ލޯންޗެއްގައި ކ. ކާށިދު އަށް ދިޔަ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް އެ ލޯންޗު ކައްޕީގެ ސައިކަލްގައި ރޯކޮށް އަންދާލައިފި އެވެ.
17 އެޕްރީލް 2020
ލޯންޗެއްގައި ކ. ކާށިދު އަށް ދިޔަ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް އެ ލޯންޗު ކައްޕީގެ ސައިކަލްގައި ރޯކޮށް އަންދާލައިފި އެވެ.
ފުލުހުން ބުނީ، މިދިޔަ އާދީއްތަ ދުވަހު މާލެއިން ދިއްފުއްޓަށް ދަތުރުކުރި ލޯންޗެއްގައި މަސްތުވާތަކެތި ހުރި ކަމުގެ މައުލޫމާތު ލިބުމުން އެ ލޯންޗު ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ. އަދި އެއިން 24 އަހަރުގެ ދިވެހި ފިރިހެނަކު ވެސް އެ ދުވަހު ހައްޔަރުކުރި އެވެ.
އެ ލޯންޗުގެ ކައްޕީގެ ސައިކަލު އަންދާލިކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.
ފުލުހުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި އެ ސައިކަލު ވަނީ ވަރަށް ބޮޑަށް އަނދައިފަ އެވެ.
ހުޅުޖެހި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި
ހާފްވޭހައުސްއަށް މަސްތުވާތަކެތި އެއްލި މީހަކު ހައްޔަރު
އައްޑޫ 10 ތަނެއް ބަލައިފާސްކޮށް 10 މީހުން ހައްޔަރު
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު
ޑްރަގް އޮޕަރޭޝަނުން 180،000 އަށްވުރެ ގިނަ ރުފިޔާ
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!