މާލެ އިން ގއ. މާމެންދު އަށް ދިޔަ މީހެއްގެ ގައިން ކޮވިޑް-19 ފެނިފައި ވާތީ، އެ ރަށާއި އެ މީހާއާ އެކު ދަތުރުކުރި އިތުރު ބަޔަކު ތިބި އެ އަތޮޅު ގެމަނަފުށި މޮނިޓަރިންގެ ހާލަތަށް ބަދަލުކުރުމާ މެދު ގޮތެއް ނިންމާނީ ކޮންޓެކްޓް ޓްރޭސިން އަށް ފަހު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.
19 ޖޫން 2020
މާލެ އިން ގއ. މާމެންދު އަށް ދިޔަ މީހެއްގެ ގައިން ކޮވިޑް-19 ފެނިފައި ވާތީ، އެ ރަށާއި އެ މީހާއާ އެކު ދަތުރުކުރި އިތުރު ބަޔަކު ތިބި އެ އަތޮޅު ގެމަނަފުށި މޮނިޓަރިންގެ ހާލަތަށް ބަދަލުކުރުމާ މެދު ގޮތެއް ނިންމާނީ ކޮންޓެކްޓް ޓްރޭސިން އަށް ފަހު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.
އެ މީހާ އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ.
އެންއީއޯސީން ބޭއްވި މީޑިއާ ބްރީފިންގައި ކޮވިޑް-19 އަށް ހާއްސަ ތަރުޖާމަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާމެންދު އަށް ދިޔަ ފަހުން ޕޮޒިޓިވްވިކަން އެނގިފައި ވަނީ މިދިޔަ މަހުގެ 31 ގައި މާލެ އައި މީހެއް ކަމަށެވެ. އޭނާ މާލެ އައީ ބަލި މީހަކާ އެކު ކަމަށާއި އެ މީހާ ހުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ މީހާ އަނބުރާ ރަށަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މީހާ ދަތުރުކުރި މަތިންދާބޯޓުގައި އިތުރު 40 މީހަކު ތިބި ކަމަށާއި އޭގެ ތެރޭގައި ގިނައީ ގެމަނަފުށީ މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ މީހާއާ އެކު އެ ބޯޓުގައި އާއިލާގެ ދެ މީހަކު ދަތުރުކުރި އެވެ.
ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
ކޮވިޑް-19 އަށް އެ މީހާ ޓެސްޓު ކުރީ، އެ ބަލީގެ އަލާމާތްތައް ފެނިގެން މިދިޔަ އާދިއްތަ ދުވަހު ރިޕޯޓުކުރުމުންނެވެ. އެހެންވެ، ޖެހިގެން އައި ހޯމަ ދުވަހު ސާމްޕަލް ނަގައި ނަތީޖާ ލިބުނީ އިއްޔެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ކޭސްއާ ގުޅިގެން މާމެންދު އާއި ގެމަނަފުށީގައި ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ދެ އެވެ. އެ ދެ ރަށާ މެދު އިތުރު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މާމެންދޫ ކައުންސިލުން ބުނީ، އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ކިބައިން އަލާމާތްތައް ފެނުނުއިރު ހުރީ ހޯމް ކަރަންޓީންގައި ކަމަށެވެ. ހޯމް ކަރަންޓީންގައި ހުރި ގޭގައި އުޅެނީ އޭނާއާ އެކު މާލެ އިން ދިޔަ ދެ މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މާލެ އިން ރަށްރަށަށް މީހުން ފޮނުވުމުގައި މިހާރު ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، މާލެ އިން ކޮންމެ މީހަކަށް ވެސް ސީދާ ރަށަށް ދެވޭނެ އެވެ. އެކަމަކު، ރަށަށް ގޮސް ހުންނަން ޖެހޭނީ ހޯމް ކަރަންޓީންގަ އެވެ. މިގޮތަށް އަމަލު ކުރަނީ އެ މީހާ ކަރަންޓީގައި ހުންނަ ތަނުގައި ވަކި ޝަރުތުތަކެއް ހަމަވާ ނަމަ އެވެ. ކަރަންޓީން ކުރާތާ 14 ދުވަސް ފަހުން ކޮވިޑް-19 އަށް ޓެސްޓު ކުރާނެ އެވެ.
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
ބޮޑެތި ފަރުވާ ބޭނުންވާ 37 މީހަކު މާދަމާ ފުރާނެ
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
އައްޑޫގައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި
މިއީ ކާރިސާގެ ވަގުތުކަން ހަނދާން ނައްތާލައިގެން ނުވާނެ
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލައިފި
އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން އަގުދޭނެ