12 އެޕްރީލް 2020
ޑީވިއޭޓެޑް ސެޕްޓަމް އަކީ ނޭފަތުގެ ކަށިގަނޑާއި ކާޓިލޭޖް ގުޅޭ ހިސާބު (ނޭސަލް ސެޕްޓަމް) ކަތިކޮށް ހުރުމެވެ. މިހެންވުމުގެ ސަބަބުން ނޭވާލާން އުނދަގޫވުން ފަދަ އެތަކެއް އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ. ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަކީ ނޭސަލް ސެޕްޓަމްގައި ކޮންމެ ވެސް ވަރެއްގެ ކަތިކަމެއް ހުންނަ މީހުންނެވެ. މި މައްސަލަ ބޮޑަށް ހުންނަ މީހުންނަށް ނޭވާލުމުގައި ވަރަށް ބޮޑު މައްސަލަތަކެއް ކުރިމަތިވެ، އެކަން ރަނގަޅުކުރަން ޖެހެ އެވެ.
ޑީވިއޭޓެޑް ސެޕްޓަމް އަކީ ނޭފަތުގެ ކަށިގަނޑާއި ކާޓިލޭޖް ގުޅޭ ހިސާބު (ނޭސަލް ސެޕްޓަމް) ކަތިކޮށް ހުރުމެވެ. މިހެންވުމުގެ ސަބަބުން ނޭވާލާން އުނދަގޫވުން ފަދަ އެތަކެއް އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ. ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަކީ ނޭސަލް ސެޕްޓަމްގައި ކޮންމެ ވެސް ވަރެއްގެ ކަތިކަމެއް ހުންނަ މީހުންނެވެ. މި މައްސަލަ ބޮޑަށް ހުންނަ މީހުންނަށް ނޭވާލުމުގައި ވަރަށް ބޮޑު މައްސަލަތަކެއް ކުރިމަތިވެ، އެކަން ރަނގަޅުކުރަން ޖެހެ އެވެ.
ޑީވިއޭޓެޑް ސެޕްޓަމްއަކީ ބައެއް މީހުން ވިހެއުމުގައި ހުންނަ އައިބެކެވެ. ބައެއް މީހުންނަށް މި މައްސަލަ ކުރިމަތިވަނީ ދިމާވާ އަނިޔާއަކުންނެވެ. މިކަމުގެ އަލާމާތްތަކަކީ ނޭފަތް ބެދުމާއި ނޭފަތުގެ އެއްފަރާތަށް ވުރެ ބޮޑަށް އަނެއް ފަރާތް ބެދުމާއި ނޭވާލާން އުނދަގޫވުމެވެ. އަދި ގިނަގިނައިން ސައިނަސް އިންފެކްޝަން ޖެހުމާއި، ނޭފަތުން ލޭއައުމާއި ބޮލާއި މޫނުމަތީގައި ރިއްސުމުގެ އިތުރުން އަޑު ހަރުކޮށް ނޭވާލުމާއި ނިދާއިރު އަޑު ހަރުކޮށް ގުގުރިދެމުން ހިމެނެ އެވެ.
ބައެއް ހާލަތްތަކުގައި މި މައްސަލަ އަށް ބޭހުން ލުޔެއް ލިބުނު ކަމުގައި ވީ ނަމަވެސް ބޭސް އެކަނި ބޭނުންކޮށްގެން ލުއި ނުލިބޭ ނަމަ ސެޕްޓޮޕްލާސްޓީ ސާޖަރީގެ އެހީގައި ކަތިވެފައިވާ ސެޕްޓަމް ރަނގަޅުކޮށް ނޭވާލުން ރަނގަޅު ކޮށްދެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓް ކުރާ ކޮޓަރިއެއް---ފޮޓޯ: ނިޝާން އަލީ/މިހާރު
ސެޕްޓޮޕްލާސްޓީ ސާޖަރީ ހަދާ އިރު ސެޕްޓަމްގެ ތަންކޮޅެއް ކަފާލައިގެން ކަތިވެފައިވާ ބައި ރަނގަޅުކުރެވެ އެވެ. ބައެއް ފަހަރު ރައިނޮޕްލާސްޓީ އާ އެއްކޮށް ސެޕްޓޮޕްލާސްޓީ ސާޖަރީ އަދި ސައިނަސް ސާޖަރީ ހަދަ އެވެ. ރައިނޮޕްލާސްޓީ އަކީ ނޭފަތުގެ އައިބު ފިލުވައި ބައްޓަން ރަނގަޅުކުރުމަށް ކުރެވޭ ސާޖަރީއެކެވެ. މި ދެ ސާޖަރީ އެއްކޮށް ކިޔާ ނަމަކީ ސެޕްޓޮރައިނޮޕްލާސްޓީ އެވެ.
ސެޕްޓޮޕްލާސްޓީ ސާޖަރީ ހަދަން ނަގަނީ ގާތްގަނޑަކަށް ދޮޅުގަޑި އިރެވެ. އަދި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ތެރޭގައި ބަލި މީހާ ގެއަށް ދޫކޮށްލާނެ އެވެ. ޑީވިއޭޓެޑް ސެޕްޓަމްއެއް ހުންނަ ކަމަށް ޝައްކުކުރެވޭ ނަމަ އީއެންޓީ ޑޮކްޓަރެއްގެ ލަފާއާ އެކު ސެޕްޓޮޕްލާސްޓީ ނުވަތަ ރައިނޮސެޕްޓޮޕްލާސްޓީ ހެދުމަށް ޕްލާސްޓިކް ސާޖަންއަކަށް ދެއްކެވުމަކީ މުހިންމު ކަމެކެވެ.
- ގައިނެކޮމެސްޓިއާ ސާޖަރީ (ފިރިހެނުންގެ އުރަމަތި ރަނގަޅުކުރުން)
ގައިނޮކެމެސްޓިއާއަކީ ފިރިހެނުންގެ އުރަމަތީގެ ޓިޝޫ ބޮޑުވުމާއި ދުޅަވުމެވެ. މި މައްސަލައަކީ ހޯމޯން ބަދަލެއްގެ ސަބަބު ނުވަތަ އެހެން ބައްޔެއްގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. އަދި މި މައްސަލަ ރަނގަޅުކުރުމަށް ގައިނޮކޮމެސްޓިއާ ސާޖަރީ ހަދަ އެވެ.
- އެބްޑޮމިނޮޕްލާސްޓީ (ޓަމީ ޓަކް)
އެބްޑޮމިނޮޕްލާސްޓީ އަކީ މެދު އަދި ދަށްބަޑުގައި އުފެދޭ ސަރުބީ ނައްތާލައި ދޫވެފައިވާ ހަން ރަނގަޅުކުރުމަށް ހެދޭ ސާޖަރީއެކެވެ. ބަނޑުގައި އިތުރަށް ސަރުބީޖަހައި ފަލަވުމަކީ ހާޓް އެޓޭކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ އެތައް މައްސަލައެއް ދިމާވެދާނެ ކަމެކެވެ.
- ކޮންޖެނިޓަލް ބްރެސްޓް ހައިޕާޓްރޮފީ
ބްރެސްޓް ހައިޕަޓްރޮފީއަކީ އާދަޔާ ހިލާފަށް އުރަމަތި ބޮޑުވުމަށް ދިމާވާ މައްސަލައެކެވެ. މި މައްސަލަ އުރަމަތީގެ އެއް ފަރާތަށް ނުވަތަ ދެ ފަރާތަށް އެއްފަހަރަކާ ދިމާވުން ވެސް އެކަށީގެންވެ އެވެ. ކޮންޖެނިޓަލް ބްރެސްޓް ހައިޕާޓްރޮފީއަކީ ބާލިޣުވުމުން ނުވަތަ ބަނޑުބޮޑުވުން އަދި އާދަޔާ ހިލާފަށް ފަލަވުމުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. މި މައްސަލަ ބައެއްފަހަރު އަލަށް ލިބޭ ފިރިހެން އަދި އަންހެން ދަރިންނަށް ވެސް ދިމާވެ އެވެ.
- ރައިނޮޕްލާސްޓީ
ރައިނޮޕްލާސްޓީއަކީ ނޭފަތުގެ އައިބެއް ނުވަތަ ނޭވާލުން ރަނގަޅުކުރުމަށް ހެދޭ ސާޖަރީއެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް ރިސެޕްޝަނުން ޚިދުމަތް ދެނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑރ. މެހްމެތް ދިނާރަކީ ޕްލާސްޓިކް ސާޖަރީ އަށް ހާއްސަ ޑޮކްޓަރެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޕްލާސްޓިކް ސާޖަރީގެ ހިދުމަތްތައް ދިނުމަށްޓަކައި އެންމެ ޒަމާނީ ވަސީލަތްތަކާއި މެޝިނަރީތައް ބޭނުން ކުރެވެ އެވެ. އަދި މި ސާޖަރީތަކުގައި އަމަލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ހުނަރުވެރި އެނެސްތެޓިސްޓުންނާއި ނަރުހުންގެ ޓީމެއް ހާއްސަ ކުރެވިފައިވެ އެވެ. ސެޕްޓޮޕްލާސްޓީ އަދި އެހެނިހެން ސާޖަރީއާ ބެހޭ އިތުރު މައުލޫމާތު އަދި ޑޮކްޓަރުގެ އެޕޮއިންޓްމަންޓެއް ހޯއްދެވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އާ ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.
ޓްރީ ޓޮޕަށް ފުރަތަމަ ފަހަރަށް ފައިދާވާން ފަށައިފި
ޓްރީ ޓޮޕްގައި އެންމެ ޒަމާނީ ލެބެއް
ޓްރީ ޓޮޕުން ކެންސަރަށް އަލުން ފަރުވާދޭން ފަށައިފި
ޓްރީ ޓޮޕުން ކޮވިޑަށް ފަރުވާދިނުމުގައި ނަމޫނާ ދައްކައިފި
ކޮވިޑް-19:ޓްރީޓޮޕުން މުހިއްމު ފިޔަވަޅުތަކެއް އަޅައިފި
ޓްރީ ޓޮޕުން އާސަންދަ ލިބޭނެ، ބޮޑު ތަފާތެއް ފެންނާނެ
ރީތިވުމަށް ހަމުގެ ލޭޒާ ޓްރީޓްމަންޓުތައް ޓްރީޓޮޕުގައި
ހުޅުމާލޭގެ ދިރުމާއި ތަރައްގީގައި އެޗްޑީސީގެ ހިއްސާ
ސާވިކަލް ކެންސަރު: ރައްކާތެރިވެ, ނައްތާލެވިދާނެ ކެންސަރެއް
ދަތްފަނިކެއުމާ ދުރުވާން ޑރ. އިލްހާމްގެ އިރުޝާދު