ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުންގެ މުސާރައިގައި ހުރި ބައެއް ކަންބޮޑުވުންތަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހައްލު ގެނެސް ދެއްވައިފި އެވެ.
14 ސެޕްޓެމްބަރ 2023
ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުންގެ މުސާރައިގައި ހުރި ބައެއް ކަންބޮޑުވުންތަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހައްލު ގެނެސް ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓަރާއި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތައް ދިރާސާކުރުމަށް ފަހު ބައެއް ބަދަލުތައް ގެނައުމަށް ރައީސް ނިންމަވާފައިވާ ގެނެސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓާ މުވައްޒަފުންގެ ތެރެއިން ޑިއުޓީ އުސޫލުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.
މި ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައިއިރު، ސަރުކާރުން އިއްޔެ ވަނީ ޓީޗަރުންނާއިި ނަރުހުންގެ މުސާރައިގައި ހުރި ބައެއް ކަންބޮޑުވުންތައް ހައްލުކޮށްދީފަ އެވެ.
މަސައްކަތްތެރިންގެ ހައްގު ހިމާޔަތްކޮށް ދޭނަން: ރައީސް
މުސާރައާ ގުޅޭ ޝަކުވާތަކަށް ހައްލުތަކެއް ގެނެސްދީފި
ޑްރޯނުން ސަޕްލައި ޓްރާންސްފާ ކުރަން ޓެސްޓު ކޮށްފި
ގައިންގަޔަށް ނާރާ ބަލިތައް ގުޅިފައިވަނީ ދުންފަތާ:ރައީސް
ތާރީހީ ދުވަހެއް، ރާއްޖޭގައި އައިވީއެފް ހަދަން ފަށައިފި
ސިއްހީ ދާއިރާގެ މުސާރައަށް އިތުރު ބަދަލުތަކެއް ގެންނަނީ
ބާކީ މުވައްޒަފުންނަށް އަންނަ މަހު އެލަވަންސް ލިބޭނެ
ބ. އަތޮޅަށް 14 ޑޮކްޓަރުންނާއި 38 ނަރުހުން ހޯދަނީ
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި
މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ