Roadha Mihaaru
އަބްދުއްރަހީމްގެ ދެކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އަބްދުއްރަހީމްގެ ދެކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

21 މެއި 2021

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހުނުކަން ރޭ އެނގިވަޑައިގަތުމާއެކު، ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ ގޭގައި، ހޯމް ކަރަންޓީނުގަ އެވެ. އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމަކީ ހިތުގެ މައްސަލައެއް ހުންނާތީ ޕޭސްމޭކާ ލައްވާފައި ހުންނަވާ ބޭފުޅެކެވެ. އެހެންވެ، އޭނާ ހިމެނެނީ ކޮވިޑް ބަލީގެ ހައި ރިސްކު މީހުންގެ ކެޓަގަރީގަ އެވެ.

އެނގިފައިވާ ގޮތުގައި އަބްދުއްރަހީމާއި އަނބިކަނބަލުން ދިޔާނާ ހުސައިންގެ ހާލުކޮޅު ވެސް މި ވަގުތު ރަނގަޅެވެ.

ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ އެތައް 100 އަކަށް އަރައިފަ އެވެ. އަދި ބަލީގައި ބޮޑުުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މަރުވި މީހުންގެ އަދަދު މިހާރު 118 އަށް އަރައިފަ އެވެ. މި މަހު މަރުވި މީހުންގެ އަދަދު ވެސް މިއަދާ ހަމައަށް 45 އަށް އަރަ އެވެ. އެހެންވެ، މިއީ މިހާތަނަށް ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވި މަހެވެ.