Roadha Mihaaru
މިިނިމަމް ވޭޖާއި އިނާޔަތް ދޭންވީ ވަގުތަކީ މިއީ: ނަޝީދު

މިނިމަމް ވޭޖާއި ވަޒީފާ ނެތް މީހުންނަށް އެލަވަަންސް ދޭން މިއީ އެންމެ މުހިންމު ވަގުތު: ނަޝީދު

01 މެއި 2020

މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ އާއި ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސް ދޭންޖެހޭ ވަގުތަކީ މިއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ އާއި ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސް ދޭންޖެހޭ ވަގުތަކީ މިއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓްގައި، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަމަށްވާ މިިނިމަމް ވޭޖާއި ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސް ދިނުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ނަޝީދުގެ ޓްވީޓް

ސަރުކާރުން ވަނީ މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ފަށައި، އެކަމަށް ޚާއްސަ ބޯޑެއް ވެސް އެކުލަވާލައިފަ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާ ހެދި އެ މަސައްކަތްތައް މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަށް ކުރިއަށް އޮތް ތިން މަހު 5،000ރ. ގެ އެލަވަންސެއް ދޭން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެކަމަށްޓަކައި ޚާއްސަ ސެންޓަރެއް ގާއިމްކޮށް، ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ވެސް އޮތީ ގާއިމްކޮށްފަ އެވެ. އެކަމަކު އެ ނިޒާމުގެ ދަށުން އެލަވަންސް ދޭނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނާއި ވަކި މިންވަރަކަށް މުސާރަ ކުޑަ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި އެތައް ބަޔަކު ވަނީ މުސާރަ ނުލިބޭ ގޮތަށް ދިގު މުއްދަތަކަށް ޗުއްޓީއަށް ފޮނުވާލައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން 400 އަށް ވުރެ ގިނަ މީހުުން މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.