އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލާއިރު މިދިޔަ ބުދަ ދުވަހު އެކަނި ވެސް ބަލި ޖެހިފައި ތިބި ގާތްގަނޑަކަށް 300 މީހުން ފެންނަން ޖެހުނަސް އެކަށީގެންވާ ގޮތެއްގައި އަދިވެސް ރާއްޖޭގައި ޓެސްޓް ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މި ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ރޭ ވިދާޅުވެއްޖެ އެވެ.
08 މެއި 2020
އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލާއިރު މިދިޔަ ބުދަ ދުވަހު އެކަނި ވެސް ބަލި ޖެހިފައި ތިބި ގާތްގަނޑަކަށް 300 މީހުން ފެންނަން ޖެހުނަސް އެކަށީގެންވާ ގޮތެއްގައި އަދިވެސް ރާއްޖޭގައި ޓެސްޓް ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މި ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ރޭ ވިދާޅުވެއްޖެ އެވެ.
މުޅި ދުނިޔޭގައި ފެތުރިފައިވާ ބައްޔަށް ޕޮޒިޓިވް މީހަކު މާލެ އިން ފުރަތަމަ ފެނުނީ މިދިޔަ އެޕްރީލް، 15ގަ އެވެ. ހަލުވި މިނެއްގައި އޭރު މާލެ ތެރޭގައި ބަލި ފެތުރިފައި އޮތް ކަމަށް ބެލެވުނަސް ޓެސްޓް ކުރަމުން އައީ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަކުރެވޭ މީހުންނެވެ. އޭރަކު ރެންޑަމް ޓެސްޓިން ނުވަތަ ބަލި ފެތުރިދާނެ ކަމުގެ ނުރައްކާ ބޮޑު މީހުންނަށް އަމާޒުކޮށްގެން ޓެސްޓެއް ނުކުރެ އެވެ.
އެކަމަކު މި ފަހުން، އެޗްޕީއޭ އިން ރެންޑަމް ސާމްޕަލް އަދި ބިދޭސީންނާއި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކުން އެކި މީހުން ޓެސްޓް ކުރެ އެވެ.
ރާއްޖޭގައި ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވެނީ 300-400 ދެމެދުގެ ސާމްޕަލެވެ. އެއީ އައިޖީއެމްއެޗުގެ ދެ މެޝިނާއި ފުލުހުންގެ ލެބޯޓްރީގައި ހުންނަ މެޝިނަކުންނެވެ.
އައިޖީއެމްއެޗުގެ ލެބޯޓްރީގައި ދެ ޓެކްނީޝަނަކު މަސައްކަތުގައި.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި މީޑީއާ ބްރީފިންގައި، ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ޝީނާ ވިދާޅުވީ ޓެސްޓް ކުރެވޭލެއް މަދުވުމުން، ޕޮޒިޓިވް ކޭސްތައް ފެންނަލެއް ވެސް ރާއްޖޭގައި ވަރަށް މަދު ކަމަށެވެ. މި މަހުގެ 31 ގައި ރާއްޖެ ޕީކަށް އަރާނެ ކަމަށް ލަފާކުރައްވައި އޭނާ ހެއްދެވި އާ ޕޮޖެކްޝަންސްގައިވާ ގޮތުން މިހާރު ދުވާލެއްގެ މައްޗަށް 300 މީހުން ޕޮޒިޓިވްވާނެ އެވެ.
އެހެންވެ، ޓެސްޓް ކުރުމުގައި މިހާރު އަމަލުކުރާ ގޮތްތަކަށް ބަދަލު ގެންނަން ޖެހިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޝީނާ ވިދާޅުވި ގޮތުގައި ޓެސްޓް ކުރެވޭ ނިސްބަތާއި ޓެސްޓް ކުރެވޭ ގްރޫޕްތަކަށް ބަލާއިރު ވެސް ޕޮޒިޓިވްވާ މީހުން ފެންނަލެއް މަދެވެ.
"ޓެސްޓް ނުކުރެވުމަކީ އަސްލު ކަންބޮޑުވާ ކަމެއް. އަޅުގަނޑުމެންނަށް ޑިޓެކްޓް ނުވެ އިންފެކްޝަންސް އުޅުމަކީ ކްރޮނިކް ޑިޒީޒް ހުރެ، ނޭނގި ހާލު ކުއްލިއަކަށް ބޮޑުވެގެންދާ ކަމެއް. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ޕޭޝަންޓް ލިބޭއިރު ބަލި ބޮޑުވެފައޭ މި އޮންނަނީ ދެއްތޯ. އެހެންވީމަ މެނޭޖް ނުކުރެވޭނެއޭ. ރިސްކު މި ބޮޑުވަނީ ކުރިން އަޅުގަނޑުމެންނަށް ބަލި ދެނެނުގަނެވޭތީ. އެކްޓިވްކޮށް ކޭސް ހޯދައި ކުރީގައި ބަލި ދެނެގަތުން ވަރަށް މުހިއްމު،" ޓެސްޓް ކުރުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން ޝީނާ ވިދާޅުވި އެވެ.
"އެޗްޕީއޭ އިން މިހާރު ވެސް ކޮންމެވެސް ވަރަކަށް އެބަކުރޭ އެކްޓިވް ސަވައިލެންސް، ނޫނިއްޔާ ކޮންޓެކްޓް ޓްރޭސިންގެ ބޭރުން ވެސް އަދި ފްލޫ ކްލިނިކްތަކުން ވެސް އެބަ ޓެސްޓްކުރެވޭ. އެކަމަކު ވެސް އަޅުގަނޑުމެން ޓެސްޓިން ސްޓްރެޓެޖީ އަދިވެސް އެކްޓިވްކޮށް ކޭސް ހޯދުމަށް މިހާރަށް ވުރެން ވެސް ބޮޑަށް މަސައްކަތް ކުރަން ޖެހޭ."
"ރާއްޖެ ކަހަލަ ގައުމަކަށް އެފަދަ މެޝިންތައް ހޯދުމުގައި ދިމާވެގެން އުޅޭ ދަތިތަކެއް މި އުޅެނީ. ޓެސްޓްކުރާ މެޝިނަރީޒް ލިބޭ ވަރަކުން އަޅުގަނޑުމެން ވެސް ތައްޔާރަށް މިތިބީ. ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވެގެން މި އުޅެނީ،" މަބްރޫކް
އެކަށީގެންވާ ގޮތެއްގައި ޓެސްޓް ނުކުރެވޭތީ އޭގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކުގައި ފަރުވާ ހޯދަމުން އަންނަ މީހުންނަށް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މުޅި ދުނިޔޭގައި ބަލި ފެތުރެމުންދާތީ ރާއްޖެ އަށް ބޭނުންވާ އަދަދަށް މެޝިން ނުލިބިދާނެ ކަމަށާއި އެއީ މި ހާލަތުގައި އެހެން ގައުމުތަކަށް ވެސް އޮތް ދައްޗެއް ކަމަށް ޝީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެންވިޔަސް ޓެސްޓް އެކަށީގެންވާ ގޮތެއްގައި ނުކުރެވުމަކީ ނޭނގި ވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވުން އެކަށީގެންވާ ކަމެއް ކަމަށާއި އިތުރު މެޝިން ލިބި ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވިއްޖެ ނަމަ ހަގީގީ އަދަދުތަކެއް ފެނުން ގާތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕްރޮޖެކްޝަންސްގައި އެ ވަރަށް އިންފެކްޝަން އުޅޭނެ ކަމަށް ލަފާކުރިއަސް އެ ދެނެނުގަނެވޭ. އެހެންވެ ނޭނގި އެބަ ފެތުރެއޭ އަޅުގަނޑުމެންގެ ފެމިލީސްތަކުގެ ތެރެއަށް،" ޝީނާ ވިދާޅުވި އެވެ.
ޝީނާގެ ޖަވާބަށް ތަފްސީލް ދެއްވަމުން އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޓެސްޓް ކުރުމުގެ މެޝިނާއި އެހެން ވެސް ވަސީލަތްތައް ހޯދަން ސަރުކާރުން ފަހެއް ނުޖެހޭނެ ކަމަށެވެ. ސިއްހީ މާހިރުންގެ ލަފައާ އެއްގޮތަށް އެ ކަންކަން ކުރިއަށް ދާއިރު އޮތް ގޮންޖެހުމަކީ މުޅި ދުނިޔޭގައި ވެސް މިވަގުތު މެޝިން ފަދަ މި ބަލި ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމުގައި ގޮންޖެހުންތަކެއް ހުރުން ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ ކަހަލަ ގައުމަކަށް އެފަދަ މެޝިންތައް ހޯދުމުގައި ދިމާވެގެން އުޅޭ ދަތިތަކެއް މި އުޅެނީ. ޓެސްޓްކުރާ މެޝިނަރީޒް ލިބޭ ވަރަކުން އަޅުގަނޑުމެން ވެސް ތައްޔާރަށް މިތިބީ. ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވެގެން މި އުޅެނީ،" މަބްރޫކް ވިދާޅުވި އެވެ.
މި މަހު ފަހުކޮޅު ކޭސްތައް މަދުވާން ފަށާނެ: ޝީނާ
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
އެޗްޕީއޭގެ އިރުޝާދުތަކަށް އާންމުން ކަމޭހިތި: ޝީނާ
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ
ޕީކް ދަށްވިޔަސް މި މަހު ހިފަހައްޓާލަން ޖެހޭ: ޝީނާ
ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ
ކޮވިޑް-19 އަށް ހާއްސަކޮށް ހަ ވެންޓިލޭޓަރެއް ގެނެސްފި