Roadha Mihaaru
މަސައްކަތްތެރިންގެ ހައްގު ހިމާޔަތްކޮށް ދޭނަން: ރައީސް

މި ހާލަތުން އަރައިގަތުމުގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ދޭނަން: ރައީސް

01 މެއި 2020

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގައި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިިކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގައި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިިކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދާއި މަސައްކަތްތެރިންގެ ހައްގުތަކަށް ބޮޑެތި ގޮންޖެހުންތަކެއް އައިސްފައިވާ ކަމަށެވެ. އެކަމަކު ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނާ އެކު އެ މަނިކުފާނު ސާބިތުވެ ހުންނަވާނެ ކަމަށާއި އަދި މި ހާލަތުން އަރައިިގަތުމުގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރެވޭކަން ކަށަވަރު ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނުގެ ޓްވީޓްގައިވެ އެވެ.

ރައީސްގެ ޓްވީޓް

ކޮޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ދިިގު މުއްދަތަކަށް ވަނީ ޗުއްޓީއަށް ދާން ޖެހިފަ އެވެ. އެހެންވެ، އެފަދަ ފަރާތްތަކަށް އެހީވުމުގެ ގޮތުން ކުރިއަށް އޮތް ތިން މަހު 5،000ރ. ގެ އިނާޔަތެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖްގެ ތެރެއިން އެހީ ދިނުމުގައި މުވައްޒަފުން ވަކި ނުކުރާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ. އަދި ކޮވިޑް-19 ގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ވަނީ މަރުވެފަ އެވެ.