Roadha Mihaaru
ހޯމަ، ބުދަ: އެމްޑަބްލިއުއެސްސީގެކައުންޓަރުތައް ހުޅުވާނެ

ހޯމަ، ބުދަ ދުވަހު އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ކައުންޓަރުތަކުން ޚިދުމަތް ދޭނެ

11 އެޕްރީލް 2020

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ހަތަރު ވަނަ ހަފުތާ އަކަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވީ ނަމަވެސް އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް އިން އަންނަ ހޯމަ އާއި ބުދަ ދުވަހު ޚިދުމަތްދޭ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ހަތަރު ވަނަ ހަފުތާ އަކަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވީ ނަމަވެސް އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް އިން އަންނަ ހޯމަ އާއި ބުދަ ދުވަހު ޚިދުމަތްދޭ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހޯމަ އާއި ބުދަ ދުވަހުގެ ހެނދުނު 9 ން މެންދުރު 12 އާ ހަމައަށް ކަސްޓަމާ ސާވިސް ކައުންޓަރާއި ރިސެޕްޝަން ހުޅުވާފައި ހުންނާނެ ކަމަށެވެ.

ޗެކުން ފެން ބިލަށް ފައިސާ ބަލައިގަތުމާއި ކޯޓޭޝަންތަކަށް ޗެކް އަދި ކޭޝް ކާޑުން ވެސް ކަސްޓަމާ ސާވިސް ކައުންޓަރަށް ފައިސާ ދެއްކޭނެ އެވެ. އެ ޚިދުމަތްތަކުގެ އިތުރުން، ސިޓީ އާއި އިންވޮއިސް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމާއި ހުށަަހަޅާފައިވާ ލިޔެކިޔުންތަކަށް އޮންނަ އުސޫލުގެ ތެރެއިން ފައިސާ ދޫކުރުން ރިސެޕްޝަނުން ކުރިއަށް ގެންދާނެ ކަަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

އެމްޑަބްލިއުއެސްސީން އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ އޮފީސްތަކުން ވެސް މި ހޯމަ އާއި ބުދަ ދުވަހު އެ ޚިދުމަތްތައް ލިބޭނެ އެވެ.

މި ދެ ދުވަހު ކަސްޓަމާ ސާވިސް ކައުންޓަރުތަކުން ޚިދުމަތް ދިން ނަމަވެސް ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން، ބޭރުގައި ހޭދަކުރަން ޖެހޭ ވަގުތު ވީހާ ވެސް ބޮޑަށް މަދު ކުރުމަށްޓަކައި، ފެން ބިލަށް އަރާ ވަރު ބެލުމާއި ފައިސާ ދެއްކުމަށް އެ ކުންފުނީގެ މޯބައިލް އެފްލިކޭޝަންގެ ބޭނުން ހިފުމަށް އެމްޑަބްލިއުއެސްސީން އިލްތިމާސްކުރެ އެވެ.

އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކާއި އެކި ކަންކަމާ ގުޅޭ ގޮތުން ހުށަހަޅަން ބޭނުންވާ ސިޓީ އާއި މުހިއްމު ލިޔެކިޔުންތައް [email protected] ފޮނުވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކަސްޓަމާ ކެއާ ސެންޓަރުގެ ނަންބަރު 105 އަށް 24 ގަޑިއިރު ގުޅޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.