Roadha Mihaaru
ވައްކަމާ ގުޅިގެން 180 މިލިއަން ޑޮލަރު ހިފަހައްޓައިފި

މެލޭޝިއާ ބޭންކުގެ ވައްކަމާ ގުޅިގެން ސިންގަޕޫރުން 180 މިލިއަން ޑޮލަރު ހިފަހައްޓައިފި

21 ޖުލައި 2016

ސިންގަޕޫރު (ޖުލައި 21) - މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތާ ގުޅިގެން ސިންގަޕޫރުން ފަށާފައިވާ ތަހުގީގުގައި މިހާތަނަށް 180 މިލިއަން ޑޮލަރު ހިފަހައްޓާފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިންގަޕޫރު (ޖުލައި 21) - މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތާ ގުޅިގެން ސިންގަޕޫރުން ފަށާފައިވާ ތަހުގީގުގައި މިހާތަނަށް 180 މިލިއަން ޑޮލަރު ހިފަހައްޓާފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ސިންގަޕޫރުގެ މަރުކަޒީ ބޭންކާއި ޕޮލިސް އަދި އެޓާނީ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނީ ހިފެހެއްޓި ފައިސާ އާއި މުދަލުގެ ތެރޭން ދެބައިކުޅަ އެއްބަޔަކީ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ގާތް ރަހުމަތްތެރިޔާ އަދި އެ ގައުމުގެ ވިޔަފާރިވެރިޔާ ލޯ ޓައެކް ޖޯ އަށް ނިސްބަތްވާ ފައިސާ ކަމަށެވެ.

މެލޭޝިއާ ބޭންކުގެ ވައްކަމާ ގުޅިގެން ސިންގަޕޫރުން ހިފެހެއްޓި ފައިސާގެ އަދަދު ހާމަކުރި އިރު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ވަނީ އެ ބޭންކުގެ ބޮޑު ވައްކަމާ ގުޅިގެން އެމެރިކާގައި ހިންގާފައިވާ މުއާމަލާތާ ގުޅޭ އެއް ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓުމަށް އަމުރު ނެރެފަ އެވެ. އެފްބީއައި އާއި ޖަސްޓިސް ޑިޕާޓްމަންޓުގެ ތަހުގީގުގައި ވެސް ބުނެފައި ވަނީ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި އެމެރިކާގައި މަނީ ލޯންޑްރިން ހިންގާފައި ވަނީ ލޯ ކަމަށެވެ. ބޭންކުގެ ބޮޑު ވައްކަމުން އެންމެ ބޮޑު ފައިދާއެއް ނަގާފައި ވަނީ ނަޖީބުގެ ދޮންދަރިއެއް ކަމަށްވާ ރިޒާ އަޒީޒެވެ.

ސިންގަޕޫރުން ބުނެފައި ވަނީ ކޮރަޕްޝަނާއި ވައްކަމަށް މަގު ފަހި ކުރުމަށް އެ ގައުމުގެ މާލީ ނިޒާމު ބޭނުން ނުކުރެވޭނެ ކަމަށެވެ.