މާލެ ސަރަހައްދުގައި އާއްމު ތަންތަނަށް ނުކުންނަ އިރު މާސްކް އަޅަން އަންގާފައިވާ އެންގުމާ ހިލާފުވެގެން 73 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
04 އޯގަސްޓް 2020
މާލެ ސަރަހައްދުގައި އާއްމު ތަންތަނަށް ނުކުންނަ އިރު މާސްކް އަޅަން އަންގާފައިވާ އެންގުމާ ހިލާފުވެގެން 73 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންްޓަރުގެ ތަރުޖަމާން ޑރ. ނަޒްްލާ ރަފީގު ވިދާޅުވީ މާސްކް ނާޅައި އާއްމު ތަަންތަނުގައި އުޅުނު 272 މީހަކަށް ފުލުހުން ނަސޭހަތްދީފައިވާ ކަމަށެވެ. މާސްކް ނާޅައި އާއްމު ތަންތަނުގައި އުޅޭ މީހުން ޖޫރިމަނާކުރަނީ 1000.ރ އިންނެވެ. ނަޒްލާ ވިދާޅުވީ މާސްކް އެޅުން މަޖުބޫރުކުރި ފަހުން އެ އުސޫލަށް އަމަލުނުކޮށްްގެން 645 މީހަކަށް ނަސޭހަތްދީ 73 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި އާއްމު ތަންތަނުގައި އުޅޭ އިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް ހެދީ ކޮވިޑް-19 ފެތުރޭ މިންވަރު ރާއްޖޭގައި ކުއްލިއަކަށް އިތުރުވުމުންނެވެ. އެގޮތުން އިއްޔެ އަކީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނުނު ދުވަހެވެ. އިއްޔެ ފެނުނީ 215 ކޭހެވެ. އެމީހުންގެ ތެރޭގައި ގިނައީ ވެސް ދިވެހިންނެވެ.
"އެހެންވީމާ މިހާރު އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް އެބަ ދޭންޖެހޭ އަޅުގަނޑުމެން ބަލި ކޮންޓްރޯލްކުރުމަށް މިކިޔާ ފިޔަވަަޅުތަކަށް،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުސޫލުތަކަށް އަމަލުކުރުމާ އެކު މުހިއްމު އަނެއް ކަމަކީ އެޗްޕީއޭ އަށް ފުރިހަމަ މައުލޫމާތު ދިނުމެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން މީހަކަށް ގުޅުުމުން ސައްހަ މައުލޫމާތު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންޓެކްޓެެއް ނަމަ ކަރަންޓީނު ވެގެން ގޭގައި ތިބުން ވެސް އޭނާ ވިދާޅުވި ގޮތުގައި، ވަރަށް މުހިއްމެވެ.
"ވަރަށް ގިނަ ފަރާތްތަކުން އެބަ ސުވާލުކުރައްވާ އަޅުގަނޑުމެންނާ، ނޫނީ ބައެއް ބޭފުޅުން އެބަ ޑިމާންޑް ކުރައްވާ، ކޮންޓެކްޓެކޭ ތިމަންނަ މިއީ ޓެސްޓްކުރަން ބޭނުމޭ. ޓެސްޓްކުރިކަމުގައި ވިޔަސް ހަމަ 14 ދުވަހު ކަރަންޓީނުކުރުމަށް ފަހު އަލުން ޓެސްޓްކުރަން ޖެހޭނެ. އެހެންވީމާ މި ވަގުތު ޓެސްޓްކުރުމުގެ ވެލިއުއެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ އެޗްޕީއޭގެ ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް ބައެއް މީހުން އަލާމާތް ހުރިކަމުގެ މައުލޫމާތު ދޭ ކަމަށާއި އެކަމަކު ފުރިހަމަ މައުލޫމާތު ހޯދަން ގުޅުމުން އަލާމާތެއް ނެތްކަމަށް ބުނާ ކަމަށެވެ. އެގޮތަށް ކަންތައް ނުކޮށް ރަނގަޅު މައުލޫމާތު ދޭން އޭނާ އިލްތިމާސްކުރެއްވި އެވެ.
ކޮވިޑް-19 ގެ ކޭސްތައް ގިނަ ވާތީ އާ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުން އަންނަ ކަމަށް ނަޒްލާ މިރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑުގެ ޖޫރިމަނާ މިލިއަނަކަށް ވުރެ މައްޗަށް
މާސްކު ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާކުރަނީ
ވެކްސިނުން ބޮޑު ސައިޑްއިފެކްޓެއް އަދި ނެތް: އެޗުޕީއޭ
ގެސްޓު ހައުސް ހުޅުވާ ރަށްރަށުގައި މާސްކު މަޖުބޫރު
ހާލަތު ރަނގަޅުވެ، އައިސީޔޫ ހުސްވެއްޖެ
އެންމެންގެ ފަހަތުގައި ފުލުހުންނަކަށް ނުހުރެވޭނެ: ނަޒްލާ
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން
64 ހެލްތު ވޯކަރެއް، 67 ފުލުހަކު ކޮވިޑަށް ޕޮޒިޓިވް
މާސްކް ނާޅައިގެން ފުރަތަމަ ދުވަހު ހަތަރު މީހަކު ޖޫރިމަނާ
ކޮންޓެކްޓް ޓްރޭސިންއަށް ސައްހަ މައުލޫމާތެއް ނުދޭ!