Roadha Mihaaru
1އެމްޑީބީގެ ޚިޔާނާތުގެ 11 މިލިއަން ޑޮލަރު މެލޭޝިއާ އަށް

1އެމްޑީބީގެ ޚިޔާނާތުގެ 11 މިލިއަން ޑޮލަރު މެލޭޝިއާ އަށް

10 ސެޕްޓެމްބަރ 2018

ސިންގަޕޫރު (ސެޕްޓެމްބަރު 10) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ޚިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ 15.3 މިލިއަން ސިންގަޕޫރު ޑޮލަރު (11.1 މިލިއަން ޑޮލަރު) އަނބުރާ ކުއާލަ ލަމްޕޫރާ ހަވާލު ކުރަން ސިންގަޕޫރުގެ ކޯޓަކުން މިއަދު އަންގައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިންގަޕޫރު (ސެޕްޓެމްބަރު 10) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ޚިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ 15.3 މިލިއަން ސިންގަޕޫރު ޑޮލަރު (11.1 މިލިއަން ޑޮލަރު) އަނބުރާ ކުއާލަ ލަމްޕޫރާ ހަވާލު ކުރަން ސިންގަޕޫރުގެ ކޯޓަކުން މިއަދު އަންގައިފި އެވެ.

ސިންގަޕޫރުގެ ކޯޓުގެ ނިންމުމަށް މެލޭޝިއާގެ ފިނޭންސް މިނިސްޓަރު ލިމް ގުއާން އެންގް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

1އެމްޑީބީގެ ޚިޔާނާތުގެ ތަހުގީގުތައް ދަނީ ސިންގަޕޫރުގެ އިތުރުން އެމެރިކާގައި ސްވިޒަލެންޑުގައި ވެސް ކުރަމުންނެވެ. 1އެމްޑީބީއާގެ ޚިޔާނާތުގެ ފައިސާ ހުރި ކަމަށް ބެލެވޭ އެކައުންޓްތަކުން 174 މިލިއަން ޑޮލަރު ސިންގަޕޫރުން 2016 ވަނަ އަހަރު ވަނީ ހިފަހައްޓައިފަ އެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާ ކުރާ ގޮތުގައި 1އެމްޑީބީ ލޫޓްވާލައިގެން ވަނީ 4.5 ބިލިއަން ޑޮލަރު ވަގަށް ނަގައިފަ އެވެ.

މެލޭޝިއާގެ އާ ސަރުކާރުން މިހާރު ދަނީ 1އެމްޑީބީ އިން ޚިޔާނާތްތެރިވެފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. 1އެމްޑީބީ ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ 250 މިލިއަން ޑޮލަރުގެ ޔޮޓް މިދިޔަ މަހު ވަނީ އަނބުރާ މެލޭޝިއާ އަށް ގެންގޮސްފަ އެވެ. އަދި 1އެމްޑީބީގެ ޚިޔާނާތުގެ ފައިސާ އިން ގަނެފައިވާ 35 މިލިއަން ޑޮލަރުގެ ޖެޓް ވެސް އަނބުރާ މެލޭޝިއާ އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެ ބޯޓު އޮތީ ސިންގަޕޫރުގަ އެވެ.