Roadha Mihaaru
އެޗްޕީއޭގެ ފިޔަވަޅުތަކަށް އިތުބާރުކުރޭ: ޑރ.އަރްވިންދު

އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކަށް އިތުބާރުކުރޭ: ޑރ. އަރްވިންދު

06 އެޕްރީލް 2020

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު އިއްޔެ ވެސް ވާހަކަ ފެއްޓެވީ ރާއްޖޭގެ ފިޔަވަޅުތައް ރަނގަޅު ކަމަށް ވިދާޅުވަމުންނެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު އިއްޔެ ވެސް ވާހަކަ ފެއްޓެވީ ރާއްޖޭގެ ފިޔަވަޅުތައް ރަނގަޅު ކަމަށް ވިދާޅުވަމުންނެވެ.

"އެ ފިޔަވަޅުތައް އަޅަނީ ސިއްހީ ގޮތުން ލިބެން ހުރި ހެކީގެ މައްޗަށް ބިނާކޮށް، ޑަބްލިއުއެޗްއޯގެ އިރުޝާދާ ވެސް އެކުގައި،" ޑރ. އަރްވިންދު ވިދާޅުވި އެވެ.

އޭނާ ވެސް ދައްކަވަނީ ހަމަ އެއް ވާހަކައެކެވެ. އެއީ ތަޖުރިބާކާރުންގެ އިރުޝާދުތަކާއި މިހާތަނަށް ލިބުނު ހެކިތަކުގެ މައްޗަށް ބަރޯސާކޮށްފައި ހުންނަ ފިޔަވަޅުތަކެވެ. އެހެންކަމުން ޑރ. އަރްވިންދު، ދިވެހިންނަށް އަނެއްކާވެސް ހަނދާންކޮށްދެއްވީ، މުޖުތަމައު ތެރެއަށް ކޮރޯނާވައިރަސް ފެތުރިގަތުން ހުއްޓުވޭނީ އަޅާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރަކުން ކަމެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ތިޔަ ބޭފުޅުންގެ އާއްމު ސިއްހަތާ ބެހޭ އިދާރާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ކުރައްވާ އިތުބާރު އެ ގޮތުގައި ދަމަހައްޓަވައި އެ އިދާރާގެ އިރުޝާދަށް ތަބާވެވަޑައިގަންނަވާށޭ. އެ އިރުޝާދުތަކަކީ ފެންނަން ހުރި ހެކިތަކަކުން [ކޮރޯނާވައިރަސް ހުއްޓުވުމުގައި ކަންހިނގާ ގޮތަށް ބަލައިގެން] ޑަބްލިއުއެޗްްއޯގެ މަދަދާ އެކު ދޭ އިރުޝާދުތަކެކޭ،" ތަފުސީލަށް ވަޑައިގަންނަވަމުން ޑރ. އަރްވިންދު ވިދާޅުވި އެވެ.

އޭނާ މިސާލެއްގެ ގޮތުން ނެންގެވީ އަދި އާންމުންގެ ކިބައިން އެންމެ ބޮޑަށް އެދިވަޑައިގަތީ ވެސް ގެއިން ބޭރުގައި ހަރަކާތްތެރިވެ އުޅުން މަދުކުރުމެވެ.

ކަންތައްތައް ހުއްްޓުވުމުގެ ފިޔަވަޅުތައް އުވާލައި، އިގުތިސާދަށް ލުއި ދެވޭނެ ގޮތަކީ ވައިރަހަށް ހަމަލާ ދިނުން. އެއީ ވަށައި ޖެހޭ ވަރުގަދަ ފިޔަވަޅުތަކެއް އެޅުން. ޓެސްޓްކޮށް، އައިސޮލޭޓްކޮށް ފަރުވާ ދިނުން.

ޑރ. އަރްވިންދު ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށް މަސަައްކަތް ކުރަންވީ ހަމައެކަނި ރަސްމީ އިދާރާތަކުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އެކަމުގައި މުޅި މުޖުތަމައު ބައިވެރިވާން ޖެހޭ ކަމަށް ވިދާޅި އެވެ.

"ކާވް ފްލެޓްކޮށް ބޭއްވުމަށް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ކޮރޯނާވައިރަސް ހުރި މީހުންނާއި އެ ވައިރަސް އިން ޖައްސާ ކޮވިޑް-19 ގައި މަރުވާ މީހުންގެ ނިސްބަތް ދައްކައިދޭ ގްރާފަށް އިޝާރަތްކުރައްވައި، ޑރ. އަރްވިންދު ވިދާޅުވި އެވެ.

ފިޔަވަޅުތައް ވަރަށް މުހިއްމު

ގެއިން ބާރަށް ނުކުތުން މަދުކުރަން އެޗްޕީއޭއިން އަޅަމުން އަންނަ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ ބައެއް މީހުން ދައްކާ އެއް ސަބަބަކީ ބޭރުން ރާއްޖެއަށް ކުރާ ވައިގެ ދަތުރުތައް ގާތްގަނޑަކަށް ހުއްޓާލަައިފައި އޮތުމެވެ. އަދި ބޭރުން މިހާރު ރާއްޖެ އަންނަ ދިވެހިން 14 ދުވަހު ކަރަންޓީނުގައި ބޭތިއްބުމެވެ.

އެކަމަކު އެ ވާހަކަތަކަށް ޑރ. އަރްވިންދު ދެއްވި ޖަވާބަކީ ކޮރާނާވައިރަސް މިހާރު ވެސް ރާއްޖެ އަތުވެއްޖެ ކަމެވެ. އެހެންކަމުން މިހާރު އޮތީ އެ ފެތުރުން ހުއްޓުވުމުގެ ފިޔަވަޅުތައް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ވެސް އަދި މިހާރު ވެސް އޭނާގެ އިރުޝާދަކީ އެ ފިޔަވަޅުތައް ދެމެހެއްޓުމެވެ.

"މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. އަރްވިންދު މިސާލުތައް ދެއްކެވި އެވެ. އެގޮތުން ރާއްޖެއަށް ބޭރުން އަންނަން ހުރި އެންމެ ފަހު މީހާ އައިސް 14 ނުވަތަ 28 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރީ އެވެ. އަދި ރާއްޖެ އިން ފުރަން ޖެހޭ އެންމެ ފަހު މީހާ ފުރީ އެވެ. އޭރުން ވެސް ރާއްޖެ އަކީ ރައްކާތެރި ތަނެއް ކަމަށް ބެލެވުނަސް އެ ވައިރަހުން ސަލާމަތްވެފައި އޮތް ގައުމަކަށް ނުވާނެ އެވެ.

ބައެއް ގައުމުތަކުން މިހާރު ފެންނަނީ ކޮރޯނާވައިރަސްގެ "ދެ ވަނަ ރާޅުބާންޏެކެ"ވެ. އެހެންކަމުން ފުރަތަމަ ކޮންޓްރޯލަށް ފަހު ވެސް ވަރަށް ބޮޑަށް ވިސްނައިގެން ފިޔަވަޅުތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް، ޑރ. އަރްވިންދު ވިދާޅުވި އެވެ.

"ގައުމުތަކުން އަޅާފައިވާ ހިފެހެއްޓުންތައް ދޫކޮށްލާކަށް އަޅުގަަނޑުމެން އުއްމީދެއް ނުކުރަން. އެއީ ވައިރަހުގެ ހުރޭ ރީސާޖްވުމުގެ ގާބިލުކަން،" އޭނާ ވިދާޅުވި އެވެ.

ފިޔަަވަޅުތައް ލުއިކޮށް، އިގުތިސާދު ހަމައަކަށް އެޅުވޭނީ ވައިރަސް ބަލިކޮށްގެން

ކޮރޯނާވައިރަހުން ދިފާއުވާނެ ވެކްސިނެއް އަދި ނޫފެއްދެ އެވެ. އެ ވައިރަހުން ޖައްސާ ކޮވިޑް-19 ބަލިން ރަނގަޅުކޮށްދޭނެ ބޭހެއް ވެސް އަދި ނުހޯދެ އެވެ. އެހެންވެ ވައިރަސް ފަތުރުން ހުއްޓުވަން ނުވަތަ ކޮންޓްރޯލް ގެންގުޅެން ޖެހެނީ އެތައް ފިޔަވަޅަކުން ގުޅި ލާމެހިފައިވާ އުސޫލުތަކެކެވެ.

އެއީ ރާއްޖޭގައި ވަރަށް ވަރުގަދަ އަށް ކުރަމުން އަންނަ މަސައްކަތެއް. އަވަހަށް ދެނެގަނެ، ބަލި ޖެހޭ މީހުން އެކަހެރިކުރުމަކީ އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަކީ އާއްްމުގެ ތެރެއަށް ބަލި ނުފެތުރޭކަން ކަށަވަރު ކުރުމަށް ކުރާ ކަންތައްތައް،"

"ކަންތައްތައް ހުއްްޓުވުމުގެ ފިޔަވަޅުތައް އުވާލައި، އިގުތިސާދަށް ލުއި ދެވޭނެ ގޮތަކީ ވައިރަހަށް ހަމަލާ ދިނުން. އެއީ ވަށައި ޖެހޭ ވަރުގަދަ ފިޔަވަޅުތަކެއް އެޅުން. ޓެސްޓްކޮށް، އައިސޮލޭޓްކޮށް ފަރުވާ ދިނުން،" ޑރ. އަރްވިންދު ވިދާޅުވި އެވެ.

ކޮރޯނާވައިރަސް އާއްމުންގެ ތެރެއަށް ފެތުރުނަ ނުދީ ބަލިކޮށްލަން ކުރަން ޖެހޭ މަސައްކަތުގައި ރަނގަޅު ކުރަންވީ ކޮންކޮން ކަންތައްތަކެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ބައެއް ދާއިރާތަކުން އިތުރަށް މަސައްކަތް ކުރަން ހުރި ނަމަވެސް ގިނަ ދާއިރާތައް ރަނގަޅު ކަމަށެވެ. އެގޮތުން ބަލި ޖެހޭ މީހުން ދެނެގަތުމަށް ޓެސްޓް ކުރާ މިންވަރު ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރްވިންދު ބައްދަލުކުރައްވަނީ: ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތަކަށް އަރްވިންދު ތައުރީފު ކުރައްވާ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރު އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރްވިންދު ބައްދަލުކުރައްވަނީ: ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތަކަށް އަރްވިންދު ތައުރީފު ކުރައްވާ.---ފޮޓޯ: ހެލްތު މިނިސްޓްރީ

"އެއީ ރާއްޖޭގައި ވަރަށް ވަރުގަދަ އަށް ކުރަމުން އަންނަ މަސައްކަތެއް. އަވަހަށް ދެނެގަނެ، ބަލި ޖެހޭ މީހުން އެކަހެރިކުރުމަކީ އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަކީ އާއްްމުގެ ތެރެއަށް ބަލި ނުފެތުރޭކަން ކަށަވަރު ކުރުމަށް ކުރާ ކަންތައްތައް،" ޑަބްލިއުއެޗްއޯގެ ފަރާތުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް މަސައްކަތް ކުރައްވާފައިވާ ޑރ. އަރްވިންދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން ކުރަން ޖެހޭ ކަމެއް، އަޅުގަނޑުމެން ރައްކާތެރިވުމަކީ އަދި އެހެން މީހުން ރައްކާތެރިކޮށްދިނުމަކީ އަދި ސިއްހީ ހިދުމަތްތެރިންނަށް ރައްކާތެރިކަން ލިބިދިނުމަކީ،" އޭނާ ވިދާޅުވި އެވެ.