Roadha Mihaaru
ބްރިޖުގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން އެދެފި

ބްރިޖުގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން އިލްތިމާސްކޮށްފި

07 ސެޕްޓެމްބަރ 2018

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖުން ދަތުރުކުރާއިރު ސައިކަލް ދުއްވާ މީހުން ހެލްމެޓް އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖުން ދަތުރުކުރާއިރު ސައިކަލް ދުއްވާ މީހުން ހެލްމެޓް އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފި އެވެ.

ސިނަމާލެ ބްރިޖު އާއްމު ދަތުރުތަކަށް ހުޅުވާލީ މިއަދު ހަވީރު 4:00 ގަ އެވެ. އެއާއެކު، ބޮޑު ކިޔޫއެއްގައި ގިނަ އަދަދެއްގެ ބަޔަކު ބްރިޖުން ހުޅުމާލެ އަދި ހުޅުމާލެ އިން މާލެ ސައިކަލްތަކުގައި ދަތުރުކޮށްފައިވެ އެވެ. ބްރިޖުގެ ބަސް ދަތުރުތައް ވެސް މިއަދު ވަނީ ފަށައިފަ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ކުރި ޓުވީޓެއްގައި އެދިފައި ވަނީ ސައިކަލް ދުއްވާ މީހުން ހެލްމެޓް އެޅުމަށެވެ. އެއީ ބާރު ސްޕީޑުގައި ދުއްވާފައިދާއިރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އަމިއްލަ އަށް އިށީނދެ ނުތިބެވޭވަރުގެ ކުޑަކުދިން ގޮވައިގެން ސައިކަލްތަކުގައި ބްރިޖުން ދަތުރުކުރުން މަނާ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޓުވީޓް.

މީގެއިތުރުން، އަދި އެ ލޭންތަކުގައި ސައިކަލް ދުއްވާއިރު އަމިއްލަ އަށް އިށީނދެ ނުތިބެވޭވަރުގެ ކުޑަކުދިން ގޮވައިގެން ދުއްވުން ފުލުހުން ވަނީ މަނާކޮށްފަ އެވެ.

ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮވެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ.

ބްރިޖާއި ރިންގު ރޯޑުގެ ލޭންތަކުގައި ދުއްވާނެ ގޮތް:

- ބްރިޖާއި ރިންގު ރޯޑުގެ ވެސް އެންމެ ބޭރު ދެ ލޭން ހާއްސަކޮށްފައި ވަނީ ޕަބްލިކް ބަސް އަދި ދެ ފުރޮޅުލީ އިންޖީނު އުޅަނދަށް.

- ބްރިޖާއި ރިންގު ރޯޑުގެ މެދުގައިވާ ދެ ލޭން ޚާއްސަކޮށްފައި ވަނީ ބަސް ފިޔަވައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކަށް.

- ބްރިޖުގައި ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފައި ވަނީ ދެ ފަރާތުގައި ވާ ލޭން.