Roadha Mihaaru
އަގުހެޔޮ އައިފޯން މި މަހު ނެރެފާނެ

އަގުހެޔޮ އައިފޯން މި މަހު ނެރެފާނެ

03 އެޕްރީލް 2020

އެޕަލް އިން އައިފޯނުގެ އަގުހެޔޮ މޮޑެލްތަކެއް ގެނެސްދޭން އުޅޭ ވާހަކަ ބުނުމާ އެކު ވަރަށް ގިނަ ބަޔަކު އެކަމަށް އިންތިޒާރުކުރަން ފެށި އެވެ. އެކަމަކު ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު ފެކްޓްރީތައް ބަންދުކުރަން ޖެހި މަސައްކަތްތައް ހުއްޓުމަކަށް އައުމުން އަގުހެޔޮ ފޯނުގެ މަސައްކަތަށް އޮތީ ހިޔަނި އެޅިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލް އިން އައިފޯނުގެ އަގުހެޔޮ މޮޑެލްތަކެއް ގެނެސްދޭން އުޅޭ ވާހަކަ ބުނުމާ އެކު ވަރަށް ގިނަ ބަޔަކު އެކަމަށް އިންތިޒާރުކުރަން ފެށި އެވެ. އެކަމަކު ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު ފެކްޓްރީތައް ބަންދުކުރަން ޖެހި މަސައްކަތްތައް ހުއްޓުމަކަށް އައުމުން އަގުހެޔޮ ފޯނުގެ މަސައްކަތަށް އޮތީ ހިޔަނި އެޅިފަ އެވެ.

އެކަމަކު މިހާރު ބުނަނީ އެމެރިކާގެ އެޕަލް އިން ފޯނުތައް އުފެއްދުމުގެ މަސައްކަތް ފުޅާކޮށް ކުރާ ޗައިނާ މިހާރު އާންމު ހާލަތަކަށް އެޅެމުންދާތީ އަގުހެޔޮ ފޯނު މާ ލަސްތަކެއް ނުކޮށް ދެން ބާޒާރަށް އަތުވެދާނެ ވާހަކަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯން އެސްއީ 2 ނުވަތަ އައިފޯން 9 މި މަހުގެ ތެރޭގައި ނެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެގޮތުން މި މަހުގެ 15 ގައި އޮންލައިންކޮށް ބާއްވާ ހަފުލާއެއްގައި ފޯނު ދައްކައިލުމަށް ފަހު، 22 ގައި ބާޒާރަށް ނެރޭނެ އެވެ. ފަހަރުގައި ތާރީހަށް ބަދަލެއް އަޔަސް އަންނަ މަހަކީ ކަށަވަރު މަހެއް ކަމަށް ވެސް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

ބެލެވޭ ގޮތުން މި މޮޑެލްވެގެންދާނީ އައިފޯނު 8 އާ ވައްތަރު އެއްޗަކަށެވެ.

އެޕަލް އިން ކުރިން މަސައްކަތްކުރީ މިދިޔަ މަހު މިކަން ކުރެވޭތޯ އެވެ. އެކަމަކު ކޮރޯނާވައިރަސް މަސައްކަތް ހުއްޓުވައިލީ އެވެ. ރިޕޯޓްތައް ބުނާގޮތުން އައިފޯން 9 ގެ އަގުތައް އުޅޭނީ 349-399 ޑޮލަރާ ދެމެދުގަ އެވެ.