Roadha Mihaaru
އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތަކަކީ ކޮބާ؟

މި އަހަރުގެ އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތަކަކީ ކޮބާ؟

22 އެޕްރީލް 2019

ގައުމުތަކުން ބޭނުންކުރާ ޕާސްޕޯޓްތަކަކީ އެ ގައުމުގެ ވަރުގަދަކަމާއި ދުނިޔޭގެ މައިދާނުގައި ނުފޫޒު ގަދަކަން ހާމަކޮށްދޭ އެއްޗެކެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތައް ރޭންކް ވެސް ކުރަމުން އާދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގައުމުތަކުން ބޭނުންކުރާ ޕާސްޕޯޓްތަކަކީ އެ ގައުމުގެ ވަރުގަދަކަމާއި ދުނިޔޭގެ މައިދާނުގައި ނުފޫޒު ގަދަކަން ހާމަކޮށްދޭ އެއްޗެކެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތައް ރޭންކް ވެސް ކުރަމުން އާދެ އެވެ.

މި އަހަރުގެ މި ލިސްޓް ދައްކާ ގޮތް ބަލައިމާ ހިނގާށެވެ. އެޑްވައިޒަރީ ފާމެއް ކަމަށްވާ ހޭންލީ އެންޑް ޕާާޓްނާޒް އިން ދަރަޖަކޮށްފައިވާ ގޮތުގައި މި އަހަރު އެންމެ ނުފޫޒު ޕާސްޕޯޓްގެ މަގާމު ހޯދީ އޭޝިއާ ތިން ގައުމަކުންނެވެ. އެގޮތުން ލިސްޓްގެ އެއް ވަނަ ލިބިފައި ވަނީ ޖަޕާން، ސިންގަޕޫރު އަދި ދެކުނު ކޮރެއާގެ ޕާސްޕޯޓަށެވެ. ލިސްޓްގެ އެއް ވަނަ އޭޝިއާގެ ތިން ގައުމަކުން ހޯދުމަކީ އޭޝިއާގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ހޭންލީން ސިފަކުރި އެވެ.

މި ގައުމުތަކުގެ ރައްޔިތުންނަށް 189 ގައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި، އެ ގައުމުތަކުގެ ޕާސްޕޯޓް ބޭނުންކޮށްގެން ދަތުރު ކުރެވެ އެވެ.

އެންމެ ބާރުގަދަ 10 ޕާސްޕޯޓް އޮތް ގައުމުތަކަށް ބަލާއިރު ލިސްޓްގެ ދެވަނަ އިން ޖާގަ ހޯދީ ޖަރުމަނެވެ. އެ ގައުމުގެ ޕާސްޕޯޓުން 188 ގައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދަތުރު ކުރެވެ އެވެ.

ކުރިން ވިސާ ހޯދުމަކާ ނުލައި 187 ގައުމަކަށް ފަސް ގައުމެއްގެ ރައްޔިތުންނަށް އެ ގައުމުތަކުގެ ޕާސްޕޯޓް ބޭނުންކޮށްގެން ދަތުރު ކުރެވެ އެވެ. އެއީ ގަދަ ތިނެއްގައި ހިމެނޭ ޑެންމާކް، ފިންލެންޑް، ފްރާންސް، އިޓަލީ، ސްވިޑްން އަދި އިނގިރޭސިވިލާތެވެ.

ގަދަ 10 ގެ އިތުރު ގައުމުތަކުގެ ދަރަޖަތަކަށް ބަލާ އިރު ހަތަރު ވަނައިގައި ހިމެނެނީ ލަގްޒެންބާގާއި ސްޕެއިނެވެ. ފަސް ވަނަ ލިބެނީ އޮސްޓްރިއާ، ނެދަލެންޑްސް، ނޯވޭ، ޕޯޗްގަލް އަދި ސްވިޓްޒަލެންޑަށެވެ.

ޕާސްޕޯޓްތަކެއް: މިއީ ގައުމުން ބޭރަށް ދަތުރު ކުރަން ކޮންމެހެން ބޭނުންވާ އެއްޗެއް.

ޕާސްޕޯޓްތަކެއް: މިއީ ގައުމުން ބޭރަށް ދަތުރު ކުރަން ކޮންމެހެން ބޭނުންވާ އެއްޗެއް.

ހަ ވަނައިގައި ހަ ގައުމެއް ހިމެނޭ އިރު، އެ ގައުމުތަކަކީ ކެނެޑާ، ބެލްޖިއަމް، ގްރީސް، އަޔަލެންޑް އަދި އެމެރިކާ އެވެ.

ހަތް ވަނައިގައި ޗެކް ރިބަޕްލިކް އޮތް އިރު، އަށް ވަނައިގައި އޮތީ މޯލްޓާ އެވެ.

އޮސްޓްރޭލިއާ އަށް ނުވަ ވަނަ އިން ޖާގަ ލިބުނު އިރު 10 ވަނައިގައި ވެސް ފަސް ގައުމެއް ހިމެނެ އެވެ. އެއީ ހަންގޭރީ، ލެޓްވިއާ، ލިތުއޭނިއާ، ސްލޮވޭކިއާ އަދި ސްލޮވޭނިއާ އެވެ.