"ސްޓާ ވޯސް" ގެ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އިނގިރޭސި އެކްޓަރު އެންޑްރޫ ޖެކް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ފަރުވާ ހޯދަމުން އަންނަނިކޮށް ބުދަ ދުވަހު މަރުވެއްޖެ އެވެ.
02 އެޕްރީލް 2020
"ސްޓާ ވޯސް" ގެ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އިނގިރޭސި އެކްޓަރު އެންޑްރޫ ޖެކް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ފަރުވާ ހޯދަމުން އަންނަނިކޮށް ބުދަ ދުވަހު މަރުވެއްޖެ އެވެ.
އުމުރުން 76 އަހަރުގެ އެކްޓަރު މަރުވީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން މި ވަގުތު އޮސްޓްރޭލިއާގައި ކަރަންޓީނުކޮށްފައި ހުރި އަންހެނުން ގެބްރިއަލް ރޮޖާޒް އަންގާރަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައި ވަނިކޮށެވެ.
އެންޑްރޫ މަރުވީ އިނގިރޭސިވިލާތުގެ ސަރީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.
Andrew Jack was the dialect coach on SOLO, and a kind and thoughtful man. We asked him to teach Alden to speak Shyriiwook, and I’ll always remember listening to them gargle-roar at each other back and forth.
— Christopher Miller (@chrizmillr) March 31, 2020
RIP https://t.co/ivlE7q4guB
އޭނާ ވަނީ "ސްޓާ ވޯސް" ސީރީޒްގެ ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2018 ގެ "ސޯލޯ: އަ ސްޓާ ވޯސް ސްޓޯރީ" އާއި 2017 ގެ "ސްޓާ ވޯސް: ލާސްޓް ޖެޑާއީ" ގެ އިތުރުން 2015 ގެ "ސްޓާ ވޯސް: ފޯސް އަވޭކަންސް" އެވެ.
ޑައިލެކްޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން ދިޔަ އެންޑްރޫ މަރުވި އިރު އޭނާ ގެންދިޔައީ ރޮބަޓް ޕެންޓިސަން ބެޓްމޭންގެ ރޯލް ކުޅޭ "ދަ ބެޓްމޭން" ގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުންނެވެ.
ދެ ކުދިން ތިބި އެންޑްރޫ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި "އެވެންޖާޒް" އާއި "ލޯޑް އޮފް ދަ ރިންގްސް" ގެ އިތުރުން "ގާޑިއަން އޮފް ދަ ގެލެކްސީ" ހިމެނެ އެވެ.
"ސްޓާ ވޯސް" ގެ ފިލްމެއް 40 އަހަރު ފަހުން
މުފާސާއަށް އަޑު އެޅި ޖޭމްސް އާލް ޖޯންސް މަރުވެއްޖެ
މެންޑަލޯރިއަން އާއި ގްރޮގޫގެ ފިލްމެއް އުފައްދަނީ
ޑިޒްނީގެ ގިނަ ފިލްމުތަކެއް ރިލީޒްކުރުން ފަސްކޮށްފި
އޮބި-ވާން ކެނޯބީ ސީރީޒްގެ ފުރަތަމަ ޓްރެއިލާ
"ސްޓާ ވޯސް" ހޮޓަލުގެ އަގު ބޮޑުކަމުން ފާޑުކިޔަނީ
ހިއު ގްރާންޓް މިހާރު ލީޑް ރޯލު ބޭމުނެއް ނޫން
"ވަން ޑިރެކްޝަން" ގެ ލިއަމް ކުރު ފިލްމަކަށް
އިޑްރިސްގެ ދެމަފިރިންގެ ޕޮޑްކާސްޓް ޝޯއެއް
ފްރެޑީ މާކިއުރީގެ ވާހަކަ ތަސްވީރުން