Roadha Mihaaru
ގިރިފުށީގައި 35 މީހަކަށް ކޮވިޑް ޖެހިއްޖެ

ގިރިފުށިން 35 މީހަކަށް ކޮވިޑް ޖެހިއްޖެ

21 އޯގަސްޓް 2020

ސިފައިންގެ ތަމްރީނު މަރުކަޒު ކ. ގިރިފުށިން 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިފައިންގެ ތަމްރީނު މަރުކަޒު ކ. ގިރިފުށިން 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ގިރިފުށިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހަތަރު މީހެއް ކަަމަށާއި އޭގެ ފަހުން ފަސްމީހެއް އަދި މިއަދު ޕޮޒިޓިވް ވިި 26 މީހަކާއި އެކު ޖުމްލަ 35 މީހުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ގިރިފުށިން ކޮވިޑް ޖެހުނީ ތަމްރީނު ހަދަމުން ދިޔަ ސިފައިންނަށް ކަމެއް ނުވަތަ އޭގެ ތެރޭގައި އިންސްޓްރަކްޓަރުން ވެސް ހިމެނޭކަން ނުވަތަ ނޫންކަ އަދި ސާފެއް ނުވެ އެވެ.

ގިރިފުށީގައި ކޮވިޑް ފެތުރުމުން ތަމްރީނުތައް ހުއްޓާލައި ސިފައިންގެ ކަރަންޓީނު ފެސިލިޓީއަކަށް އެރަށް ބަދަލުކޮށްފައިވާ ކަމަށް މިއަދު އަޑު ފެތުރުނެވެ. އެކަމަކު އެމްއެންޑީއެފުން އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް އަދި ނުބުނެ އެވެ.