14 އެޕްރީލް 2020
ރާއްޖެ ގެންނަ ބިދޭސީ މަސައްކަތު މީހުން ދިރިއުޅުމަށް ޚާއްސަ ކުރާ ތަންތަން ހުންނަން ޖެހޭނެ މިންގަނޑެއް އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓް ކޮށްފި އެެވެ.
ރާއްޖެ ގެންނަ ބިދޭސީ މަސައްކަތު މީހުން ދިރިއުޅުމަށް ޚާއްސަ ކުރާ ތަންތަން ހުންނަން ޖެހޭނެ މިންގަނޑެއް އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓް ކޮށްފި އެެވެ.
މި މިންގަނޑަށް އަމަލު ކުރާނީ އުސޫލު ގެޒެޓް ކުރާތާ ހަ މަސް ފަހުން އަންނަ އޮކްޓޯބަރު 13 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން، ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ މި ދަނޑިވަޅުގައި އެކުލަވައިލި މި މިންގަނޑުގައިވާ ގޮތުން، ބިދޭސީ މަސައްކަތު މީހުން ރާއްޖެ ގެނައުމުގެ ހުއްދަ އަށް އެދޭއިރު، އެ މީހުން ބައިތިއްބާނެ ތަނެއް ރަޖިސްޓަރީ ކުރަން ޖެހެ އެވެ. އަދި އެއީ އިމާރާތް ކުރަން އެކަށީގެންވާ އާލާތްތައް ބޭނުންކޮށްގެން ހަދާފައިވާ ތަނަކަށް ވާން ޖެހޭނެ ކަމަށާއި ވެންޓިލޭޝަންގެ ބޭނުމަށް ފިޔަވައި، ވާރެ އާއި އަވިން ރައްކާވާނެ ގޮތަކަށް ހުންނަން ޖެހޭނެ ކަމަށް އެ މިންގަނޑުގައި ވެ އެވެ.
އެ ތަނަކީ އިމާރާތްކުރާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވާ ނަމަ އެ ތަނަކާއި އިމާރާތްކުރާ ސަރަހައްދުގެ އިން ވަކި ކޮށްފައި ހުންނަން ޖެހެ އެވެ. އެގޮތުން، ބިދޭސީން ދިރިއުޅެން ޚާއްސަ ކުރާ ތަނާއި އިމާރާތްކުރާ ތަނާ ދެމެދު 1.5 މީޓަރުގެ ދުރުމިން ހުންނަން ވާނެ ކަމަށް މިންގަނޑުގައި ބަޔާން ކޮށްފައި ވެ އެވެ. އަދި މި އިމުން ބޭރުގެ ވަށައިގެންވާ ސަރަހައްދަކީ ސާފުތާހިރު ސަރަހައްދަކަށް ވާން ޖެހޭނެ އެވެ.
ބިދޭސީން ދިރިއުޅޭ ތަންތަނުގައި، ނިދަން ޚާއްސަ ސަރަހައްދުގައި އެކަށީގެންވާ ގޮތަކަށް ގުދުރަތީ އަލި ނުވަތަ މަސްނޫއީ އަލި ލިބޭނެ ގޮތަކަށް ހުންނަން ޖެހޭނެ ކަމަށާއި އެކަށީގެންވާ ގޮތަށް ވައި ދައުރުވާނެހެން ކްރޮސް ވެންޓިލޭޓް ކުރަންޖެހެ އެވެ.
އަދި އެ ތަންތަނުގައި ހުންނަން ވާނެ ވަކި ބޮޑު މިނަކާއި ޖާގައިގެ ތަނަވަސްކަން ބަޔާން ކޮށްފައިވާއިރު، މި އުސޫލުގައިވާ ގޮތުން އެ ތަނުގައި ދިރިއުޅެނީ އެކަކު ނަމަ ތަނުގެ ބޮޑުމިނުގައި މަދުވެގެން 3.78 އަކަމީޓަރު، އުސްމިނުގައި 2.8 މީޓަރު އަދި ފުޅާމިނުގައި 1.5 މީޓަރު ބަހައްޓަން ޖެހެ އެވެ. ބަންކު ބެޑު ބަހައްޓައި ގިނަވެގެން ދެ މީހުން ނިދާ ނަމަ ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 5.13 އަކަމީޓަރު އަދި އުސްމިނުގައި މަދުވެގެން ތިން މީޓަރު ހުންނަން ވާނެ ކަމަށް އުސޫލުގައި ބަޔާންކުރެ އެވެ.
ސިންގަލް އެނދުގެ ދެ އެނދު ބަހައްޓައި، މަދުވެގެން ދެ މީހަކު ނިދާ ނަމަ ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 6.84 އަކަ މީޓަރު ހުންނަން ޖެހެ އެވެ. ބަންކު ބެޑުގެ ދެ އެނދު ބަހައްޓައި، ގިނަ ވެގެން ހަތަރު މީހުން ނިދާ ނަމަ ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 8.55 މީޓަރު ހުންނަން ވާނެ ކަމަށް އެ އުސޫލުގައި ވެ އެވެ.
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ވުމަށް ސަރުކާރުން ހުޅުވައިލި ފުރުސަތު ރަޖިސްޓަރީ ވުމަށް ޖަމާވި ބައެއް މީހުން މަގުމަތީގައި.
އަދި ސިންގަލް އެނދުގެ ދެ އެނދަށް، ދެ މީހުންނަށް ވުރެ އިތުރުވާ ކޮންމެ އެނދަކަށް، މީހަކަށް ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 3.24 އަކަމީޓަރު ހުންނަން ވާނެ ކަމަށާއި ސިންގަލް، ޑަބަލް ނުވަތަ ބަންކު ބެޑާއެކު އަމިއްލަ ތަކެތި ބެހެއްޓޭނެ ކަބަޑު ފަދަ އެއްޗެހި ހުންނަން ވާނެ ކަމަށް އުސޫލުގައި ވެ އެވެ. އަދި އެއް އެނދާއި އަނެއް އެނދާ ދެމެދު މީޓަރެއްގެ ދުރުމިން ބަހައްޓަން ޝަރުތު ކުރެ އެވެ.
މި ތަންތަނުގައި ފާހާނާ އަށާއި ލޯންޑްރީ އަށް ހާއްސަ ތަންތަން ހުންނަން ޖެހެ އެވެ. އެގޮތުން ކޮންމެ 10 މީހަކަށް އެއް ފާހާނާ ބަހައްޓަން ޖެހެ އެވެ.
އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގަބޫލުކުރާ ފެންވަރަށް ބޯފެނާއި ފެންވެރުމަށާއި އެއްޗެހި ދޮވުމަށް ބޭނުންކުރާނެ ފެން ހުންނަން ވާނެ ކަމަށާއި އެފަދަ ތަންތަނުގައި ނަރުދަމާގެ ނިޒާމު ގާއިމްކޮށް، ކުނިއަޅާނެެ ޑަސްބިންވެސް ހުންނަން ބަހައްޓަން ޖެހޭނެ ކަމަށް މިންގަނޑުގައި ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރަށް މިފަދަ ތަންތަނުގައި ސޭފްޓީ އާއި ސެކިއުރިޓީ ޔަގީންކޮށްދީ، އެ ތަންތަން މެއިންޓެއިން ކުރުމަކީ ވަޒީފާ ދޭ ފަރާތުން ކަށަވަރު ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ވަނީ ލާޒިމްކޮށްފަ އެވެ. އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ އަދި އިމަޖެންސީ ހާލަތުގައި ފަސޭހައިން ސަލާމަތުން ދެވޭނެ ގޮތް ހަދަން ޖެހެ އެވެ.
ބިދޭސީން ދިރިއުޅެން ޚާއްސަ ތަންތަނުގައި 100 އަށް ވުރެ ގިނަ މީހުން އުޅޭ ނަމަ އެ ތަނަކަށް ހާއްސަ ޑޮކްޓަރަކު ހުންނަން ޖެހެ އެވެ. އަދި އެފަދަ ތަނެއްގައި ގައިން ގަޔަށް އަރާ ބައްޔެއް އުޅޭ ނަމަ އެކަން ހެލްތު މިނިސްޓްރީ އަށް އެންގުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ބަޔާންކޮށްފައި ވެ އެވެ.
މިފަދަ ތަންތަނުގެ ވަންނަ ދޮރު ކައިރީގައި، އެ ތަނެއްގައި ތިބޭ ބިދޭސީންނަށް ވަޒީފާ ދިން ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު، އެ ތަނެއް ހިންގުމަށް ހުއްދަ ދިން ރިފަރެންސް ނަންބަރު، އެ ތަނެއް ބެލެހެއްޓުމަށް ހަވާލުވެ ހުންނަ ސުޕަވައިޒަރުގެ ނަމާއި ނަންބަރުގެ އިތުރަށް އެ ތަނަކުން ލިބެން ހުރި ޖާގައިގެ އަދަދާއި އެ ވަގުތަކު ދިރިއުޅޭ މީހުންގެ އަދަދު އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެވިފައި ހުންނަން ވާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައި ވެ އެވެ.
ބިދޭސީ މަސައްކަތު މީހުން ދިރިއުޅޭ ތަންތަނުގައި ހުންނަން ޖެހޭނެ ޚާއްސަ މިންގަނޑެއް ކަނޑައެޅިއިރު، އިންސާނުން ދިރިއުޅެން ކަމުނުދާ ފެންވަރުގެ ގިނަ ތަންތަނެއް މާލޭގައި ހުރި ކަން މާލޭ ސިޓީ ކައުންސިލުން ދާދި ފަހުން ކުރި ސާވޭއަކުން ވަނީ ދައްކައިފަ އެވެ. އަދި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ތޮއްޖެހިގެން އުޅޭ ބިދޭސީން މާލެ އާއި ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނަށް ނޯޓިސް
ބިދޭސީންގެ ވަގު ވިޔަފާރިތައް ހޯދައި ފިޔަވަޅު އަޅަނީ
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ
ދޮޅުމަސްތެރޭގައި ބިދޭސީންގެ ޑިޓެންޝަން ފެސިލިޓީ ހުޅުވަނީ
ބިދޭސީންނަށް ރަޖިސްޓަރީ ވެވޭނީ ޑިޕޮސިޓްފައިސާ ދެއްކުމުން
ބިދޭސީންގެ މުސާރަ މައްސަލަ ހައްލުކުރާނެ ގޮތެއް ހޯދަނީ
ރިހޭ ފައިމައްޗަށް ފޮއި: ދެން ހަދާނީ ކިހިނެއް؟
ބިދޭސީންގެ ޑިޕޮސިޓްގައި އެއް ބިލިއަން ރުފިޔާ އެބަހުރި
ގަވާއިދާ ހިލާފު 40،000 ބިދޭސީން ރަޖިސްޓަރީވެއްޖެ
ބިދޭސީން ފޮނުވާނީ ޑިޕޮސިޓް ފައިސާގައި: ފައްޔާޒު