Roadha Mihaaru
ބްރިޖުގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ދީފި

ބްރިޖުގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ދީފި

29 މާޗް 2020

ސްކޫލްތައް ހުޅުވެންދެން ބްރިޖު މަތީގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ދީފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސްކޫލްތައް ހުޅުވެންދެން ބްރިޖު މަތީގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ދީފި އެވެ.

ކޮވިޑް-19އާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ސްކޫލްތައް ބަންދުކޮށްފައިވާއިރު ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސްކޫލްތައް ހުޅުވެންދެން މިއަދުން ފެށިގެން 24 ގަޑިއިރު މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދު ބްރިޖުގައި ދުއްވޭނެ ކަމަށެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބްރިޖުގައި މުދާ އުފުލުމަކީ މަނާ ކަމެކެވެ.

ސްކޫލުތައް ހުޅުވަންދެން ހުރިހާ ގަޑިތަކެއްގައި، މާލެ ތެރޭގައި ވެސް މުދާ އުފުލުމުގެ ހުއްދަ ދޭން ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން އޮތީ ނިންމައިފަ އެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސްތަކުގައި ހެނދުނު 11:30 އިން މެންދުރު 13:30 އަށް މާލެ ތެރޭގައި މުދާ އުފުލުމަކީ މަނާ ކަމެކެވެ.