Roadha Mihaaru
1.9 މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރު

1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ލަންކާގެ މީހަކު ހައްޔަރުކޮށްފި

14 އެޕްރީލް 2020

ރިސޯޓެއްގައި މަސައްކަތް ކުރާ އަމިއްލަ ކުންފުންޏެއްގެ މުވައްޒަފުންތަކަކަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 1.9 މިލިއަން ރުފިޔާ، އެ ރިސޯޓަށް ގެންދިއުމަށް ހަވާލުކުރި ސްރީ ލަންކާގެ މީހަކު އެ ފައިސާ އާއި އެހެނިހެން ބާވަތްތައް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ކޭއެސްޖޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑްގެ އެ ފައިސާ ވަގަށް ނެގި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކުރީ ލަންކާގެ ރައްޔިތެއް ކަމަށް ފުލުހުން ބުންޏެވެ. އުމުރުން 27 އަހަރުގެ އެ ފިރިހެން މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނިގޮތުގައި، މި ވައްކަމުގައި ޝާމިލްވި މީހާ އަކީ ކޭއެސްޖޭގެ ފަރާތުން ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފޮނުވަންޖެހޭ ފައިސާ ބަލައި މާލެ އައިސްފައި ހުރި މީހާ އެވެ. އޭނާ އެ ޖަރީމާ ހިންގީ ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު، ރިސޯޓަށް ދެވެންދެން ގެސްޓް ހައުސްއެއްގައި މަޑުކޮށްގެން ހުރި ހުރުމުގަ އެވެ.

ފުލުހުން ބުނީ، 1.9 މިލިއަން ރުފިޔާގެ އިތުރުން އެހެން ބައެއް ތަކެތި ވެސް އެ މީހާ ވަގަށް ނެގި ކަމަށެވެ. އެއީ 25،000ރ. ގެ އަގު ހުރި ޑާޓާ ކާޑާއި ރައުޓާ އަކާއި 11،000ރ. ގެ އަގު ހުރި ފަސް މޮބައިލް ފޯނާއި 29،500ރ. ރީޗާޖް ކާޑެވެ.

ނަމަވެސް ފުލުހުން ބުނިގޮތުގައި 1.9 މިލިއަން ރުފިޔާގެ ތެރެއިން 1.5 މިލިއަން ރުފިޔާ ވަނީ ފުލުހުންގެ މަސައްކަތުން މިދިޔަ އާދިއްތަ ދުވަހު ހޯދައިފަ އެވެ. އަދި ފައިސާގެ އިތުރުން އެ މީހާ ވަގަށް ނެގި އެހެން އެއްޗެހި ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.