ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމުން އެންމެ ފުރަތަމަ އަންނާނެ ކަމަށް ބެލެވެނީ އިޓަލީގެ ޓޫރިސްޓުން ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
08 މެއި 2020
ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމުން އެންމެ ފުރަތަމަ އަންނާނެ ކަމަށް ބެލެވެނީ އިޓަލީގެ ޓޫރިސްޓުން ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
އެމްއެމްޕީއާރްސީން ބުނީ، މިހާރު އަޅާފައިވާ ދަތުރުފަތުރު ކުރުމުގެ ހުރަސްތަކަށް ލުޔެއް ގެނެސް، ރާއްޖެ ހުޅުވާލުމުން ވީ އެންމެ އަވަހަކަށް އިޓަލީން ޓޫރިސްޓުން އައުމުގެ ޝައުގުވެރިކަން ހުރިކަމަށް އިޓަލީގެ ޓްރެވެލް އެޖެންޓުން ބުނެފައިވާ ކަމަށެވެ. މިގޮތަށް ބުނެފައިވަނީ އިޓަލީގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވެލް އެޖެންޓް، އީޒީ މާކެޓް ޓްރެވެލް ސޮލިއުޝަންގެ ފަރާތުން ބޭއްވި ހާއްސަ އޮންލައިން ސެމިނާ (ވެބިނާ) ގެ ތެރެއިންނެވެ.
އީޒީ މާކެޓް ޓްރެވެލް ސޮލިއުޝަނުން އަންނަނީ އިޓަލީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެ ކުންފުނީގެ ހިދުމަތްތައް ދެމުންނެވެ. އެގޮތުން 1999 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އަންނަނީ އިޓަލީ ޓޫރިސްޓުން ހާއްސަކޮށްގެން ޗުއްޓީ ޕެކޭޖުތައް ވިއްކަމުންނެވެ.
މި ހާއްސަ ސެމިނާގައި 100 އަށް ވުރެ ގިނަ ޓްރެވެލް އޭޖެންޓުން ބައިވެރިވެފައިވެ އެވެ. އެގޮތުން ރާއްޖެއާ ގުޅޭ އެންމެ ފަހު އަޕްޑޭޓްތައް އެމްއެމްޕީއާރްސީން ވަނީ ސެމިނާގެ ބައިވެރިންނާ ހިއްސާކޮށްފަ އެވެ. އަދި މިހާލަތުގައި ވެސް އިޓަލީން ރާއްޖެ އަށް އޮތް ޝައުގުވެރިކަން އެއްވެސް ވަރަކަށް ނުގެއްލޭ ކަމަށް ސެމިނާގައި ބައިވެރިވި އިޓަލީގެ ޓްރެވެލް އޭޖެންޖުން ބުނެފައިވެ އެވެ.
އިޓަލީއަކީ ޔޫރަފްގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމެވެ. ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ގައުމުތަކުގެ ލިސްޓުގައި އިޓަލީ ހިމެނޭ އިރު، ރާއްޖެ އިން އެންމެ ފުރަތަމަ ޓޫރިސްޓުން އައުން ހުއްޓުމަކަށް ގެނައި އެއް ގައުމަކީ ވެސް އިޓަލީ އެވެ. ކޮވިޑް-19 ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓިފައިވާ އިރު އެމްއެމްޕީއާރްސީން އަންނަނީ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ކުރެއްދޫން އިޓަލީ ޓޫރިސްޓްގެ މައުލޫމާތު ސިއްރުކުރި
ކޮވިޑް-19އަށް ނެގެޓިވްވި ކުއްޖާއަށް ހިލޭ ޗުއްޓީއެއް
ކުރެއްދޫން ގެސްޓުން ފައިބަން ފަށައިފި
އިޓަލީ މީހާއާ މެދު އިހުމާލުވިތޯ އެބަ ބަލަން: ފުލުހުން
އިޓަލީ މީހާ ބަލިވެ ހުއްޓާ ފުރުވާލެވުނީ ކީއްވެ؟
އަލީ ވަހީދުގެ އުއްމީދީ ވާހަކަ: ޓޫރިޒަމް ކޮޅަށް ޖެހޭނެ
އިޓަލީގެ ޓޫރިސްޓުން ނެތުމުން ކެޔޮދޫ އެކަނިވެރިވެއްޖެ!
އިޓަލީން މީހުން ރާއްޖެ އައުން މަނާކޮށްފި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ދިވެހިންގެ އޯގާތެރިކަން ފެނި ޓޫރިސްޓަކު އިސްލާމް ވެއްޖެ