Roadha Mihaaru
އަގު ހެޔޮ ހިކިކިރެއް ރެޑްވޭވުން ތައާރަފްކޮށްފި

އަގު ހެޔޮ ހިކިކިރެއް ރެޑްވޭވުން ތައާރަފްކޮށްފި

25 ޖެނުއަރީ 2021

ރެޑްވޭވް އިން "މަޖަން" ބްރޭންޑްގެ ބްރޭންޑްގެ ހިކި ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރެޑްވޭވް އިން "މަޖަން" ބްރޭންޑްގެ ބްރޭންޑްގެ ހިކި ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.

ރެޑްވޭވުން ބުނީ މިއީ މެދުއިރުމައްޗާއި އެފްރިކާ އަދި މިނޫން ވެސް އެކި ކަންކޮޅުތަކަށް ކޮލިޓީ ރަނގަޅު ހިކި ކިރު ސަޕްލައިކުރުމުގައި ތަޖުރިބާކާރު ކުންފުންޏެއް ކަމަށެވެ.

މަޖަން އަކީ ވިޓަމިން އޭ އަދި ޑީ ހިމެނޭ ގޮތަށް އުފައްދާފައިވާ ހިކިކިރެކެވެ.

ނައިޓްރޯޖަން ފްލަޝް ޕެކިންއެއްގައި ރައްކާކޮށްފައިވާ މި ހިކިކިރު ބަންދުކޮށްފައިވަނީ އޭގެ އަސްލަށް އަދި ރަހަ އަށް ބަދަލު އައުމެއް ނެތި ދިގު މުއްދަތެއްގައި ހުންނަ ގޮތަށެވެ. މި ކިރު އުފެއްދުމުގައި ބޭނުންކޮށްފައިވާ ސްޕްރޭ ޕްރޮސެސްގެ ސަބަބުން ފިނި އަދި ހޫނު ފެނުގައި ގިރާލެވެ އެވެ. އަދި ކޮފީއާއި ސަޔާ އެކު ވެސް ފަސޭހަކަމާ އެކު ގިރާލެވޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ބުނީ މިއީ ބާޒަރުގައި ހިކި ކިރުގެ އަގު ބޮޑުވެފައި ވާތީ ތައާރަފްކުރި ބްރޭންޑެއް ކަމަށެވެ. އަދި މިއީ ކޮވިޑާ ގުޅިގެން ރައްޔިތުންގެ އަތްމަތިދަތި ވަގުތަކަށްވުމާ އެކު، އަމިއްލަ އަށް ހިކި ކިރު އެތެރެކޮށް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށް އެ ފިހާރައިން ބުންޏެވެ.

ހެނދުނުގެ ނާސްތާ ސީރިއަލް އަށާއި ކެއްކުމަށާއި ބޭކްކުރުމަށާއި ފޮނިކާތަކެތި ތައްޔާރު ކުރުމުގައި ވެސް މަޖަން ކިރު ބޭނުންކުރެވޭނެ އެވެ.

މަޖަން ހިކި ކިރު މިހާރު މާކެޓުގައި ހުރި ހިކި ކިރަށް ވުރެ 20 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދުގެ މިންވަރަކަށް އަގު ހެޔޮވާނެ އެވެ. މަޖަން ހިކިކިރު ރެޑްވޭވްގެ ހޯލްސޭލް ސެންޓަރުންނާއި މާލެ އަދި ހުޅުމާލޭގައިވާ ރެޑްވޭވްގެ ފިހާރަތަކުން ވެސް ލިބޭނެ އެވެ.