Roadha Mihaaru
ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހަކު ގައުމަށް

ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހަކު ގައުމަށް

04 މެއި 2020

ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހަކު ގައުމަށް ފޮނުވާލައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހަކު ގައުމަށް ފޮނުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓުން ބުނީ ގައުމަށް ދާން ބޭނުންވި މީހުން ފޮނުވާލާފައިވަނީ ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ބޭއްވި ޗާޓަރު ފްލައިޓެއްގައި ކަމަށެވެ.

މިއަދު ހެނދުނު 131 މީހުން ފުރާފައި ވާއިރު މިއީ ތައިލެން މީހުން ގެންދަން ބޭއްވި ދެވަނަ ފްލައިޓެވެ. މީގެ ކުރިން މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ފްލައިޓުގައި 55 މީހަކު ވަނީ ގައުމަށް ގޮސްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ އެކި ގައުމުތަކުން ބޭނުންވެގެން އެ ގައުމުގެ ރައްޔިތުންގެ ގެންދަން އިންތިޒާމްކުރާ ފްލައިޓުތަކެއް ކަމަށެވެ.

ކޮވިޑް-19 ފެތުރޭތީ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށް ދަތުރުތައް ހުއްޓާލުމުން ރާއްޖޭގައި ވެސް އެކި ގައުމުތަކުގެ އެތައް ސަތޭކަ ބަޔަކު ތާށިވި އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވަނީ މިގޮތަށް ބޭއްވި ދަތުރުތަކުގައި ގައުމަށް ގެންގޮސްފަ އެވެ. ރާއްޖޭން ވެސް ވަނީ އެކި ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ވެސް ބަޔަކު ރާއްޖެ ގެނެސްފަ އެވެ.