Roadha Mihaaru
ފިލިޕިންސުން އައި މީހުން ދޫކުރުން މަޑުޖައްސާލައިފި

ފިލިޕިންސުން އައި މީހުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކޮށްފި

13 އެޕްރީލް 2020

ފިލިޕިންސުން ރާއްޖެ ގެނައި ދިވެހި ދަރިވަރުންގެ ތެރެއިން ކޮރޯނާވައިރަސް އަށް އެކަކު ޕޮޒިޓިވްވުމާ އެކު، ދެން ތިބި ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފިލިޕިންސުން ރާއްޖެ ގެނައި ދިވެހި ދަރިވަރުންގެ ތެރެއިން ކޮރޯނާވައިރަސް އަށް އެކަކު ޕޮޒިޓިވްވުމާ އެކު، ދެން ތިބި ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ 47 ދަރިވަރަކު ފިލިޕިންސުން ގެނައި ކަމަށާއި އެ އެންމެން ވެސް ތިބީ އެރިޔަދޫ ރިސޯޓުގައި ކަމަށެވެ. އެކަމަކު، އެ މީހުން ދޫކޮށްލަން ވެގެން ހެދި ދެ ވަނަ ޓެސްޓުގެ ތެރޭގައި އެކަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެންވެ، 14 ދުވަސް ހަމަވިޔަސް، ސިއްހީ މާހިރުންގެ ލަފައާ އެކު، އެ އެންމެން ވެސް އިތުރަށް ބަލަން ޖެހޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މެނީލާގައި ޑޮކްޓަރު ކަމާއި ޕައިލެޓްކަން ކިޔަވަން ތިބި އެ ދަރިވަރުންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ، މި ބައްޔަށް ޕޮޒިޓިވްވި ފަސް ވަނަ މީހާ އެވެ. އެކަމަކު އޭނާގެ ކިބައިން އެއްވެސް ބައްޔެއްގެ އަލާމާތެއް ނުފެނެ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި އެ އެންމެން ވެސް ރާއްޖެ އައީ އިނގިރޭސިވިލާތުން ވެސް ގެނައި ބަޔަކާ އެކު ގަތަރު މަގުން އެއް ފްލައިޓެއްގައި ކަމަށެވެ. އެހެންވެ، ދެން ހެދޭނެ ގޮތްތަކެއް ބަލައި، އިތުރު މައުލޫމާތު ފަހުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މުޅި މައްސަލަ އަށް އިޝާރާތް ކުރައްވައި އޭނާ މުހިންމު އެހެން ވާހަކައެއް ވެސް ވިދާޅުވި އެވެ:

"އަޅުގަނޑުމެން މިހެން ވިސްނަމާ ދެއްތޯ، ފަސް ދިވެހިން ވެސް މި ޕޮޒިޓިވްވީ ކަރަންޓީންގައި ތިއްބާ. އެންމެ ފަހު މީހާ އެއީ ދޫކޮށްލަން އޮތް ދުވަސް. އެހެންވީމަ، މިއިން މީހަކު އާންމުންގެ ތެރެއަށް ދޫވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ވީސް."

އެހެންވެ، ކަރަންޓީން ކުރުމާއި ކަރަންޓީންގައި ބޭތިއްބުމުގައި ދޫދިނުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގައި ދެ ކަމެއް އެބައުޅޭ. [ފިލިޕިންސް ކޭސްގައި] ބޮޑަށް ދިމާވެގެން އުޅޭ މައްސަލައަކީ ޓެގުން ބޭނުންވޭ މިކަމާ ބެހޭ އިންވެސްޓިގޭޝަނެއް ކުރަން. ބަލަން ބޭނުންވަނީ ކަރަންޓީނުގައި ތިއްބާ އުޅެފައި ހުރި ގޮތް. ބައެއް ފެސިލިޓީތަކުގައި އެބަހުރި ނުކުމެ އުޅެވޭ ގޮތް ވެސް. އެހެންވެ އޭގެ ތެރެއިން [މިކޭސްގައި] ފާހަގަކުރެވުނު 17 މީހެއްގެ ސާމްޕަލް ވެސް އޮތީ ނަގާފައި،" އޭނާ ވިދާޅުވި އެވެ.