15 އެޕްރީލް 2020
ނެޕޮޓިޒަމް ނުވަތަ އާއިލީ މީހުންނާއި ގާތް މީސްމީހުންނަށް ފުރުސަތުތައް ފަހިކޮށްދޭ ވާހަކަ އަކީ ބޮލީވުޑްގައި މި ފަހަކަށް އައިސް ވަރަށް ހޫނުކޮށް ދެކެވޭ ވާހަކައެކެވެ.
ނެޕޮޓިޒަމް ނުވަތަ އާއިލީ މީހުންނާއި ގާތް މީސްމީހުންނަށް ފުރުސަތުތައް ފަހިކޮށްދޭ ވާހަކަ އަކީ ބޮލީވުޑްގައި މި ފަހަކަށް އައިސް ވަރަށް ހޫނުކޮށް ދެކެވޭ ވާހަކައެކެވެ.
ފަހަރުގައި ދެން މި ވާހަކަ މި ދުވަސްކޮޅު އެންމެ ގަދައަށް ދެކޭވޭނީ އަޖޭ ދޭވަގަންއާ ގުޅުވައިގެންނެވެ. ސަބަބަކީ އޭނާ ސޮއިކޮށްފައި އޮތް ތަމަޅަ ފިލްމު "ކައިތީ" ގެ ހިންދީ ރިމޭކް ޑައިރެކްޓްކުރަން ކަޒިންއެއް ކަމަށްވާ ދަރުމެންދުރަ ޝަރުމާއާ ހަވާލުކުރަން ނިިންމާފައިވާ ކަމަށް އަޑު އަރާފައިވުމެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ރިލައިންސް އެންޓަޓައިންމަންޓިން ހަދާ ފިލްމުގެ ޑައިރެކްޝަން ކުރިން ހަވާލުކުރަން އޮތީ އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓްކުރި ލޮކޭޝް ކަނަގަރާޖާ އެވެ. ނަމަވެސް އޭނާ ވަރަށް ބިޒީކޮށް އެހެން ޕްރޮޖެކްޓްތަކެއްގައި އުޅޭތީ، އަޖޭގެ ފިލްމަށް ވަގުތު ދޭން ދަތިވެފައިވެ އެވެ.
މިކަމާ ގުޅިގެން އަޖޭ މިހާރު މަސައްކަތްކުރަނީ ރިލައިންސާ ވާހަކަ ދައްކައިގެން ދަރުމެންދުރަ ފިލްމުގެ ޑައިރެކްޝަނަށް ގެންނަން ކަމަށްވެ އެވެ. އަދި މިކަން ވެއްޖެ ނަމަ "ކައިތީ" ގެ ހިންދީ ރިމެކްވެގެން ދާނީ ދަރުމެންދުރާގެ އަލަތު ޑައިރެކްޝަނަށެވެ. އެކަމަކު އޭނާ އަކީ ފިލްމީ މަސައްކަތްތަކަށް އެއްގޮތަކަށް ވެސް އާ މީހެއް ނޫނެވެ.
ދަރުމެންދުރާ އަކީ ފިލްމު އެޑިޓަރެކެވެ. ޖެނުއަރީ މަހު ރިލީޒްކުރި އަޖޭގެ އެންމެ ފަހުގެ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ އެޑިޓްކުރީ ވެސް އޭނަ އޭނަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ރިލީޒްކުރި އަޖޭގެ "ޓޯޓަލް ދަމާލް" އާއި 2016 ގައި އަޖޭ ޑައިރެކްޓްކޮށް، ކުޅުނު ފިލްމު "ޝިވާއޭ" ވެސް އެޑިޓްކުރީ ދަރުމެންދުރާ އެވެ.
"ކައިތީ" ގެ ޑައިރެކްޝަން އަޖޭގެ ކަޒިންއަކާ ހަވާލުކުރަން ނިންމި ކަމަށް ބުނާ ވާހަކަ މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އަޖޭ އާއި ރިލައިންސުން ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ކައިތީ" ގެ ހިންދީ ފިލްމު އަޖޭއާ އެކު ހަދަން ނިންމިކަން އިއުލާންކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ގަ އެވެ.
އަޖޭގެ ރިލީޒްނުވެ އޮތް ފިލްމެއް ގެނެސްދެނީ
"ބޭބީ ޖޯން"ގެ ފުރަތަމަ ފެނިލުން
"ބޯޑާ 2"ގައި ސަނީއާ އެކު ވަރުން
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
އަޖޭގެ "ސިންގަމް 3" އަށް ތައްޔާރުވާން ފަށައިފި
"ސޫރިޔަވަންޝީ" ގައި ހުރިހާ ރަހައެއް ހެޔޮވަރު
"އާރްއާރްއާރް" ގެ ޓީޒާއަކުން ފިލްމުގެ ވަރުގަދަ ކަން
އަހާން ނެރޭ ފިލްމުގެ ޓްރެއިލާ ދައްކާލައިިފި