އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސެންޓްގެ ހިއްސާއާ އެކު އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހިންގަން ފަށައިފި އެވެ.
15 އޮކްޓޯބަރ 2016
އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސެންޓްގެ ހިއްސާއާ އެކު އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހިންގަން ފަށައިފި އެވެ.
ދައުލަތުގެ މަސް ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައި، ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ވަނީ މި މަހުގެ ކުރީކޮޅު ހަވާލުވެފަ އެވެ.
އެސްޓީއޯ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މިފްކޯއަކީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ އިތުރު ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ބަދަލާ ގުޅިގެން، މިފްކޯގެ ހިއްސާ އެސްޓީއޯއަށާއި އެލައިޑް އިންޝުއަރެންސަށް މިދިޔަ އަންގާރަ ދުވަހު އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެސްޓީއޯ އިން ބުނީ މިފްކޯއަކީ ދަރަންޏަށް ޒިންމާވާ ވަކި ގާނޫނީ ޝަހުސަކަށްވާ އިރު، އެ ކުންފުނި އެސްޓީއޯގެ ދަށަށް ގެނެވިފައިވަނީ މިފްކޯގެ ނެގެޓިވް ނެޓް އެސެޓްސް ބެލެންސް ކުރުމަށް ފަހު ކަމަށެވެ. އަދި ބުނީ މިފްކޯގެ ހާލަތު އިތުރަށް ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ ފައިނޭންޝަލް ޑިއު ޑިލިޖަންސް ހެދުމަށާއި އެސެޓްތައް ވެލިއުކުރުމަށާއި މާލީ ހާލަތު ދެނެގަތުމަށްޓަކައި މިނިވަން، ބައިނަލްއަގްވާމީ އޮޑިޓް ފާމެއް މެދުވެރިކޮށް ބެލުމަށް ނިންމާފައިވާ ކަމަށެވެ.
"... މިފްކޯ އަލުން އެސްޓީއޯގެ ދަށަށް ގެނެވުމަކީ އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީޒް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް އެސްޓީއޯ އިން ދެކެމެވެ. އެގޮތުން މިފްކޯގެ ސަބަބުން އެސްޓީއޯ ގްރޫޕަށް ތެލުގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ހަމަ މިއާ އެކު، މި ވިޔަފާރިން އެސްޓީއޯ ގްރޫޕަށް ބޭރު ފައިސާ ހޯދުމަށް އެހީއަކަށް ވެގެންދާނެ އެވެ،" އިއުލާނުގައިވެ އެވެ.
މިފްކޯއަކީ އެސްޓީއޯގެ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯ އިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.
މިފްކޯ އަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތަށް ފަހު 1993ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. އޭގެ ކުރިން އެފްޕީއައިޑީ ހިންގަމުން އައީ ވެސް އެސްޓީއޯގެ ދަށުންނެވެ.
އެސްޓީއޯ އިން މިހާރު ވެސް ގިނަ އަދަދެއްގެ ސަބްސިޑަރީ ކުންފުނިތަކެއް ހިންގަ އެވެ. އޭގެ ތެރޭގައި އެލައިޑް އިންޝުއަރެންސާއި ފިއުލް ސަޕްލައިޒް އާއި މޯލްޑިވް ގޭހާއި ލަފާޖު ފަދަ ތަންތަން ހިންގަ އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއް
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
މާލެ ސަރަހައްދަށް މަސްދަޅު ބަހަން ފެށުން މާދަމާ މެންދުރު 2:30 ގައި
މާލޭގައި މަސްދަޅު ކޭސް ބަހާނީ މި މަހުގެ 20-28އަށް
މިފްކޯ އަނެއްކާވެސް ވަކި ކުންފުންޏަކަށް ހަދައިފި
އެލައިޑްގެ އެމްޑީއަކަށް ލުވައިޒް ހަމަޖައްސައިފި
އައިޓީއެފްސީގެ ބޮޑު އެހީއެއް އެސްޓީއޯ އާއި މިފްކޯ އަށް
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ ރެކެއް
އެފްއެންޑްބީ ޝޯ ސެންޓްރަލް ޕާކުގައި ފަށައިފި
އެސްޓީއޯ އަށް ފައިދާ ނުވީ މިފްކޯއާ ހެދި: އަމްރު