އިގްތިސޯދީ ހީނަރުކަމާ އެކު ވިޔަފާރިތަކުގެ އާމްދަނީ ދަށްވުމުން ގިނަ ބަޔަކު ވަޒީފާއިން އެކަހެރިކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މީހުނަށް ލިބެންވާ އުޖޫރަތައް ނިލިބި، ކުލިތައް ނުލިބި، އިގްތިސޯދުގައި އާމްދަނީތައް (އިންކަމްސް) ދަށްވެގެންދެ އެވެ. އެކަމުގެ ސަބަބުން ގަނެވިއްކުމާއި ޚަރަދުކުރުން ދަށްވެ، އިގްތިސޯދުގައި ފައިސާ ދައުރުކުރުން ދަށްވެ އެވެ. އުފެއްދުންތެރިކަން ދަށްވެ އިކޮނޮމީ ރިސެޝަންއަކަށް ގެންދެ އެވެ.
އިގްތިސޯދީ ހީނަރުކަމާ އެކު ވިޔަފާރިތަކުގެ އާމްދަނީ ދަށްވުމުން ގިނަ ބަޔަކު ވަޒީފާއިން އެކަހެރިކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މީހުނަށް ލިބެންވާ އުޖޫރަތައް ނިލިބި، ކުލިތައް ނުލިބި، އިގްތިސޯދުގައި އާމްދަނީތައް (އިންކަމްސް) ދަށްވެގެންދެ އެވެ. އެކަމުގެ ސަބަބުން ގަނެވިއްކުމާއި ޚަރަދުކުރުން ދަށްވެ، އިގްތިސޯދުގައި ފައިސާ ދައުރުކުރުން ދަށްވެ އެވެ. އުފެއްދުންތެރިކަން ދަށްވެ އިކޮނޮމީ ރިސެޝަންއަކަށް ގެންދެ އެވެ.
ރިސެޝަންގެ މާނައަކީ އާދަޔާ ހިލާފަށް އިގްތިސޯދީ ހަރަކާތް ދަށްވެ ގައުމުގެ ވިޔަފާރީގެ ސަރަކަ ހުއްޓުމާ ހަމަޔަށް ދިއުމެވެ. ރިސެޝަންއަކަށް ދަނީ އާދަޔާޚިލާފަށް މުދަލާއި ޚިދުމަތުގެ ޑިމާންޑް ދަށްވުމުންނެވެ. ކިތަންމެ ސަބަބަކާ ހުރެ ޑިމާންޑް ދަށްވެ އިގްތިސޯދު ރިސެސް ވެދާނެ އެވެ. މިސާލަކަށް 2008 ގައި ދިމާވީ ފައިސާގެ ކްރައިސިސްއެކެވެ. މިފަހަރު މި ދިމާވީ ބަލިމަޑުކަމެއްގެ ކާރިސާއެކެވެ.
މިއަދު ދުނިޔެއަށް މި ޖެހުނު ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ދަތުރުފަތުރު ހުއްޓި، މުދަލާއި ޚިދުމަތުގެ ޑިމާންޑް މިވަނީ އިންތިހާޔަށް ދަށްވެފަ އެވެ. މުދައު ނެތީކީ ނޫނެވެ. ފައިސާ ވެސް ނެތީކީ ނޫނެވެ. ނަމަވެސް ގަނެވޭނެ ގޮތެއް، ފޯރުކޮށްދެވޭނެ ގޮތެއް އަދި ދެން އުފެއްދޭނެ ގޮތެއް ވެސް ނެތީ އެވެ. މި ރިސެޝަނަކީ ކާރިސާގެ ހާލަތެކެވެ.
އިކޮނޮމިކް ސްޓިމިއުލަސްއަކީ ކުއްލިއަކަށް އާދަޔާ ޚިލާފަށް ދަށްވެ އިނދަޖެހެމުންދާ އިގްތިސޯދު ހަރަކާތްތެރިކުރުމަށްޓަކައި (ސްޓިމިއުލޭޓްކުރުމަށްޓަކައި) ސަރުކާރުން އެކުލަވާލާ އިގްތިސޯދީ އެހީތެރިކަމުގެ ޕެކެޖެކެވެ. އިކޮނޮމިކް ސްޓިމިއުލަސް ޕެކެޖެއްގެ މަގްސަދަކީ އިގްތިސޯދު ރިސެޝަނަކަށް ނުގޮސް ހިފެހެއްޓުމެވެ. ބޭނުމަކީ (އަންއެމްޕްލޮއިމެންޓް) ވަޒީފާތައް ގެއްލުނަނުދިނުމާއި (ސްޕެންޑިން) ޚަރަދާއި ހޭދައިގެ ގޮތުގައި ފައިސާ ދައުރުކުރުން އިތުރުކުރުމެވެ.
އިގްތިސޯދީ ހަރަކާތްތައް ދަށްވެ އިގްތިސޯދީ ސަރަކަ ހުއްޓުމަކަށް ދިއުން ހުއްޓުވަން ސަރުކާރުގެ ހޭދަޔާއި ޚަރަދު އިތުރުކުރުމަކީ ކީންސިއަން އިކޮނޮމިކް ތިއަރީގެ ބައެކެވެ. ކީންސް ވިދާޅުވާ ގޮތުން އިގްތިސޯދީ ސަރަކަ ހަރަކާތްތެރި ކުރުވުމަށް ކުރެވިދާނެ އެއް ކަމަކީ ސަރުކާރުގެ (ސްޕެންޑިން) ޚަރަދުތައް އިތުރުކުރުމެވެ. އޭރުން އިގްތިސޯދު ތެރޭގައި ފައިސާ ދައުރުކުރުން ގިނަވެ އިގްތިސޯދު އަލުން އާރާސްތުކުރެވޭނެ އެވެ.
އެހެންކަމުން ސްޓިމިއުލަސް ޕެކެޖެއްގައި ބޮޑަށް އެކުލެވޭނީ އިގްތިސޯދު ތެރެއަށް ފައިސާ ވައްދާނެ ނުވަތަ އިގްތިސޯދުގައި ފައިސާ ދައުރުވާނެ ގޮތްތަކެއް ހެދުމެވެ. އޭގެތެރޭގައި ލޯނު އިންޓްރެސްޓް ރޭޓް ދަށްކުރުމާއި، ޓެކްސް ރޭޓް ދަށްކުރުމާއި ސަރުކާރުގެ މަޝްރޫއުތަކާއި ސަރުކާރުގެ އެހީތައް އިތުރުކުރުން ހިމެނެ އެވެ.
އިކޮނޮމިކް ސްޓިމިއުލަސް ޕެކެޖެއްގައި ދެ ވައްތަރެއްގެ ޕޮލިސީ އިންސްޓްރުމެންޓެއް ވެ އެވެ. އެއީ ފިސްކަލް ސްޓިމިއުލަސް އާއި މަނިޓަރީ ސްޓިމިއުލަސް އެވެ.
މަނިޓަރީ ސްޓިމިއުލަސް އަކީ ބޭންކުތަކުން ދޭ ލޯނުތަކުގެ އިންޓަރެސްޓް ދަށްކުރުމެވެ. އޭގެ ބޭނުމަކީ މީހުންނަށް ލޯނު ލިބުން ފަސޭހަވެ، މީހުން ލޯނު ނަގައިގެން، އިގްތިސޯދީ ހަރަކާތް ހިންގައިގެން އިގްތިސޯދީ ސަރަކަ ހަލުވިކޮށް ޑިމާންޑް އިތުރުކުރުމެވެ. ފިސްކަލް ސްޓިމިއުލަސްއަކީ ޓެކްސްތައް ދަށްކުރުމާއި ސަރުކާރުގެ އިންވެސްޓްމެންޓާއި ޚަރަދު (އެހީ) އިތުރުކޮށްގެން އިގްތިސޯދީ ސަރަކަ ހަލުވިކޮށް ޑިމާންޑް އިތުރުކުރުމެވެ.
ފިސްކަލް ސްޓިމިއުލަސް އަކީ އެހައި ރަނގަޅު އިންސްޓްރުމެންޓެއް ނޫނެވެ. ސަބަބަކީ ފިސްކަލް ސްޓިމިއުލަސްގެ ސަބަބުން ސަރުކާރުގެ ދަރަނި އިތުރުވެ ގައުމީ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރު ކުރެ އެވެ.
ނަމަވެސް ގައުމު ދަތި ހާލަކަށް ދާއިރު ގައުމުގެ ފަރުދުންނަށް އަޅާލުމަކީ ސަރުކާރުގެ ވާޖިބަކަށް ވާތީ، އަދި ފަސޭހައިން ކުރެވޭނެ އެއް ކަމަކީ ސަރުކާރުން އެހީ ދިނުން ކަމަށް ވާތީ، ގިނަ ގައުމުތަކުގައި، ގިނަ ފަހަރު، އަވަހަށް އަޅާ އެއް ފިޔަވަޅަކީ ފިސްކަލް ސްޓިމިއުލަސްއަކާ ދިމާލަށް ދިއުމެވެ.
ކެތްތެރިވެލައްވާށެވެ. ޚަރަދުތައް ކުޑަކުރައްވާށެވެ. ބަސްއަހާށެވެ. މިއީ އެންމެނަށް ވެސް ދަތި އެންމެނަށް ވެސް ގެއްލުމުގެ ދުވަސްވަރެކެވެ. މިއަދު ވަކި މީހެއްގެ ގެއްލުން ކުޑަކުރަން އުޅުމުގެ ބަދަލުގައި ރަނގަޅުވާނީ އެންމެން ގުޅިގެން އެންމެންގެ ގެއްލުން ކުޑަކުރަން މަސައްކަތްޕުޅު ކުރެއްވިއްޔާ އެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ އެވެ. ލޮލުން ކަރުނަ ފޫދޭއިރު ވެސް ހިނިތުންވެލާށެވެ! ދިރިއުޅުމަކީ ވޭނަކާއި އުފަލެކެވެ!
މަނިޓަރީ ސްޓިމިއުލަސްގެ ނޭދެވޭ ކަމަކީ އިންޓަރެސްޓް ދަށްކޮށް ލޯނު ލިބުން ފަސޭހަކޮށްދިނީމާ، މީހުން އަތްމައްޗަށް ފައިސާ އެރީމާ އެ ފައިސާ އެމީހުން ޚަރަދުނުކޮށް އަދި ހޭދަ ވެސް ނުކޮށް ހިފެހެއްޓުމެވެ.
ނަތީޖާއަކަށް ވަނީ އިގްތިސޯދީ ސަރަކަ ހަލުވިވާ މިންވަރު ދަށްވެ ޑިމާންޑް އިތުރުވާ މިންވަރު ވެސް ދަށްވެ، ސްޓިމިއުލަސް ޕެކެޖުން ހާސިލުކުރަން އެދުނު ނަތީޖާ ހާސިލުނުވުމެވެ. މިއަށް ކިޔަނީ ލިކުއިޑިޓީ ޓްރެޕް އެވެ.
ކޮރޯނާވައިރަސްގެ ކާރިސާއިން އިގްތިސޯދުތައް ސަލާމަތްކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން މިވަނީ އިކޮނޮމިކް ސްޓިމިއުލަސް ޕެކެޖްތައް އިއުލާންކޮށްފަ އެވެ. މި މޭރުމުން ދިވެހިރާއްޖޭގައި ވެސް ދިވެހި ސަރުކާރުން މިވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ސްޓިމިއުލަސް ޕެކެޖެއް ހަމަޖައްސައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ލޯނުތައް ފަސްކޮށްދިނުމާއި، އިންޓަރެސްޓް ދަށްކުރުމާއި، ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތަކުން އިނާޔަތްތައް ދިނުމެވެ. އަދި އޭގެ އިތުރުން އިގްތިސޯދީ ގޮތުން ވޭންއަޅާ ވިޔަފާރިތަކާއި ފަރުދުންނަށް ލޯނު ލިބޭނެ ގޮތް ހެދުމާއި، ވަޒީފާ އާއި އާމްދަނީ ގެއްލިފައިވާ ފަރާތްތަކަށް ތަފާތު އިނާޔަތްތައް ދިނުމެވެ.
މި ސްޓިމިއުލަސް ޕެކެޖްގެ މަގްސަދަކީ މި 2.5 ބިލިއަން ރުފިޔާ އިގްތިސޯދު ތެރެއަށް ވަނުމުން އިގްތިސޯދު އަލުން ހަރަކާތްކުރުވުމެވެ. އަދި ޑިމާންޑް އުފުލި އިގްތިސޯދީ ސަރަކަ އަލުން އެނބުރި ގަންނާނެ ގޮތެއް ހެދުމެވެ. ބޭނުމަކީ އިގްތިސޯދީ އެޖެންޓުންގެ (ވިޔަފާރިތަކާއި ފަރުދުންގެ) މި ވަގުތުން ވަގުތަށް ހުރި ނުތަނަވަސްކަމާއި ދަތިތައް ފިލުވައިދިނުމެވެ.
މި ހައި ހިސާބުން ގިނަ މީހުން އުފައްދާނެ ބައިވަރު ސުވާލުތައް ހުންނާނެ އެވެ. ބައެއް ސުވާލުތަކުގެ ޖަވާބު ދެވޭނެ އެވެ. އަނެއް ބައި ސުވާލުތަކުގެ ޖަވާބެއް ނުދެވޭނެ އެވެ. ސަބަބަކީ މިފަދަ އިގްތިސޯދީ ޕޮލިސީތަކަކީ އޭގެ ޒާތުގައި ރަނގަޅު ޕޮލިސީތައް ކަމުގައި ވިޔަސް، މި ޕޮލިސީތަކުގެ އަސަރު ފެންނަނީ ގިނަ ދުވަހުންނެވެ. އަދި ރަނގަޅު އަސަރު ފެންނަނީ މީހުން ކަންކުރާ ގޮތުންނެވެ. މި ހާލަތުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން ކެތްތެރިކަމާ އެކު ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ މި ހާލަތުން ފަސޭހައިން އަވަހަށް އަރައިގަނެވޭނެ އެވެ.
އެހެން ނުވެއްޖެ ނަމަ މިފަދަ ޕޮލިސީގެ ނަތީޖާއެއް ނުފެނި ރިހޭފައިމައްޗަށް ފޮއެ ވެއްޓެޔޭ ބުނާހެން، އިގްތިސޯދީ ހާލަތު ދަށްވެ މީހުންގެ ވޭންތައް އިތުރުވާނެ އެވެ.
ގިނަ މީހުންގެ މައިގަނޑު ސުވާލަކީ މި ސްޓިމިއުލަސް އިން ފުދޭ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ސަބަބަކީ މިއަދު ގެއްލުންނުވާ ހަމަ އެކަކު ވެސް ނުހުންނާނެ އެވެ. އެއްޗެއް ހުރި މީހާ އަތުގައި ވެސް އެއްޗެއް ހުރި ކަމަކަށް ނުވާނެ އެވެ! އެހެންވީމާ އަލާއުއްދީނުގެ ވޮއްގަނޑު އަނބުރަން ލިބުނަސް އެވަރަކަށް ދޭނެ ފައިސާއެއް އެއްވެސް ބޭންކަކު އަދި އެއްވެސް ސަރުކާރަކު ވެސް ނުހުންނާނެ އެވެ! ހަމަޔާއި އިންސާފެއް ވެސް ނޯންނާނެ އެވެ! ދެވަނަ ސުވާލަކީ މި ޕޮލިސީތަކުން ގެއްލުން ފޫބެއްދޭނެތޯ އެވެ؟ ޖަވާބަކީ މުޅި ގެއްލުން ފުލެއް ނުބެއްދޭނެ އެވެ.
ސަބަބަކީ ރަނގަޅަށް ހިނގަހިނގާ ހުރި ވިޔަފާރިއަކުން ވާނެ އަދި ވެދާނެ ގެއްލުމެއް އެއްވެސް ޕޮލިސީއަކުން ފޫނުބެއްދޭނެތީ އެވެ! ކުރިން މީހާ ހުރި ހާލަތަށް ދެތިން ދުވަހުގެ ތެރޭގައި ނުގެނެވޭނެ އެވެ! މިފަދަ ޕޮލިސީތަކަށް (ރިކަވަރީ) އޭ ނުކިޔައި (ސްޓިމިއުލަސް) އޭ ކިޔަނީ ވެސް އެހެންވެގެނެވެ.
ތިން ވަނަ ސުވާލަކަށް ވާނީ މިކަމުން އަރައިގަންނަން ކިހާ ދުވަހެއް ނަގާނެތޯ އެވެ؟ ޖަވާބަކީ ދިވެހިރާއްޖެއަކީ ބޭރު ދުނިޔެއަށް ފަތުރުވެރިކަން ވިއްކައިގެން އާމްދަނީގެ ބޮޑު ބައި ހޯދާ ގައުމަކަށް ވާތީ، ދިވެހިރާއްޖޭގެ އިގްތިސޯދީ ރިކަވަރީ ބިނާވަނީ އެފަދަ ގައުމުތަކުގެ އިގްތިސޯދީ ރިކަވަރީގެ މައްޗަށެވެ. ދިވެހިރާއްޖޭގެ އިގްތިސޯދު ސަލާމަތްވާނީ އެ ގައުމުތައް ސަލާމަތްވީމަ އެވެ! އެދުވަހަކަށް ބައްލަވާށެވެ!
ނިންމާލަމުން ދަންނަވާލަން އޮތީ ކެތްތެރިވެލައްވާށެވެ. ޚަރަދުތައް ކުޑަކުރައްވާށެވެ. ބަސްއަހާށެވެ. މިއީ އެންމެނަށް ވެސް ދަތި އެންމެނަށް ވެސް ގެއްލުމުގެ ދުވަސްވަރެކެވެ. މިއަދު ވަކި މީހެއްގެ ގެއްލުން ކުޑަކުރަން އުޅުމުގެ ބަދަލުގައި ރަނގަޅުވާނީ އެންމެން ގުޅިގެން އެންމެންގެ ގެއްލުން ކުޑަކުރަން މަސައްކަތްޕުޅު ކުރެއްވިއްޔާ އެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ އެވެ. ލޮލުން ކަރުނަ ފޫދޭއިރު ވެސް ހިނިތުންވެލާށެވެ! ދިރިއުޅުމަކީ ވޭނަކާއި އުފަލެކެވެ!
މަޝްހޫރު ނަމުން ނަމަ ނަފާ ނަސީމަކީ އިގުތިސާދީ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވައި، އެކަމާ ގުޅޭ ޓީވީގެ ތަފާތު ޕްރޮގްރާމްތައް ތައްޔާރުކުރެއްވި، އަދި ބައެއް ލިއުންތައް ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އަމިއްލަ މަސައްކަތްކުރާ އެންމެންނަށް ދޭނެ ފައިސާ ނެތް
ސްޓިމިއުލަސް ޕެކޭޖުތައް އަންނަ ހަފްތާގައި ދޫކުރާނެ
އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ ބޮޑު ކަންބޮޑުވުމެއް
މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު
ސަގާފީ ޓޫރިޒަމަށް ވިސްނަން ރައީސް އެދިވަޑައިގެންފި
ޓޫރިސްޓުން ގެނައުމުގެ ގައިޑްލައިނަށް ބަދަލު ގެންނަނީ
މަޓީގެ ބަޔާނަކީ ސަރުކާރުގައި ކޮޅުފައިންޖެހުން: ފައްޔާޒް
އާންމު ހާލަތަށް ރުޖޫއަވުމަށް ޓާސްކްފޯހެއް އުފައްދަނީ
ރިލީފް ފަންޑުން 34 ވިޔަފާރިއަކަށް 45 މިލިއަން ދީފި
ދައުލަތުގެ ހަރަދުތައް ތަރުތީބުކުރަން ޖެހިފައި