Roadha Mihaaru
"އިންޓާން" ގައި ދީޕިކާއާ އެކު އަމީތާބް ކަމަށް ވެދާނެ

"ދި އިންޓާން" ގެ ރިމޭކްގައި ދީޕިކާއާ އެކު އަމީތާބް ކަމަށް ވެދާނެ

15 މެއި 2020

އެކްޓަރު ރިޝީ ކަޕޫރް މަރުވި އިރު، ކުޅެން ސޮއިކޮށްފައި އޮތް ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމެކުން ދީޕިކާ ޕަދްކޯންއާ އެކު ފެނުމުގެ ފުރުސަތު ދެން އެންމެ ބޮޑީ އަމީތާބް ބައްޗަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ރިޝީ ކަޕޫރް މަރުވި އިރު، ކުޅެން ސޮއިކޮށްފައި އޮތް ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމެކުން ދީޕިކާ ޕަދްކޯންއާ އެކު ފެނުމުގެ ފުރުސަތު ދެން އެންމެ ބޮޑީ އަމީތާބް ބައްޗަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.

ލޭގެ ކެންސަރުގައި ރިޝީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މަރުވީ އޭނާ ބަލިކަމުން، ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައި، އެހެން އެކްޓަރަކު ހޯދަން ފިލްމުގެ ޓީމުން މަސައްކަތްކުރަމުންދާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނާ ގޮތުން ރިޝީ އަށް ފިލްމުން ދިން ރޯލުން ފެނުމުގެ ފުރުސަތު ބޮޑު އަމީތާބެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެ އެވެ.

އަމީތާބާއި ދީޕިކާ ވަނީ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފަ އެވެ. އެއީ 2015 ގެ "ޕީކޫ" އާއި 2011 ގެ "އާރަކްޝަން" ގަ އެވެ.

"ދި އިންޓާން" އަކީ ފެޝަން ކުންފުންޏެއްގައި މަސައްކަތްކުރާ ދެ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގައި ތަރިންނަނީ އޭން ހެތަވޭ އާއި ރޮބަޓް ޑި ނީރޯ އެވެ. ދެހާސް ފަނަރައިގައި ރިލީޒްކުރި ކާމިޔާބު ފިލްމުގައި ހެތަވޭ ކުޅުނީ ޖޫލް އޮސްޓިން ކިޔާ ކެރެކްޓާއެކެވެ. އޭނާގެ ކުންފުނީގެ އިންޓާނެއްގެ ގޮތުގައި ޑި ނީރޯ ކުޅުނީ ބެން ވިޓޭކާގެ ރޯލެވެ.

"ދި އިންޓާން" ގެ ހިންދީ ރިމެކަކީ ދީޕިކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ފިލްމެކެވެ. މީގެ އަނެއް ޕްރޮޑިއުސަރަކީ ސުނިރް ކެތުރިޕާލެވެ. ނަމަވެސް ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއްނުކުރެ އެވެ.