Roadha Mihaaru
ޝާޕް ބްރޭންޑްގެ ހާއްސަ ދޮންނަ މެޝިނެއް ތައާރަފްކޮށްފި

ޝާޕް ބްރޭންޑްގެ ހާއްސަ ދޮންނަ މެޝިނެއް ތައާރަފްކޮށްފި

12 އެޕްރީލް 2020

މަޝްހޫރު، ޝާޕް ބްރޭންޑް މުޅިން އާ މޮޑެލްތަކެއް އަނެއްކާވެސް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަޝްހޫރު، ޝާޕް ބްރޭންޑް މުޅިން އާ މޮޑެލްތަކެއް އަނެއްކާވެސް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފި އެވެ.

ރެޑްވޭވުން މިފަހަރު ތައާރަފްކޮށްފައި ވަނީ ޝާޕް ބްރޭންޑުގެ އެޑްވާންސް އިންވާޓާ "ފްރޮންޓް ލޯޑް" ދޮންނަ މެޝިނެވެ. މިއީ މުޅި ރާއްޖެ އަށް ވެސް އަލަށް ތައާރަފް ކުރި ޝާޕްގެ ރޭންޖެކެވެ. މިއީ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތީން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ މޮޑެލެކެވެ.

މިއީ ޖަޕާންގެ ޓެކްނޮލޮޖީން ފަރުމާކުރެވިފައިވާ މޮޅު އިންވާޓާ ދޮންނަ މެޝިނެކެވެ. އަދި މި މެޝިނަކީ ކަރަންޓު އަދި ފެނުގެ ހަރަދު ކުޑަ މެޝިނެކެވެ. ކޮންމެ ވައްތަރެއްގެ މެޓީރިއަލެއް ވެސް ދޮވެލުމުގެ ގާބިލުކަން ލިބިފައިވާ މި މެޝިނަކީ ދޮވެލުމުގައި އަޑުމަޑު މެޝިނެއް ކަމަށް ރެޑްވޭވުން ބުނެ އެވެ.

ޝާޕްގެ އުފެއްދުންތައް ރެޑްވޭވުން ލިބޭނީ ސާވިސް ވޮރަންޓީއާ އެކު އެވެ. ސާވިސް ފޯރުކޮށްދޭނީ ރެޑްވޭވްގެ ސާވިސް ޓީމުންނެވެ. ޝާޕްގެ އިތުރު ރޭންޖުތަކެއް ރެޑްވޭވްގެ ރޯދަ ސޭލްގެ ތެރެއިން ތައާރަފް ކުރާނެ ކަމަށް އެ ފިހާރަ އިން ބުނެ އެވެ.

ރެޑްވޭވުން އަންނަނީ ގިނަ އަދަދެއްގެ މުދާ އެއްތަނަކުން ކަސްޓަމަރުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުންނެވެ. އަދި މިހާރު ރެޑްވޭވްގައި ކުރިއަށްދާ ރޯދަ ސޭލްގައި ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ލިބޭ ކޫޕަނުން 100،000ރ. އަދި އިތުރު އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.