްކައިލާ ފަތްޖަހައިލެވޭ "މޭޓް ފްލެކްސް" ފޯނުވެގެން ދާނީ 5ޖީ ނެޓްވޯކް ވެސް ސަޕޯޓްކުރާ އެންމެ ޒަމާނީ ފީޗާ ހިމެނޭ ފޯނަކަށެވެ.

މި ވައްތަރުގެ ފޯނު ނެރެން ތައްޔާރުވެފައިވާކަން ދާދި ފަހުން ބެއިޖިންގައި އޮތް އިވެންޓެއްގައި ވާވޭގެ ސީއީއޯ ރިޗަޑް ޔޫ ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ވާވޭ އިން ނެރޭ 5ޖީ ސަޕޯޓް ކުރާ މޮޑެލްތަކުގެ ތެރޭގައި މޭޓް ފްލެކްސްގެ އިތުރުން މޭޓް ފްލެކްޒީ އާއި މޭޓް ފޯލްޑް އާއި މޭޓް އެފް ހިމެނެ އެވެ.