01 ފެބުރުއަރީ 2019
ލަކްސްއަކީ އާ ސަރުކާރުން ބޭނުންވާ ކަހަލަ ތަފާތު ރިސޯޓެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނީ ރާއްޖެ އަށް ޓޫރިޒަމްގެ ތަފާތު ޕްރޮޑަކްޓްތައް ގެނައުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ލަކްސްއަކީ އާ ސަރުކާރުން ބޭނުންވާ ކަހަލަ ތަފާތު ރިސޯޓެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނީ ރާއްޖެ އަށް ޓޫރިޒަމްގެ ތަފާތު ޕްރޮޑަކްޓްތައް ގެނައުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ލަކްސް ނޯތު މާލެ ރިސޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ލަގްޒަރީ ރިސޯޓުގެ ތެރެއިން ލަކްސްގެ އާ ރިސޯޓަކީ ތަފާތު ފުރިހަމަ ރިސޯޓެއް ކަމަށެވެ. އެ ރިސޯޓުގެ ޑިޒައިންތަކުން ފެށިގެން ހިދުމަތްތަކަކީ ވެސް ފާހަގަކޮށްލެވޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިން ގިނަ އަދަދަކަށް އެ ރިސޯޓުގައި މަސައްކަތް ކުރުމަކީ ވެސް ޓޫރިޒަމް ދާއިރާ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ލަކްސް ރިސޯޓުގެ ވިލާތައް ފަރުމާކޮށްފައިވަނީ ބޯޓެއްގެ ޑިޒައިނަށް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ލަކްސްގެ އާ ރިސޯޓުގައި މަސައްކަތް ކުރާ 55 ޕަސެންޓަކީ ދިވެހިންނެވެ.
ލަކްސްގެ ރިސޯޓުގެ ސީއީއޯ ޑޮމިނިކް ރޫލް ވިދާޅުވީ، ލަކްސް ވެގެންދާނީ މި އަހަރު ރާއްޖޭގައި ހުޅުވާ އެންމެ ހިތްގައިމު ރިސޯޓަށް ކަމަށެވެ. ފާއިތުވެދިޔަ 19 އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކޮށްފައިވާ ޑޮމިނިކް ވިދާޅުވީ، އެންމެ ބޮޑު އަމާޒަކަށް ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް މި ގެނެވުނު ތަފާތުތައް އެންމެ ފުރިހަމަ ގޮތުގައި ޓޫރިސްޓުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
ލަކްސް ރިސޯޓުގެ ބައެއް ވޯޓާ ވިލާތައް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ލަކްސްގެ އާ ރިސޯޓުގެ އެންމެ ބޮޑު ތަފާތަކީ ވިލާތަކުގެ ޑިޒައިނެވެ. މިއީ ދިވެއްސެއްގެ ޑިޒައިނެވެ. އާންމުކޮށް ރާއްޖޭގެ އެހެން ރިސޯޓުތަކުން ފެންނަން ހުންނަ ފަނުން ހަދާފައިވާ ފުރާޅުތަކެއް ލަކްސް ނޯތު މާލެ ރިސޯޓަކުން ނުފެންނާނެ އެވެ. ޑިޒައިން ފަރުމާކޮށްފައިވަނީ ބޯޓެއްގެ ސިފަ ގެނުވައިދޭ ގޮތަށެވެ. ވިލާތަކުގެ އެތެރޭގެ ޑިޒައިންކޮށްފައިވަނީ ސިންގަޕޫރު އާކިޓެކްޓެކެވެ.
މި ރިސޯޓުގައި 67 ޕެންޓްހައުސް ވިލާ ހިމެނެ އެވެ. އެ ރިސޯޓުގައި އެންމެ ގިނަވެގެން ތިބެވޭނީ 200 ގެސްޓުންނަށެވެ. ހަ ހެކްޓަރުގެ އޮޅަހަލީގައި ތަރައްގީކުރި މި ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ވެސް އޮވެ އެވެ. ކޮންމެ ވިލާއެއް އިންނަނީ ދެބުރިއަށް ރޫޕް ޓޮޕެއް ހިމެނޭ ގޮތަށެވެ.
ލަކްސް ނޯތް މާލެ ރިސޯޓުގައި 200 ޓޫރިސްޓުންނަށް އެއްފަހަރާ ތިބެވޭނެ--ފޮޓޯ:ހުސައިން ވަހީދު/މިހާރު
މިއީ ރާއްޖޭގައި ހުޅުވާ ލަކްސްގެ ދެވަނަ ރިސޯޓެވެ. ލަކްސް އަރި އެޓޯލަކީ 187 ޕްރައިވެޓް ވިލާއާ އެކު ދިއްދޫފިނޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. ލަކްސް އިން ރާއްޖޭގެ އިތުރުން މޮރިޝަސް އާއި ޗައިނާ އާއި ތުރުކީ އާއި ރީޔޫނިއަން އައިލެންޑާއި އިޓަލީ އާއި ވިއެޓްނާމްގައި ވެސް ރިސޯޓުތައް ހިންގަ އެވެ.
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ
މިއީ ޓޫރިސްޓުން އަތުން ޓެކްސް ނަގަންވީ ވަގުތެއް ނޫން
ހާއްސަ ހުއްދަ ދޭ ކޮންމެ ޖެޓަކުން 50،000 ޑޮލަރު
މިވަގުތު ރާއްޖޭގައި ތިބީ ހާހެއްހާ ޓޫރިސްޓުން
ކަރަންޓީނަށް އެކި ރިސޯޓްތަކުން 2،288 އެނދު
އިތުރު ތިން ގައުމަކުން މީހުން އައުން މަނާކޮށްފި
ސްޕޭން، ޖަރުމަން ވަކި ހިސާބުތަކުން މީހުން އައުން މަނާ
އަލީ ވަހީދުގެ އުއްމީދީ ވާހަކަ: ޓޫރިޒަމް ކޮޅަށް ޖެހޭނެ
ލޮޅުމެއް އަޔަސް ޓޫރިޒަމް އިންޑަސްޓްރީ ހިފަހައްޓާލެވޭނެ