Roadha Mihaaru
ނަރުދޫގެ ހާލަތު ގޯސް، ކަންބޮޑުވޭ: ޕީޕީއެމް/ޕީއެންސީ

ނަރުދޫގެ ހާލަތު ގޯސް، ކަންބޮޑުވޭ: ޕީޕީއެމް/ޕީއެންސީ

03 މެއި 2020

މާލެ ފިޔަވައި އެންމެ ގިނަ މީހުން ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ސިއްހީ ހާލަތު ދަށްކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލެ ފިޔަވައި އެންމެ ގިނަ މީހުން ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ސިއްހީ ހާލަތު ދަށްކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގާތްގަނޑަކަށް 600 މީހުންގެ އާބާދީއެއް އޮންނަ ނަރުދޫން ކޮވިޑް-19 އަށް 11 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެންމެ ފުރަތަމަ އެ ބައްޔަށް އެ ރަށުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ފުރި އެ ރަށުގެ އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެ އަށް ފަހު އޭނާގެ އާއިލާގެ އިތުރު ހަތް މީހުންނާއި އިތުރު ބަޔަކު މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

Amaaz boat ge kappi aailaa ge ha meehun positive, Narudhoo himeynvefai

Amaaz boat ge kappi aailaa ge ha meehun positive, Narudhoo himeynvefai

The most trusted news source in the Maldives

Mihaaru

އަމާޒު ބޯޓްގެ ކެޕްޓަން އާއިލާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުން---

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅު ކުރެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތް ދޭނެ ޓީމެއް އެ ރަށުގައި ނެތް ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވި ގިނަ ބަޔަކު އެ ރަށުގައި ތިބިއިރު، އެ މީހުން ކަރަންޓީން ކުރެވޭނެ އެއްވެސް އިންތިޒާމެއް މިހާތަނަށް ހަމަޖައްސާފައި ނުވާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެ އެވެ.

"ރަށުން ބޭސް ނުލިބުމާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ރަށުން ލިބެން ނެތުމާއި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ މާސްކް، ސެނިޓައިޒާ، އަންގި ފަދަ ތަކެތިވެސް ރަށުން ލިބެން ނެތުމަކީ ވެސް ރަށުގެ ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ދާންޖެހިފައި އޮތް މައްސަލައެއް،" ބަޔާނުގައި ވެ އެވެ.

ނަރުދޫ ފަދަ ބަލި ފެތުރިފައިވާ ރަށްރަށާއި ބަލި ފެތުރުމުގެ ފުރުސަތު އޮތް ރަށްތަކަށް ދޭ ސަމާލުކަން އިތުރު ކުރުމަށް އިދިކޮޅު ކޯލިޝަނުން އެދެ އެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޯރުކޮށްދިނުމަށާއި ސަރުކާރުން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ވެސް ގޮވައިލި އެވެ.

ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރާ އެންމެންނަށް އިދިކޮޅު ކޯލިޝަނުން ޝުކުރު އަދާކުރި އެވެ.

"ރަށުން ބޭސް ނުލިބުމާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ރަށުން ލިބެން ނެތުމާއި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ މާސްކް، ސެނިޓައިޒާ، އަންގި ފަދަ ތަކެތިވެސް ރަށުން ލިބެން ނެތުމަކީ ވެސް ރަށުގެ ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ދާންޖެހިފައި އޮތް މައްސަލައެއް،" ޕީޕީއެމް/ޕީއެންސީ

އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ނަރުދޫގެ އިތުރުން ހއ. ތަކަންދު އާއި ހއ. އުލިގަމާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ.

ރާއްޖެ އިން މިހާތަނަށް މި ބައްޔަށް ވަނީ 519 މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ. ކޮވިޑް-19 ޖެހިފައިވާ ދިވެހިންގެ އަދަދަކީ 178 އެވެ. ބަންގްލަދޭޝްގެ 265 މީހަކަށް މިހާތަނަށް އެ ބަލި ވަނީ ޖެހިފަ އެވެ. އަދި ރާއްޖެ އިން ކޮވިޑް-19 ޖެހުނު 500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ އެންމެ 18 މީހުންނެވެ. އެކަކު ވަނީ މަރުވެފަ އެވެ.