Roadha Mihaaru

ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަން ފުލުހުން ބަލަަހައްޓަން ފަށައިިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭޭ، ހަ ތަނެއް ފުލުހުން ބަލަހައްޓަން ފަށައިފި އެވެ.

ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަަން މޮނިޓާކުރަނީ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

22 އެޕްރީލް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭޭ، ހަ ތަނެއް ފުލުހުން ބަލަހައްޓަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ބިދޭސީން ދިރިއުޅޭ ހަ ތަނަކަށް ވަދެ ނުކުމެ އުޅުން ކޮންޓްރޯލްކޮށް އެތަންތަން މޮނިޓާ ކުރަން ފެށީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެ ފިޔަވަޅު އެޅީ ބިދޭސީން ދިރިއުޅޭ ބައެއް ތަންތަނުގެ ހާލަތު ހުންްނަ ގޮތުންނާއި އެ މީހުންގެ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން ބިދޭސީންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް ފެނުނު ގިނަ ކޭސްތަކުގައި ކޮންޓެކްޓްވި މީހުންގެ އަދަދު ވަރަށް ގިނަ އެވެ. އެގޮތުން މިހާތަނަށް 2،000 އަށް ވުރެ ގިނަ ޑައިރެކްޓް ކޮންޓެކްޓް ހޯދިފައިވާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86 އަށް އަރައިފަ އެވެ.

މާލޭގެ ކޭސްތަކުގެ ކޮންޓެކްޓްގެ އަދަދުތައް

15- އޭޕްރިލް - 197

16- އޭޕްރިލް - 348

18- އޭޕްރިލް - 139

19- އޭޕްރިލް - 939

20- އޭޕްރިލް - 334

21- އޭޕްރިލް - 414

22- އެޕްރިލް -2

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ތޮއްޖެހިގެން މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުން އެހެން ތަންނަށް މީހުން ބަދަލުކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު، ހުޅުމާލޭގައި ހުންނަ ފެސިލިޓީއަކަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.