Roadha Mihaaru
މެލޭޝިއާގެ ކޮރަޕްޝަނާ ގުޅިގެން ސިންގަޕޫރު ބޭންކު ބަންދު

މެލޭޝިއާގެ ކޮރަޕްޝަނާ ގުޅޭ މައްސަލާގައި ސިންގަޕޫރުގެ ބޭންކެއް ބަންދުކޮށްފި

11 އޮކްޓޯބަރ 2016

ސިންގަޕޫރު (އޮކްޓޯބަރު 11) - މެލޭޝިއާގެ 1އެމްޑީބީ (1މެލޭޝިއަން ޑިވެލޮޕްމަންޓް ބަރުހާދު) ގެ ބޮޑު ކޮރަޕްޝަނާ ގުޅިގެން ސިންގަޕޫރުގައި ހިންގާ ބޭންކެއް އެ ގައުމުގެ މަނިޓަރީ އޮތޯރިޓީން ބަންދުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިންގަޕޫރު (އޮކްޓޯބަރު 11) - މެލޭޝިއާގެ 1އެމްޑީބީ (1މެލޭޝިއަން ޑިވެލޮޕްމަންޓް ބަރުހާދު) ގެ ބޮޑު ކޮރަޕްޝަނާ ގުޅިގެން ސިންގަޕޫރުގައި ހިންގާ ބޭންކެއް އެ ގައުމުގެ މަނިޓަރީ އޮތޯރިޓީން ބަންދުކޮށްފި އެވެ.

ސިންގަޕޫރުގެ މަނިޓަރީ އޮތޯރިޓީން ބުނީ ސްވިސް ފެލްކަން ބޭންކު ބަންދުކޮށް އިތުރު ދެ ބޭންކެއް ޖޫރިމަނާ ކުރީ އެންޓި-މަނީ ލޯންޑްރިންގެ ގަވާއިދާ ޚިލާފުވެފައިވާތީ ކަމަށެވެ. ފެލްކަން ބޭންކުގެ މެނޭޖަރު މިދިޔަ ހަފުތާގައި ވަނީ ހައްޔަރުކޮށްފަ އެވެ. ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު ބޭންކް ޑީބީއެސް ޖޫރިމަނާކޮށްފައި ވަނީ އެއް މިލިއަން ސިންގަޕޫރު ޑޮލަރު (726،000 ޑޮލަރު) އިންނެވެ. ޔޫބީއެސް ޖޫރިމަނާކޮށްފައި ވަނީ 1.3 މިލިއަން ސިންގަޕޫރު ޑޮލަރުންނެވެ.

މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކުގެ ކޮރަޕްޝަނުގެ މައްސަލަތައް ފަޅާއެރުމާ ގުޅިގެން އެ ބޭންކާ އެކު މުއާމަލާތްތައް ހިންގަމުން ދިޔަ ސިންގަޕޫރުގެ ހަތަރު ބޭންކަކާ ދެކޮޅަށް ސިންގަޕޫރުގެ މަނިޓަރީ އޮތޯރިޓީން ޖުލައި މަހު ވަނީ ފިޔަވަޅު އަޅައިފަ އެވެ. މަނީ ލޯންޑްރީންގެ އުސޫލާ ޚިލާފުވި ސްވިސް އެހެން ބޭންކެއް ކަމަށްވާ ބީއެސްއައި ސިންގަޕޫރުން ވަނީ މެއި މަހު ބަންދުކޮށްފަ އެވެ. މިއީ 32 އަހަރު ތެރޭ ސިންގަޕޫރުން ބަންދުކުރި ފުރަތަމަ ބޭންކެވެ.

ބޮޑު ވަޒީރު ނަޖީބު ރައްޒާގު މެލޭޝިއާގެ މާލީ ވަޒީރަކަށް ހުންނެވި އިރު 2009 ވަނަ އަހަރު އުފެއްދި ބޭންކުގެ 11 ބިލިއަން ޑޮލަރުގެ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރުގެ ކުރީކޮޅު ފަޅާއެރުމާ ގުޅިގެން އެ ބޭންކުގެ ތަސައްވަރު ވަރަށް ބޮޑަށް ގޯސްވި އެވެ. 1އެމްޑީބީގެ ޚިޔާނާތާ ގުޅިފައިވާ ފައިސާ އިން ގަނެފައިވާ 1 ބިލިއަން ޑޮލަރުގެ އެސެޓް ހިފަހައްޓަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޖުލައި މަހު ވަނީ އަމުރު ނެރެފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ 1އެމްޑީބީގެ 3.5 ބިލިއަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ. މި ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވެސް ވަނީ 681 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން ވަނީ ފަޅާއަރައިފަ އެވެ. ނަމަވެސް ފަހުން ނިންމާފައި ވަނީ އެއީ ސައުދީ އަރަބިއާގެ ޝާހީ އާއިލާ އިން ނަޖީބަށް ދެއްވި ހަދިޔާއެއް ކަމަށެވެ.