06 އެޕްރީލް 2020
ރ. އިންނަމާދޫގައި ބިދޭސީއަކަށް ހަމަލާދިން މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު އެ ރަށު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފްކުރަން ނިންމައި، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ރ. އިންނަމާދޫގައި ބިދޭސީއަކަށް ހަމަލާދިން މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު އެ ރަށު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފްކުރަން ނިންމައި، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އިންނަމާދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކަށް ހަމަލާދިން މައްސަލާގައި 38 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން އެރަށު ކޯޓަށް ގެންދިއުމުން އެ މީހުން ދޫކޮށްލަން ވަނީ އަމުރުކޮށްފަ އެވެ.
އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ މީހުން ދޫކޮށްލީ އެ މީހުންނާ ދެކޮޅަށް ފުލުހުން ހެކި ހުށަހަޅާފައި ވަނިކޮށް ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށެވެ. އަދި އެ ނިންމުން ނިންމި މެޖިސްޓްރޭޓްގެ މައްސަލަ ބަލައިދޭން ޖޭއެސްސީ އަށް ހުށަހަޅާނެ ކަމަށް ވެސް ޝަމީމްގެ ޓްވީޓްގައިވެ އެވެ.
ޕީޖީ އޮފީހުން ބުނީ ތުހުމަތުކުރެވޭ ދެ މީހުން ދޫކޮށްލީ ހުށަހަޅަންޖެހޭ ޑޮކިއުމެންޓްތަކެއް ހުށަނާޅާ ކަމަށް ބުނެފައި ކަމަށެވެ.
On recent Innamaadhoo case (suspects released by Magistrate AFTER police submitting evidence) @PGO_MV will appeal this decision at @mvhighcourt. We will also request @MaldivesJSC to look into issues where magistrates ignore facts presented, resulting in miscarriage of justice.
— Hussain Shameem (@HuShameem) April 6, 2020
ޕީޖީގެ ޓްވީޓް
ފުލުހުން ބުނެފައިވާ ގޮތުގައި އެ ބިދޭސީ މީހާ އަށް އެ ދެ މީހުން ހަމަލާދިނީ އޭގެ ތެރެއިން އެކަކު ގޭގައި ގަސްތަކަށް ފެން ޖަހަން އުޅުނުއިރު، ނަރުދަމާގެ މަސައްކަތް ކުރުމަށް ގެންގުޅުނު މެޝިނަރީތަކަށް ފެން ބުރާތީ އެ ވާހަކަ ބިދޭސީ މީހާ ބުނުމުންނެވެ.
ޕީޖީ ޝަމީމް އަށް ހަމަލާ ދިން ދެ މީހަކު ހައްޔަރުކޮށްފި
ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި
"މަސައްކަތާއި ކަސްރަތުގައި ދެން އުޅޭނީ މާ ގަދަކޮށް"
ނައީމާގެ މަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާކޮށްފި
ދެ ކިލޯގެ ޑްރަގް ގެންގުޅުނު ބިދޭސީއަކު އުމުރަށް ޖަލަށް
އެކްސިޑެންޓްތަކާ ގުޅިގެން ދައުވާނުކުރާނޭ ހީވުމަކީ ގޯހެއް
ބަންދުގައި ހުރި މީހެއްގެ އަތުން ފޭރުނުކަން ސާބިތުނުވި
ފުލުހުން އަރުޝަދު ދޫކޮށްލި މައްސަލަ ބަލަން އަންގައިފި
ފަނޑިޔާރު އަލީ ޝަރީފްގެ މައްސަލަ ޖޭއެސްސީއަށް
މާލޭގައި ވެސް ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް